ކައިވެނިކުރުމަށްފަހު ވަޤުތުވާވަރަކުން ދެމަފިރިން އެކުގަ ޢާއިލާއަށް ޒިޔާރަތްކޮށް، ބާޒާރަށްގޮސް މީހުންނަށް އެކުގަ ފެނި ނުއުޅޭނަމަ ލިބޭނެ ދެރަތައް ބައިވަރު އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކައިވެނިކުރުމަށްފަހު ވަޤުތުވާވަރަކުން ދެމަފިރިން އެކުގަ ޢާއިލާއަށް ޒިޔާރަތްކޮށް، ބާޒާރަށްގޮސް މީހުންނަށް އެކުގަ ފެނި ނުއުޅޭނަމަ ލިބޭނެ ދެރަތައް ބައިވަރު އެބަހުރި!

ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯބިކުޑަވެ ދެރަނިކަމެތިކަން ލިބެމުންދާ މައްސަލަތައް ގިނަވަމުން އަންނައިރު ވިސްނައިލުން މުހިންމު ކަންކަން އެބަހުއްޓެވެ. އެއިގެ ތެރެއިން ބައެއް ކަންކަމަކީ ނުވިސްނޭތީނަމަވެސް އިހްމާލުވެވޭ ކަންކަމެވެ. އެހެންވެ ފާހަގަކުރަން މިއުޅެނީ ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދޭންވީ ބައެއް ކަންކަމެވެ.  

ކައިވެނީގެ ރަސްމިއްޔާތާއި ވަލީމާއަށްފަހު ދެމަފިރިން އެކުގައި މީސްތަކުންނަށް ނުފެނުމާއި މަދުން ފެނުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ޚާއްޞަކޮށް ދެމަފިރިންގެވެސް އެކުވެރިންނަށާއި ޢާއިލާގެ މީހުންނަށް ދެމަފިރިން އެކުގައި ނުފެނުމަކީ ނުރައްކައުތެރިކަން އިތުރުވާ ކަމެކެވެ.

ނުރައްކައުތެރިކަން ކަމަށް މިބުނަނީ ޝައިޠޯނާގެ ވަސްވާސްތަކަށެވެ. "އެދެމަފިރިން އެކުގައި އުޅޭތަން ނުފެންނަނީ ހިތްހަމަނުޖެހުމުގައި އުޅޭތީ" ކަމަށް މީސްތަކުންނަށް ވިސްނައިދޭނެއެވެ. އަދި އެކުވެރިންގެ ތެރޭގައި ތިބޭ "ނުރަނގަޅު" މީހުންނަށް އެދެމަފިރިންގެ ދެމެދަށް ވަންނަން ޝައިޠޯނާ ހިތްވަރުދޭނެއެވެ. ކޮންމެވެސް ގޮތަކުން އެކަން ކުރުވަންވެސް ކުރުވާނެއެވެ.  

މިކަމަށް ވިސްނައިނުލާ ބައަކު އުޅެއެވެ. 2،3 މަސްވެގެންދާއިރުވެސް އަނބިމީހާ ގޮވައިގެން ބޭރަށް ނުކުމެނުލާ މީހުން އުޅެއެވެ. ބައެއް ފިރިން އެމީހުންގެ އަނބިން ބާޒާރަށްވެސް ފޮނުވަނީ އޭނާގެ ރައްޓެހިންނާއިއެކުގައެވެ. ނުވަތަ ޢާއިލާގެ މީހުންނާއިއެކުގައެވެ. ތިމާއަށް އަނބިމީހާ ގޮވައިގެން ދެވެން ނުއޮންނަ ފަހަރަކު އެކަން ނުކުރަން ބުނަނީއެއް ނޫނެވެ. ނަމަވެސް އެއީ އާދައަކަށް ހަދައިގެންނުވާނެއެވެ.  

ވަޤުތުވާވަރަކުން ޢާއިލީގެތަކަށް ދެމަފިރިން އެކުގައި ޒިޔާރަތްކުރާށެވެ. މައިންބަފައިންނަށްވެސް ޒިޔާރަތްކުރާށެވެ. އަދި އެކުވެރިން ރުހޭނަމަ އެމީހުންގެ ގޭގެއަށްވެސް ޒިޔާރަތްކުރާށެވެ. ޚާއްޞަކޮށް ދަރިން ކިޔަވާ ސްކޫލްތަކުގައި ބާއްވާ ކަންކަމަށް ދަރިފުޅު ގޮވައިގެން ދެމަފިރިން އެކުގައި ދާން މަސައްކަތްކުރާށެވެ. އެއީ ދަރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭކަމެކެވެ. އުފާވެރިކަންވެސް ލިބޭ ކަމެކެވެ.  

ކުރުކޮށްލާފައި ބުނަމެވެ. ކައިވެނިކޮށް ގެއަށް އަނބިން ވެއްދުމަކީ ގެއަށް ބޭނުންވާ ފަރުނީޗަރު ވެއްދުން ފަދަ ކަމަކަށް ނުހަދާށެވެ. ފަރުނީޗަރުވެސް ވެއްދުމަށްފަހު ގެއިން ނެރޭނީ ހަލާކުވުމުންނެވެ. ވީމާ މިއީ އަނބިމީހާއާއިމެދު ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ.

 

- މަޢުލުމާތު: ހީނާ ޚާން-މުޚްތާރުގެ ދަރުސަކުން

މިއަދު އޮންލައިން