- އަލީ އިހްސާން ފިރާގް
އިސްލާމްދީނުގެ ނަބިއްޔާގެ ދައުރަށްފަހު އިސްލާމީ ތާރީޚު ދުށް އެންމެ ބަރަކާތްތެރި ދައުރަކީ ޚުލަފާއުއްރާޝިދޫންގެ ދައުރެވެ. އެ ދައުރުތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ދައުރަކީ ދެވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަالله ޢަންހުގެ ދައުރެވެ. އެދުވަސްވަރަކީ ވަރަށް ހަލުވިކަމާއެކު އިސްލާމީ ފުތޫހާތުގެ ދާއިރާ ފުޅާވެގެންދިޔަ ދައުރެކެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ހިނގައިދިޔަ އެންމެ މަޝްހޫރު އެއް ހަނގުރާމައަކީ [ޤާދިސިއްޔާ ހަނގުރާމަ] އެވެ. މި ހަނގުރާމައަކީ ފާރިސީންގެ ބޮޑުބާރު ބިމާހަމަވެގެންދިޔަ ތާރީޚީ ހަނގުރާމައެވެ.
ފޮތް ވިދާޅުވުމަށް ލިންކަށް ފިއްތަވާލައްވާ: Battle of qadisiyyah