ސަތޭކަ ޕީއެޗްޑީއޮތަސް ޢިލްމްވެރިނުވާ މީހުން ވަރަށް ގިނަ! ގިނައީ ނަފުސް ނަރަކައިގެ އަލިފާނުން ސަލާމަތް ނުކުރެވޭ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 49ސ
ސަތޭކަ ޕީއެޗްޑީއޮތަސް ޢިލްމްވެރިނުވާ މީހުން ވަރަށް ގިނަ! ގިނައީ ނަފުސް ނަރަކައިގެ އަލިފާނުން ސަލާމަތް ނުކުރެވޭ މީހުން!

ދާދިފަހުން އަހުރެބން ސިޓީއަކަށް ޒިޔާރަތްކުރީމެވެ. އެއީ ތަޢުލިމީ މީހުން ވަރަށް ގިނަ ސިޓީއެކެވެ. ފުރަތަމަ ދުވަހުވެސް ފާހަގަކުރެވުނީ ފަރުޟް ފަސްނަމާދު ޖަމާޢަތުގައި ކުރާ މީހުންގެ ޢަދަދުމަދުކަމެވެ. އެހެންވެ ވަރަށް ކަންބޮޑުވެފައި ހުއްޓާ ބައްދަލުވި ބައަކު އެސިޓީގައި ޢިލްމީ މީހުން ވަރަށް ގިނަ ވާހަކަދެއްކުމުން އަހުރެން ބުނީމެވެ.  

"ތިއަ ވިސްނެނީ ރަނގަޅަކަށް ނޫނެވެ. ޢިލްމުގެ ފުރަތަމަ ބޭނުމަކަށްވާންޖެހޭނީ ތިމާގެ އަމިއްލަ ނަފުސާއި ޢާއިލާ ނަރަކައިން ސަލާމަތްކުރުމެވެ. ފިރިހެނުން ޖަމާޢަތުގައި ނަމާދުނުކުރާނަމަ އެދެވެނީ ސުވަރުގެއާ ދުރަށެވެ. ނަރަކައާއި ކައިރިއަށެވެ. މީހެއްގެ އަތުގައި 100 ޕީއެޗްޑީ އޮތުމަކީ، ލިބިފައިވާ ޢިލްމު ބޮޑުކަމުން ޖައްވުގައި މީހުންނަށް އުޅެވޭނެ ޕެލެނެޓެއް ތައްޔާރުކުރުމަކީވެސް ސުވަރުގެ ވައްދަވާނެ ކަމެއް ނޫނެވެ. ސުވަރުގެ ވައްދަވާނީ ނަމާދުތައްކޮށްގެންނެވެ. ފަރުޟް 5 ނަމާދަށް ރައްކައުތެރިވެގެންނެވެ. "  

ޢިލްމްވެރިޔާގެ މިބަސްފުޅުގައި އެވަނީ މުޅި އުންމަތަށް އޮތް އެންމެ ޚާއްޞަ މެސެޖެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ޢިލް 

ބައެއް މީހުން ކުރާ ސުވާލެކެވެ. "މޮޅަށް ކިޔަވައިގެން ތިބޭ ޢިލްމްވެރިން އިސްލާމް ދީން ޤަބޫލުނުކުރަނީ ކީއްވެގެންހެއްޔެވެ؟" ސުވާލަކީ ހަމަ ނުކިޔެވެނީއެވެ. ކިޔެވުމުގެ މާނައަކީ ނަގާ މަތީ ފާސް އެކަންޏެއް ނޫނެވެ. ކިޔަވައިގެން ތަންދޮރު އޮޅުން ނުފިލާނަމަ ކިޔެވުމުން އެމީހަކަށްކުރާނެ ފައިދާއެއް ނެތެވެ.  

އެންމެ ބޮޑެތި ޖާހިލުންނަކީ ކޮބައިހެއްޔެވެ؟ އެއީ ތަންދޮރު ނުދަންނަ މީހުން ކަމަށް ބަލައިފިނަމަ އެންމެ ބޮޑެތި ޖާހިލުން ގިނައީ މޮޅަށް ކިޔަވައިގެންތިބި މީހުންގެ ތެރޭގައިކަމަށް ބުނެއެވެ. ނަމަވެސް ޙަޤީޤަތަކީ މޮޅަށް ނުކިޔެވޭ ކަމެވެ. މޮޅަށް ކިޔެވިއްޖެނަމަ ޖާހިލުކަމުން އެމީހާ ސަލާމަތްވެއެވެ.  

މޮޅަށް ކިޔެވިއްޖެނަމަ ޙަޤީޤަތް ޤަބޫލުކުރެވޭނެއެވެ. ޙަޤީޤަތަކަށް އިންކާރެއް ނުކުރާނެއެވެ. ޙަޤީޤަތް އެނގުމުން ބަލައިގަންނާނެއެވެ. މިބުނާ ބަހުގެ ދަލީލަކީ މޮޅަށް ކިޔެވޭ ހާފިރުން އެމީހުންގެ ދީން ދޫކޮށް އިސްލާމް ދީން އިޚްތިޔާރުކުރަމުން އަންނަކަމެވެ. ކީރިތި ޤުރްއާނަށް ޢަދާވާތްތެރިވެ އެފޮތުން ކުށް ހޯދަން މަސައްކަތްކުރާ މީހުން އިސްލާމްވަމުން އަންނަކަމެވެ.  

ޙަޤީޤަތަކީ އިސްލާމް ދީނުން އުނި ކަންކަން ދައްކަން މަސައްކަތްކުރާ މީހަކަށްވުރެ ބޮޑު ޖާހިލަކު ނުވާކަމެވެ. އެއީ ކީރިތި ޤްރްއާނުން ވަރަށް ފުރިހަމައަށް ސާބިތުވާން އޮތް ކަމެކެވެ. އެހެންކަމުން އިސްލާމް ދީނުގެ ޙުކުމްތަކަށް ކުޑައިމިސް ބަސްތައް ބުނެ އިސްލާމް ދީނުން އުނިކަން ދައްކަން ވަކާލާތުކުރާ މީހުންނަށް ތާއީދުކޮށް، އެފަދަ މީހުންގެ ބަސްތައް ޤަބޫލުކޮށް އަދި އެފަދަ މީހުންގެ ފަހަތުގައި ތިބުމަށްވުރެ ބޮޑު ޖާހިލުކަމަކީ ކޮބައިހެއްޔެވެ؟  

ﷲ ތަޢާލާ މީސްތަކުން އުފައްދަވާފައިވަނީ މަށިންނެވެ. ކައިބޮއި ނިދައި ފާޚާނާކުރަން ޖެހޭ ބައެއްގެ ގޮތުގައެވެ. މަލާއިކަތުން އުފައްދަވާފައިވަނީ ނޫރުންނެވެ. އިންސާނުންނަށް ބޭނުންވާ އެއްވެސް ކަމަކށް ބޭނުންފުޅު ނުވާ ގޮތަށެވެ. އިންސާނުން ލައްވަވާފައި މިވަނީ ބިންމަތީގައެވެ. މަލާއިކަތުން ލައްވަވާފައިވަނީ އުޑުގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައެވެ.  

އެހެންކަމާއިއެކުވެސް މަލާއިކަތް ބޭކަލުންނަށްވެސް އެނގިވަޑައިގަންނަވަނީ ﷲ ތަޢާލާ އުނގަންނަވައި ދެއްވެވި މިންވަރެކެވެ. އިތުރު އެއްވެސް ކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާ ބާވައިލެއްވެވި އިސްލާމް ދީނުން އުނި ސިފަ ދެއްކުމަކީ ކޮން އިންސާނަކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ އެކަން ކުރަން އުޅެފިނަމަ މުރުތައްދުވުން ނޫން ކަމެއް ނުވާނެއެވެ! އެކަމުގެ ހެކި އަންނަނިވި 4 އާޔަތުން ލިބިގެންދާނެއެވެ.  

"ހަމަކަށަވަރުން ކަލޭގެފަނުގެ ވެރި ރަސްކަލާނގެ ބިމުގައި ޚަލީފާއަކު (އާދަމްގެފާނު) ލައްވަވާހުށީމޭ މަލާއިކަތުންނަށް ވަޙީ ކުރެއްވެވި ހިނދު، ހަނދުމަކުރައްވާށެވެ. އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިނބރަސްކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙަކިޔައި، އިނބަރސްކަލާނގެއަށް ޓަޤްދީސް ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭ އޮހޮރުވާނޭ ބައަކު އިނބަރަސްކަލާނގެ އެ ބިމުގައި ލައްވަވަނީތޯއެވެ؟ އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. ހަމަކަށަވަރުން، ތިއަބައިމީހުންނަށް (މަލާއިކަތުންނަށް) އެނގިގެން ނުވާ ކަންތަތއްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." (ބަޤަރާ ސުރަތުގެ 30) 

އަދި އެވަރުން ދޫކޮށް ލެއްވެވީއެއްވެސް ނޫނެވެ. މަލާއިކަތުންނަށް އެކަން ސާބިތުވެސް ކޮށްދެއްވެވީއެވެ.  

"އަދި އާދަމްގެފާނަށް ހުރިހާ ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވެވިއެވެ. (އެބަހީ:  ނަން ކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތްތަކެވެ.) ދެން އެކަލާނގެ މަލާއިކަތުންނަސް ހުށަހަޅުއްވަވައި، ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިއަކުރާ ދައްވާގައި (ތެދުވެރިކަމެއް ވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިއަބައިމީހުން ތިމަން ރަސްކަލާނގެއަށް، ނިކަން އަންގައިދީބަލާށެވެ! () އެ މަލާއިކަތުން ދެންނެވޫއެވެ. އިނބަރަސްކަލާނގެ ހުސްޠީހިރުވަންތަކަމާއިއެވެ! އިނބަ ރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައި ދެއްވެވި އެއްޗެއް މެނުވީ، އަޅަމެންނަކަށް ނުއެނގޭނެއެވެ. ހަމަކަށަވަރުން، އިނބަ ރަސްކަލާނގެއީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ." (ބަޤަރާ ސޫރަތުގެ 31،32)  

ދެން ކަންތައް ވެގެންދިއަ ގޮތަށްވެސް ވިސްނާށެވެ.  

"އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. އޭ އާދަމްގެފާނެވެ! ކަލޭގެފާނު އެމަލާއިކަތުންނަށް އެތަކެތީގެ ނަންތައް އުނގަންނަވައި ދެއްވާށެވެ! ދެން އެކަލޭގެފާނު (އާދަމގެފާނު)، މަލާއިކަތުންނަށް އެތަކެތީގެ ނަންތައް އަންގަވައި ދެއްވެވި ހިނދު، އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އުޑުތަކާއި ބިމުގެ ޣައިބު ދެނެވޮޑިގެނަވަމޭ، އަދި ތިއަބައި މީހުން ފައުޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިއަބައި މީހުންނަށް ވަޙީ ނުކުރައްވަން ހެއްޔެވެ؟" (ބަޤަރާ ސޫރަތުގެ 33) 

"އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީނެވެ! މިދީނުގެ އަސާސްތައް، ޙުކުމްތައް އައިސްފައިވަނީ 7 އުޑު މަތިންނެވެ! ޙިކުމަތްވަންތަ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ! ކަން އޮތީ މިހެން ކަމަށްވީއިރު، މި ފުރިހަމަ ޙުކުމްތަކަށް، ކުޑައިމީސް ބަހެއް ބުނުމުގެ ޖާގަ، އުނިކަން ހުރި އިންސާނުންނަށް ލިބޭނީ ކިހިނަކުންތޯއެވެ؟" 

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން