ތިބާގެ އަގުވަޒަންނުކުރާ މީހުންނަށް ކަންކަން ކޮށްދިނުމަށްވުރެ ފައިދާކުރާނީ ނުދަންނަ ނިކަމެތިންނަށް އެހީތެރިވީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިބާގެ އަގުވަޒަންނުކުރާ މީހުންނަށް ކަންކަން ކޮށްދިނުމަށްވުރެ ފައިދާކުރާނީ ނުދަންނަ ނިކަމެތިންނަށް އެހީތެރިވީމަ!

އެކުވެރިންގެ ތެރޭގައި ހުރިހާ ވައްތަރެއްގެ މީހުންވެސް ތިބޭނެއެވެ. އެމީހުންނާއި ގުޅުންބާއްވަންވާނީ އެއީ ކާކުކަން ރަނގަޅަށް ދަސްކޮށްގެންނެވެ. އެންމެންނާއި ގުޅުން ބާއްވާނީ އެއްގޮތަކަށް ނޫނެވެ. އެމީހާގެ ޢަމަލުތަކަށް ބަލައިގެންނެވެ.

އެކުވެރިންގެ ތެރޭގައި ތިބޭ ހެޔޮލަފާ މީހުންނަށް އެހީތެރިވާށެވެ. އެކަމަކު ތިބާކޮސްދޭ ކަންކަމުގެ އަގުވަޒަންނުކުރާ މީހުންނަށް ސަމާލުވާށެވެ. އަގުވަޒަންނުކުރުން މިބުނަނީ ތިބާއަށް ޚުޝާމަދު ނުކުރުމަކަށްނޫނެވެ. އަދި އަތުން އެއްޗެތިތަކެއް ނުދިނުމަކަށްވެސް ނޫނެވެ. ތިބާއަށް ހެޔޮއެދި ހެޔޮދުޢާކޮށްނުދިނުމަށެވެ.  ތިބާއަށް ލިބޭ ހިތްދަތިކަމުގައި ބައިވެރިނުވުމަށެވެ.  

ތިބާ އެހީތެރިވާ މީހަކު ތިބާއަށް ހެޔޮނުއެދޭނަމަ ތިބާއަށްކުރާ އަސަރުބޮޑުވާނެއެވެ. ހިތުގައި އުފެދޭ ޝަކުވާތައްވެސް ގިނަވާނެއެވެ. އެއީ ނުވެނުދާނެ ކަމެކެވެ. ތިބާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އެފަދަ މީހުންނަށް އެހީތެރިވުމުގެ ބަދަލުގައި ނުދަންނަ މީހުންނަށް އެހީތެރިވާށެވެ. އެއިރުން އެކަމަށް ވިސްނާކަށް ނުޖެހޭނެއެވެ.

ހެޔޮލަފާ ރަނގަޅު އެކުވެރިން ފާހަގަކުރެވޭނީ ތިބާއަށް ކަމެއް ޖެހުމުންނެވެ. ހިތްދަތި ޙާލަތެއްގައި އުޅެންޖެހުމުންނެވެ. އަތްމަތިދަތިވުމުންނެވެ. އެޙާލަތުގައި ހެޔޮލަފާއެކުވެރިން ތިބާއަށް ހިތްވަރުދޭނެއެވެ. ތިބާއަށްޓަކައި ހެޔޮދުޢާކުރާނެއެވެ. އަތުން އެއްޗެއް ދޭން ނުލިބުނަސް ތިބާގެ ޙާލު ބަލާނެއެވެ. އެމީހުން ތިބާއާއިއެކުގައިތިބިކަން ހާމަކުރާނެއެވެ. އެކަންކަން ނުކުރާނަމަ އެއީ ހެޔޮލަފާ މީހެއް ނޫނެވެ. ރަނގަޅު އެކުވެރިއެއް ނޫނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން