ގޮތްބަލަންވެސް ނިކަން ތަޖުރިބާކޮށްލަބަލަ! ޟުޙާސޫރަތް ކިޔަވައި މާނަކިޔުން ގިނަކުރުމަކީ މާޔޫސްބަލި ތިބާދޫކޮށް ފިލަން ދުރަށް ދުވާނެ ސަބަބެއް! އިން ޝާ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ގޮތްބަލަންވެސް ނިކަން ތަޖުރިބާކޮށްލަބަލަ! ޟުޙާސޫރަތް ކިޔަވައި މާނަކިޔުން ގިނަކުރުމަކީ މާޔޫސްބަލި ތިބާދޫކޮށް ފިލަން ދުރަށް ދުވާނެ ސަބަބެއް! އިން ޝާ ﷲ!

ދެރަވެ ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވުމުން ހިތާމަ ނުކުރެވޭނެ މީހަކު ނުހުންނާނެއެވެ. ވީމާ އެއީ އެންމެންނަށްވެސް ކުރިމަތިވާ ކަމެކެވެ. ތަފާތުވަނީ އެފަދަ ޙާލަތެއް ކުރިމަތިވުމުން އެކަމުގެ ތެރެއަށް ތިމާ ގެނބިގެންދާ މިންވަރެވެ.  

މިހާރަކަށް އައިސް ބައެއް މީހުން ބުނާ ގޮތުގައި އެންމެ ގިނަ ބައަކަށް ޖެހިފައިވާ ބައްޔަކީ މާޔޫސްބައްޔެވެ. އެބަލި ޖެހިފައިވާ އެންމެން ފަރުވާ ހޯދަން ހޮސްޕިޓަލްތަކަށްދާނަމަ ހޮސްޕިޓަލްތައް އޮންނާނީ ފުރިބާރުވެފައެވެ.

ދަންނަވަންތޯއެވެ! މާޔޫސްބަލި ތިބާ ދެކެ ބިރުނުގެންފާނެއެވެ. ނަމަވެސް އެ ބަލި ޖެހިލުންވެ ތިބާގެ ކިބައިން ފިލައިގެންދާނެ ޢަމަލު އެބައޮތެވެ! އެއީ ގިނަގިނައިން ޟުޙާ ސޫރަތް ކިޔެވުމެވެ. ޟުޙާ ސޫރަތުގެ މާނައާއި ތަފްސީރު ކިޔުމެވެ. ހިތުގައި ހަރުލެއްވުމެވެ.  

މިބަޔާންކުރި ބީދައިން ތިބާ ޢަމަލުކޮށްފިނަމަ މާޔޫސްކަން ހަމަ މަޑުމަޑުމަޑުން ފިލަމުން ގޮސް ތިބާ ދޫކޮށްލާފައިހިނގައިދާނެއެވެ. އިން ޝާ ﷲ

"ޤުރްއާނަކީ ސިކުނޑިއަށް ޖެހޭ މަޢްނަވީ ބައްޔާއި ހަށިގަނޑަށް ޖެހޭ ބަލިތަކަށްވެސް ވާ ޝިފާއެކެވެ. ޤުރްޢާން ކިޔަވައި، އެއިގެ އާޔަތްތަކާއިމެދު ވިސްނައި ފިކުރުކޮށް، ޤުރްއާނުން ފައިދާ ހޯއްދަވާށެވެ! އިން ޝާ ﷲ ކާމިޔާބު ލިބޭނެއެވެ."  

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ސޫރަތުލްފާތިޙާ އަކީ ބަލިތަކަށް ޝިފާއެކެވެ. އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތަކީ އެސްފީނާ އާއި ސިހުރާއި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް އޮތް ޝިފާއެކެވެ. ޟުޙާ ސޫރަތަކީ މާޔޫސް ބަލީގެ ޝިފާއެކެވެ. ކީރިތި ޤުރައާން ކިޔަވަމުން ގެންދިއުމަކީ ހުރިހާ މައްސަލަތަކަށް އޮތް ޝިފާއެއްކެވެ.

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މުސްލިމުންނަށް ކީރިތި ޤުރްއާން ކިޔަވައިގެން ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޮތީ އެކަމުގައި ސާބިތުވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން