ކައިވެނި ކާމިޔާބުކުރެވޭނީ ވަކި ކަންތައްތަކެއްފުރިހަމަވެގެން ކައިވެނިކުރުމަކުން ނޫން! މިކިޔައިދެނީ ކާމިޔާބުކުރެވޭނެ ގޮތް! އިންޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކައިވެނި ކާމިޔާބުކުރެވޭނީ ވަކި ކަންތައްތަކެއްފުރިހަމަވެގެން ކައިވެނިކުރުމަކުން ނޫން! މިކިޔައިދެނީ ކާމިޔާބުކުރެވޭނެ ގޮތް! އިންޝާ ﷲ


ކާމިޔާބު ދިރިއުޅުމަކަށްވާނީ ޒަވާޖީ ހަޔާތް އުފާވެރިކުރެވިގެންނެވެ. ދެޢިބާރާތަކުން ނަމަވެސް މިބުނެވެނީ އެއްވާހަކައެކެވެ. ޙާޞީލްކުރަން ބޭނުންވެގެން މިއުޅެނީ އެއްކަމެކެވެ.  އެކަން ޙާޞިލުކުރަން ބޭނުންވާތީ ކައިވެނިކުރަންވީ ކޮން އުމުރެއްގައިތޯ ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ.  

މިގޮތުން ކުރެވޭ ސުވާލުތަކަށް އަހުރެންގެ ޖަވާބަކީ ކައިވެނިކުރެވޭ ޙާލަތުގައި ހުރިނަމަ އެއޮތީ ކައިވެނިކުރަންވީ ވަގުތު ޖެހިފައެވެ.  

އެންމެ މަތީ ފެންވަރަށް ކިޔަވައި ނިމުން، ނުވަތަ ބޮޑު ތަނަވަސްކަމެއް ލިބުމުން ކައިވެނިކުރާކަށް އެއްވެސް ޙަދީޘްފުޅެއްގައި ނެތެވެ. އަދި ކީއްހެއްޔެވެ؟ ޒުވާން އުމުރުގައި އެކުގައި (ކައިވެނިކޮށް) ދިރިއުޅެން ފެށުމަކީ އެކަކު އަނެކެއްގެ މައްޗަށް ލޯބި އިތުރުވާކަމެކެވެ. ގިނަ ބައަކާއި ލޯބިވެފައި ކައިވެނިކުރުމުން ގިނަ ފަހަރު އޮންނަނީ ލޯބިވާންވީ މީހާ އޮޅިފައެވެ. ބައިވެރިޔާދެކެ ވާންޖެހޭ ލޯބި ނުވެވިފައެވެ.  

ޒަވާޖީ ހަޔާތަށް މިއަދު ކުރިވަމުންދާ އެންމެ ބޮޑު ޒަލްޒަލާއަކީ ތަނަވަސްކަން ފަހަތުން ދުވެވޭކަމެވެ. އެއީ އިސްލާމް ދީނުގައި ކައިވެނިކުރަން އޮތް ގޮތެއް ނޫނެވެ. ތިބާ އާއި ކައިވެނިކުރަން އެދުނު މީހާގެ ޖީބުގައި ފައިސާތަކެއް ނެތި ހިނގައިދާނެއެވެ. އެއީ ސަބަބެއްކަމަށް ބަލައި ކައިވެނިކުރަން ފަސްޖެހެން ބިރުވެތިވާށެވެ! އޭނާއަކީ ތަޤްވާވެރިއެއްނަމަ އޭނާއަކީ ﷲ ތަޢާލާގެ މިތުރަކަށްވެދާނެއެވެ. އެހެން އެކަން މެދުވެރިވުމުން ތިބާ އޭނާގެ ކައިވެންޏަށް ދެކޮޅު ހަދައިފިނަމަ ދެން ތިބާއަށް ރަނގަޅު ބައިވެރިއަކު ނުލިބިވެސްދާނެއެވެ. މިހިރީ ހަމަ ވިސްނަންޖެހޭނެ ކަންކަމެވެ.  

މައިންބަފައިންނޭވެ! ތިބާގެ ދަރިފުޅުގެ ކައިވެންޏަށް އެދިގެން ޞާލިޙް އަޅަކު އައުމުން ކައިވެނިކޮށްނުދޭން ބަހަނާއަކަށް ދަރިފުޅު އަދި މާހަގުކަމަށް ނުބުނާށެވެ! ތިބާ ދަރިފުޅު ގެންގުޅެނީ އަލަމާރިއެއްގައި ތަޅުލައިގެން ނަމަވެސް ތިބާގެ ދަރިފުޅުގެ އަތުގައި ސްމާޓް ފޯނެއް އޮތްނަމަ އޭނާގެ އުމުރު މުޅި ދުނިޔެއަށް މިއަދު އެނގޭނެއެވެ. އަދި ތިބާ އެދައްކަނީ ބަހަނާކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

ވީމާ އެފަދަ ޖަވާބެއް ދިނުމުގެ ކުރިން ދަރިންގެ ގާތުގައި އަހަންވެސް ވާނެއެވެ. ކައިވެންޏަށް ދަރިފުޅު އަމިއްލަ ހިތުން އިންކާރުކޮށްފިނަމަ އެކަން ވާނީ ތަފާތުކަމަކަށެވެ. ޞާލިޙް އަޅެއްގެ ކައިވެންޏަށް އިންކާރުކުރުމުގެ ޙައްޤު ދަރިންނަށް ދޫކޮށްލާށެވެ.

 

--މުފްތީ މުންކުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން