ތިބާ ޤުރްއާނާ ކައިރިވާން މަސައްކަތްކުރާވަރަށްވުރެ ބޮޑަށް ޤުރްއާން ތިބައާ ކައިރިވާނެ! ހިތުދަސްކުރަން މަސައްކަތްކުރާ މީހުންނަށް ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ތިބާ ޤުރްއާނާ ކައިރިވާން މަސައްކަތްކުރާވަރަށްވުރެ
ބޮޑަށް ޤުރްއާން ތިބައާ ކައިރިވާނެ! ހިތުދަސްކުރަން މަސައްކަތްކުރާ މީހުންނަށް
ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ

 

ޤުރްއާނުން މިއަދުވެސް ފައުޅުވަމުން އަންނަ މުޢުޖިޒާތްތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެއްކަމަކީ ޤުރްއާނުގެ އަހުލުވެރިއަކަށްވުމަށް މަސައްކަތްކުރާ މީހަކަށް އެކަމަށް މަގުފަހިކޮށްދެއްވަވާ ކަމެވެ. ކޮންމެ ޢުމުރެއްގައި ނަމަވެސް ހިތުދަސްކުރަން އުޅެފިނަމަ އެކަމަށްވެސް މަގުފަހިކޮށްދެއްވަވާ ކަމެވެ.

ކޮންމެ މުސްލިމަކީވެސް ކީރިތި ޤުރްއާން ހިތުދަސްކުރަން ބޭނުންވާނެ މީހެކެވެ. ނަމަވެސް ހިތްވަރު ލިބިނުގަނެވެނީއެވެ. ވީމާ އެކަން އެގޮތަށް މެދުވެރިވާ ސަބަބަށް ބަލައިލަމާ ހިނގާށެވެ.  

"ވަރަށް މަސައްކަތްބުރަ!، ވަޤުތެއް ނުލިބޭ!،މާމުސްކުޅިވެއްޖެ!، މުސްކުޅިކަމުން ހަނދާން ނެތެނީ!" މިހުންނަނީ ހަމަ ޝައިޠޯނާގެ ކިބައިން އަންނަ ނުބައި ވަސްވާސްތަކެވެ. ކީރިތި ޤުރްއާން ހިތުދަސްކުރަން ބޭނުންވާ މީހަކަށް އެކަން ނުކުރެވޭނެ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ!  

ފުރަތަމަ ކަމަކީ ކީރިތި ޤުރްއާނާއި ގާތްވުމަށް ތިބާ މަސައްކަތްކުރާވަރަކަށް، އެވަރަށްވުރެ މާބޮޑަށް ތިބާ ޢާއި ގާތްވުމަށް ޤުރްޢާން މަސައްކަތްކުރާނެކަމަށް އުސްތާޛުން ވިދާޅުވެއެވެ. އެބަސްފުޅުގައި ވަރަށް ބޮޑު ތެދު ޙަޤީޤަތެއްވެސްވެއެވެ. އަހުރެންނަކީ އެކަން އަމިއްލައަށް ތަޖުރިބާވެސްކޮށްގެން އިން އަންހެނަކީމެވެ.  

ވީމާ ޤުރްޢާން ހިތުދަސްނުކުރެވޭނެކަމަށް ޚިޔާލަށް އަޔަސް ފުރަތަމަ ކަމަކަށް އަވަހަށް އަޢޫޛްކިޔައި ޝައިޠޯނާ ދުރަށް ފައްސައިލާށެވެ! ދެވަނަ ކަމަކީ ކުރެވޭ އެފަދަ ޚިޔާލުތަކަށް މާޔޫސްނުވެ ދަސްކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! ﷲ ތަޢާލާ ތައުފީޤް ދެއްވަވާނެތެވެ! އިން ޝާ ﷲ  

އަދިވެސް އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ! ޤުރްއާނުގެ ޢިލްމް އުނގެނެން މަސައްކަތްކުރާއިރު މާނަ ކިޔަމުން ގެންދާއިރު، ތިމާ އަމަލުކުރަންޖެހޭނެ ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ކަންކަން އެނގެމުންދާނެއެވެ. އެއިން ކަމެއް އެނގިއްޖެނަމަ ކޮންމެ ގޮތަކުން ނަމަވެސް އެކަމަކަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ! އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

--މަޢުލޫމާތު: ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން