މަންމައާބައްޕަ ޒުވާބުކުރާތީ ދެމަފިރިންނަށް ޒުވާބުނުކުރެވޭނެ ގޮތަށް ޤާނޫނެއް ލިޔެފާސްކުރަން ބޭނުންވި ކުޑަކޫއްޖާގެ ސުވާލުތަކާ ޖަވާބު! ވިސްނާލަން ރަނގަޅު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މަންމައާބައްޕަ ޒުވާބުކުރާތީ ދެމަފިރިންނަށް ޒުވާބުނުކުރެވޭނެ ގޮތަށް ޤާނޫނެއް ލިޔެފާސްކުރަން ބޭނުންވި ކުޑަކޫއްޖާގެ ސުވާލުތަކާ ޖަވާބު! ވިސްނާލަން ރަނގަޅު ފިލާވަޅެއް!

ކުޑަކުއްޖަކު ޤާނޫނީ ވަކީލެއްކުރެން ކުރި ސުވާލުތަކަކާ ޖަވާބު:  

--އަންހެނުންނާ ފިރިހެނުންގެ ތެރެއިން ލޯބިވާކަމަށް ފުރަތަމަ ބުނަނީ ކާކުހެއްޔެވެ؟

--ޢާންމު ގޮތެއްގައި ފިރިހެނުންނެވެ.  

--ކައިވެނިކުރަން އެދި ބުނަނީ ކާކުހެއްޔެވެ؟

 --ޢާންމު ގޮތެއްގައި ފިރިހެނުންނެވެ.  

--އެހެންވީއިރު ކައިވެނިކޮށްފަ ޒުވާބުކުރަނީ ކީއްކުރަންހެއްޔެވެ؟

--ތިއަ ސުވާލުކުރީ ކީއްވެގެންހެއްޔެވެ؟  

--މަންމަ އާއިބައްޕަ ޜޭގަނޑު ޒުވާބުކުރެއެވެ. ހެނދުނު ހެމުން އުފަލުގައި އެކުގައި އުޅެއެވެ.

--އެހެންވީމާ އެމީހުން އެކުރާކަމަކީ ދެމީހުންގެ މެދުގައި ހުންނަ މައްސަލަތައް ހަމަޖެއްސުމެވެ.  

--ޤާނޫނީ ވަކީލުއެވެ! ޤާނޫނެއް ލިޔެދޭށެވެ! އަނބިމީހާއާ ޒުވާބުނުކުރެވޭނެ ގޮތަށެވެ.

--އަނބިމީހާ ކުށްކުރިޔަސް ހެއްޔެވެ؟  

--އާނއެކެވެ! ކައިވެނިކުރާނީ ވަރަށް ގިނަ ސުވާލުތައް ކަންކަން އޮޅުންފިލުވާފައި ނޫންހެއްޔެވެ؟ --އެހެންކަމަށްވާއިރު ޒުވާބުކުރަންޖެހެންވީ ކީއްވެގެން ހެއްޔެވެ؟  

ނިންމާލަމުންވެސް ވަރުގަދަ ބޯޅައެއް ކުއްޖާ ޖެހިއެވެ. ބުނީ ވިދާހައި އެއްޗަކީ ރަނެއް ނޫނެވެ. މިބަސް އަޅުގަނޑަށް މާނަކުރެވުނީ އަންހެނުންގެ ސިފައިގެ ރީތިކަމަށް ބަލައިގެން ކައިވެނިކުރުމަކީ ފިރިހެނުން ކުރާ ކުށެއްގެ ގޮތުގައެވެ.  

މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގެ ވާހަކައެވެ. މިވީޑިއޯ ވަރަށް ގިނަ ބައަކު ބަލާފައިވާނެކަންވެސް އެނެގެއެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑަށް މުހިންމުވި ސަބަބުވެސް ފާހަގަކޮށްލާނަމެވެ. ވީޑިއޯގައި ކުއްޖާ ސުވާލުކުރުމުން މީހުން ހެނީއެވެ. އަޅުގަނޑަށް ހެވުނީއެއް ނޫނެވެ. ދެރަވެ އަސަރުކުރީއެވެ.  

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެންމެ މުހިންމު ކަމަކީ މައިންބަފައިން ޒުވާބުކުރާނަމަ އެކަމުން ދަރިންނަށް ކުރާނެ އަސަރެވެ. ދަރިން ކަންބޮޑުވާވަރެވެ. ހަމައެއާއިއެކު ވިސްނާލަން އޮތް ދެވަނަ ކަމަކީ ކުށްކުރީ ކޮންމެ މީހަކު ނަމަވެސް ގިނަކުދިން ކުށްވެރިކުރާނީ އެކުއްޖާ ފަދައިން ބައްޕަކަމެވެ. އެއީ ކުއްޖާ ގެންގުޅެ ޚިދުމަތްކުރުމުގައި ޢަމަލީގޮތުން ކަންކަންކުރަނީ މަންމަކަމަށްވާތީއެވެ. ބައްޕަވެސް ދަރިންގެ ކަންކަން އަމިއްލަ އަތުން ކޮށްދޭނަމަ ކަންކަން ވަރަށް ތަފާތުވާނެއެވެ.

 

- ފަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން