ސަލަފުއްޞާލިޙުން އެއްބައަކުއަނެއްބައަކަށް ވަޞިއްޔަތް ކުރައްވަމުން ގެންދެވި 3 ކަންތައް- އަހަރެމެންވެސްދަމަހައްޓަން ޖެހޭ! މި 3 ވަޞިއްޔަތަކީ ކޮންމެ މީހަކުވެސްއެކުވެރިންނަށާ ގާތް އެންމެންނަށް ކުރަމުން ގެންދިއުމުން ފައިޑާކުރާނެ 3ވަޞިއްޔަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސަލަފުއްޞާލިޙުން އެއްބައަކުއަނެއްބައަކަށް ވަޞިއްޔަތް ކުރައްވަމުން ގެންދެވި 3 ކަންތައް- އަހަރެމެންވެސްދަމަހައްޓަން ޖެހޭ! މި 3 ވަޞިއްޔަތަކީ ކޮންމެ މީހަކުވެސްއެކުވެރިންނަށާ ގާތް އެންމެންނަށް ކުރަމުން ގެންދިއުމުން ފައިޑާކުރާނެ 3ވަޞިއްޔަތް!

މި 3 ވަޞިއްޔަތަކީ ކޮންމެ މީހަކުވެސް އެކުވެރިންނަށާ ޣާތް އެންމެންނަށް ކުރަމުން ގެންދިއުމުން ފައިޑާކުރާނެ 3 ވަޞިއްޔަތް!

ޢާއިލާގެ މީހުންނަށާ ގާތް މީހުންނަށް ފޮނުވަން ތިބާ ބޭނުންވާ މެސެޖްތައްވެސް ފޮނުވާށެވެ. އިތުރުކޮށްލަންވީ މިފަދަ ވަޞިއްޔަތްތަކެވެ. އެކަމުން ޘަވާބު ދެއްވަވާނެތީއެވެ.

ހެޔޮ ކަންތައްތައް ކުރަން ވަޞިއްޔަތްކޮށް އަދި އާޚިރަތް ލިބިގަތުމަށް ހިތްވަރުދިނުމަކީ ކޮންމެ މުސްލިމަކު އަނެއް މުސްލިމަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. އެއީ ހަމައެކަނި ޢިލްމުވެރިންނަށް އޮތް ކަމެއް ނޫނެވެ. ކޮންމެ މުސްލިމަކުވެސް އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ކުރަންޖެހޭ ކަމެކެވެ.  

ސަލަފުއްޞާލިޙުން އެއްބައަކު އަނެއްބައަކަށް ތިންކަމަކަށް ވަޞިއްޔަތް ކުރައްވަމުން ގެންދެވިއެވެ.

 1 ތިބާ އާއި الله އާއި ދެމެދުގައި

އޮންނަކަންކަން އިޞްލާޙު ކުރާށެވެ. އޭރުން ތިބާ އާއި މީސްތަކުންނާއި މެދުގައިވާ ކަންތައްތައް އިޞްލާޙުކޮށްދެއްވާނެއެވެ. 

 2 ސިއްރިއްޔާތުގައި ކުރާ ކަންތައް ރަގަޅުކޮށްފިނަމަ ފާޅުގައި ކުރާ ކަންތައްވެސް ރަގަޅު ވެގެންދާނެއެވެ. 

 3 އާޚިރަތް ދުވަހާއި މެދު ސަމާލުކަން ބަހައްޓައިގެން މަސައްކަތްކޮށްފިނަމަ, ދުނިޔެ އާއި އާޚިރަތުގެ ހުރިހާ ކަމަކަށް ފުދިގެން ދިޔައީއެވެ. 

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން