ޤުރްއާނުގައިވާ މިޙަޤީޤަތް އެނގޭ އެކަކުވެސް ސިފަހުތުރުވެގެން ރީތިކުރާކަށް ނުވެސް ވިސްނާނެ! ބޭކާރު ޚަރަދުތައް ކުރުން އަވަހަށް ހުއްޓައިލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޤުރްއާނުގައިވާ މިޙަޤީޤަތް އެނގޭ
އެކަކުވެސް ސިފަހުތުރުވެގެން ރީތިކުރާކަށް ނުވެސް ވިސްނާނެ! ބޭކާރު ޚަރަދުތައް
ކުރުން އަވަހަށް ހުއްޓައިލާ!

ވަޒީފާއެއް ހޯދަން އުޅުނަސް،

ކައިވެނިކުރަން އުޅުނަސް ފައުޅުގައި ދިމާއަށް ނުބުނި ނަމަވެސް އެންމެ ބޮޑަށް ސަމާލުކަން ދެވެނީ ސޫރައަށެވެ. ބޭރުފުށުގެ ސިފައަށެވެ. އެކަން ބޮޑުވެގެންދިއަވަރުން އެންމެ ކުޑަކުއްޖާވެސް އެންމެ ބޮޑު ސަމާލުކަމެއްދެނީ އޭނާގެ ސޫރައަށެވެ. އެހެން މީހުންނަށް ރީތިވާނެހެން ހީވާހައި ގޮތެއް ހަދައި ރީތިވާނެހެން ހީވާހައި ކުލަތަކެއް އުނގުޅައިގެންވެސް އެންމެ ރީތިވެވޭތޯއެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅު ނިކަން އަޑުއަހައިބަލާށެވެ!

"އެކަލާނގެ އިރާދަކުރައްވާފަދަޔަކުން ރަޙީމުތަކުގައި ތިޔަބައިމީހުން ޞޫރަކުރައްވަނީ އެކަލާނގެއެވެ. އެކަލާނގެ ފިޔަވައި (ޙައްޤު ވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވެތެވެ. (އެކަލާނގެއީ) ގަދަފަދަވަންތަ ޙަޚީމް ވަންތަ ރަސްކަލާނގެއެވެ." (ޢާލްޢިމްރާން: 6) 

އެނގިގެން މިދަނީ މައިމީހާގެ ބަނޑުގައިވަނިކޮށް އަހަރެމެން ސޫރަ ކުރައްވަވަނީ ﷲ ތަޢާލާކަމެވެ. އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ސިފައިގައި ސޫރަ ކުރެއްވެވުމުން ތިބާ ކަންބޮޑުވާންވީ ކޮންކަމަކަށް ހެއްޔެވެ؟  

ތިބާ ދުނިޔެއަށް ފޮނުއްވެވި ސޫރަ އެކަލާނގެ ދެކެދެނެވޮޑިގެންނުވާކަމަށް ހީކުރަނީހެއްޔެވެ؟ އެހެންކަމަށްވާނަމަ ނިކަން މިއަޔަތް އަޑުއަހައިބަލާށެވެ! 

" ހަމަކަށަވަރުން، اللَّه އީ، ބިމާއި އުޑުގައިވާ އެއްވެސް އެއްޗެއް އެކަލާނގެއަށް ވަންހަނާވެގެންނުވާ ރަސްކަލާނގެއެވެ." (އާލްޢިމްރާން: 5)  

ވީމާ ތިބާ ދުނިޔެއަށް ފޮނުއްވަވާފައިވާ ސިފައަށް ކަންބޮޑުނުވާށެވެ! ކަންބޮޑުވާންޖެހެންވީ ﷲ ތަޢާލާގެ ޙަޟްރަތަށް ތިމާ އެނބުރިދާންޖެހޭ ދުވަހު ތިބާގެ ކިބައިގައިވާނެ ސިފައެވެ. ކަންބޮޑުވާންޖެހެންވީ އެކަލާނގެއަށް ނުކިޔަމަންތެރިއެއްގެ ގޮތުގައި ފުރާނަ ހިއްޕަވައިފާނެ ކަމަށެވެ.  

ދުނިޔޭގައިލާ އަގުބޮޑުފޭރާމަކުން ޖަހާ އަގުބޮޑުސެންޓަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ފައިދާކުރާނީ ފުރާނަ ހިއްޕަވަން ފައިބައިވަޑައިގަންނަވާ މަލާއިކަތުން ސުވަރުގޭގެ ފޭރާންކޮޅު ހިއްޕަވައިގެން ފައިބާވަޑައިގެންފިނަމައެވެ. ގެންނަވާ ސުވަރުގޭގެ ހުވަނދުން ތިބާގެ ފުރާނަ ހުވަނދު ލައްވަވައިފިނަމައެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން