ދަރިފުޅަށް ނުވަތަ އެނޫން މީހަކަށްނަމަވެސް އެސްފީނާއަށް ފެންއަޅަން ކަމަށްވިޔަސް ފާޚާނާގައި ހުރެ ނުކިޔަވާތި! ފާޚާނާގަ އޮތީ ހަމައެކަނި ފެންއެޅުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ދަރިފުޅަށް ނުވަތަ އެނޫން މީހަކަށްނަމަވެސް
އެސްފީނާއަށް ފެންއަޅަން ކަމަށްވިޔަސް ފާޚާނާގައި ހުރެ ނުކިޔަވާތި! ފާޚާނާގަ އޮތީ
ހަމައެކަނި ފެންއެޅުން!

 

ކުޑަކުއްޖަކަށް އަދި ބޮޑުމީހަކަށް އެސްފީނާއަށް

ފެންއަޅަންނަމަވެސް ފާޚާނާގައި ހުރެ ކިޔެވުން ހުއްދައެއް ނޫނެވެ. ފާޚާނާއިން ބޭރުގައި ފެނަށް ކިޔަވާށެވެ. އަދި ބޭރުގައި ހުރެ ކިޔަވާފައި ފާޚާނާގައި ފެންއެޅުމަކީ މައްސަލައެއް ނޫނެވެ.  

އެހެނީ ފާޚާނާގައި ޛިކުރުކުރުން ރަސޫލް ﷺ ވަނީ މަނާކުރައްވަވައިފައެވެ.  

ވީމާ އާޔަތްކިޔެވިނަމަވެސް ސޫރަތްކިޔެވިނަމަވެސް ފާޚާނާއިން ބޭރުގައި ކިޔަވައިގެން އެފެންހިފައިގެން ފާޚާނާއަށް ވަދެ ފެން އަޅާށެވެ. ފާޚާނާއިން ވުޟޫކުރިނަމަވެސް ފާޚާނާގައި ހުރެ ވުޟޫދުޢާވެސް ކިޔުން ހުއްދަވެގެނެއް ނުވެއެވެ.  

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން