މަސައްކަތުގަ އުޅެންޖެހެތީ ނަމާދުއަޅާ މީހުންނަށް ޝައިޚް ފަރީދު ދެއްވާފައިވާ ވަރުގަދަ އިންޒާރެއް! އަގުހުރި ނަޞީޙަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
މަސައްކަތުގަ އުޅެންޖެހެތީ ނަމާދުއަޅާ މީހުންނަށް
ޝައިޚް ފަރީދު ދެއްވާފައިވާ ވަރުގަދަ އިންޒާރެއް! އަގުހުރި ނަޞީޙަތެއް!

ކުރާ މަސައްކަތުގައި ކުރިނާރައިގެން ނުވަތަ

އަބަދުހެން ހިތްދަތިކަމާއި ކަންބޮޑުވުމުގައި އުޅެންޖެހޭ މީހުން މިވަނީ ގިނަވެފައެވެ. އެއްވެސް ކަމެއްގައި އެންމެންނަށް އަމާޒުކޮށް ބަސްބުނާކަށް ނުވާނެއެވެ. ނަމަވެސް މިބުނި ފަދަ ޙާލުގައި އުޅެންޖެހޭ ގިނަމީހުންގެ ދިރިއުޅުމަށް ބަލާށެވެ! ފަރުޟު 5 ނަމާދަށާއި ދެންވެސް ތިމާއަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަން އަންގަވާފައިވާ ގޮތަށް އަދާކުރެވެނީ ވަރަށް މަދު މީހަކަށެވެ. ޢާއިލީ ޒިންމާތައް އަދާކޮށް މައިންބަފައިންނަށް އެހީތެރިވެވެނީ މަދުމީހަކަށެވެ. އަނބިދަރިންގެ ކަންކަން ބަލަހައްޓަންވާ ގޮތަށް ބެލެހެއްޓެނީވެސް މަދު މީހަކަށެވެ.

ސަބަބެއް ކަމަށް ބުނަނީ މަސައްކަތުގައި އުޅެންހަދައިގެން ވަޤުތުނުވާކަމެވެ. އެފަދަ މީހުން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން ވަރަށް މުހިންމުކަން ފާހަގަކުރެވެއެވެ.  

އާދެ! ދުނިޔެއަކީ ފަނާވެދަނިވިތަނެއް. ވަރަށް ގިނަ މީހުން މިދުނިޔެއަށް އައުމުން އެމީހުން ހީކުރަނީ ތިމަންނަމެން މިދުނިޔެއަށް ފޮނުއްވުނީ މަސައްކަތް ކޮށްގެން ލާރިހޯދައިގެން މީރު ކާއެއްޗިއްސާ މީރު ބޯއެއްޗިއްސާ، ރީތިހާ ފޭރާމަކާ، އަދި ހަމަ އެހެންމެ އަގުބޮޑެތި އެންމެހާ ރީތި ލަގްޒަރީ އެޕާޓްމަންޓްތަކުގައި ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމޭ އޮތީ، ރުފިޔާ ހޯދުމޭ އޮތީ ޑޮލަރު ހޯދުމޭ ޔޫރޯ ހޯދުމޭ.  

އެހެންވީމާ އަޅުގަނޑުމެންނަށް (އެގޮތަށް ވިސްނާ މީހުންނަކަށް) ނަމާދެއް ނުކުރެވޭ، އަޅުގަނޑުމެންގެ މައިންބަފައިން ދޫކޮށްލަނީ، އަޅުގަނޑުމެން ހެޔޮ ކަންތައްތައް ދޫކޮށްލަނީ ނުބައި ކަންތައްތަކުގެ ތެރެއަށް ވަދެވެނީ. މިހެންވެ، ނަމާދާ ދުރުވާތީ ނަމާދު ނުކުރާ މީހާ އޭނަ ނަމާދު ނުކުރުމުން އޭނަ ހިތަށް އަރަނީ، އާނ ދެން ނަމާދެއް އެ ދޫވިއްޔޭ. އޭނަ ހިތަކަށް ނާރާ އެއީ ކިހާވަރެއްގެ ކަމެއްކަމެއް، ކިހާ ބޮޑު ކަމެއްކަމެއް، ކިހާ މުހިއްމު ކަމެއްކަމެއް އޭނަ އަކަށް ނޭންގޭ. އެހެންވެގެން އޭނަ އެނަމާދުނުކޮށް ދޫކޮށްލަނީ. ނަމާދު ނުކޮށް ދޫކޮށްލައިފިކަމަށް ވާނަމަ، އެންމެ ނަމާދެއްވެސް ދޫކޮށްލައިފިކަމުގަ ވާނަމަ އޭނާ އެލިބިގަތީ ބޮޑުވެގެންވާ އަބާއްޖަވެރިކަމެއް. އޭނާ އެލިބިގަތީ ބޮޑުވެގެންވާ ގެއްލުމެއް. ހަލާކެއް  

އެންމެހާ ލޮބުވެތި ޢިއްޒަތްތެރި އަޚުންނާ އުޚުތުންނޭ. އެންމެހާ މިތުރުންނޭ. އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންވީ ފަރުޟު ފަސް ނަމާދު ޤާއިމް ކުރެވޭތޯ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ، ކޮންމެ މީހެއްގެ ދަރިއަކީ ފަރުޟު 5 ނަމާދު ޤާއިމްކުރާ މީހެއްކަމުގަ ވުމަށް މިއަދު ޢަޒުމް ކަނޑައަޅަންވީ.  

އަދި ނުނިމޭ

--ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

މިއަދު އޮންލައިން