ކައިވެނިކުރާ ޢުމުރުގަ މީހަކަށް ޝައުޤުވެރިވެވިއްޖެނަމަ ތިބާގެ ބާރަކާ ނުލާ މިކަންކަން މެދުވެރިވާނެ! ގުޅުން އަވަހަށް ޙަލާލުނުކޮށްފިނަމަ ލިބޭ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ކައިވެނިކުރާ ޢުމުރުގަ މީހަކަށް
ޝައުޤުވެރިވެވިއްޖެނަމަ ތިބާގެ ބާރަކާ ނުލާ މިކަންކަން މެދުވެރިވާނެ! ގުޅުން
އަވަހަށް ޙަލާލުނުކޮށްފިނަމަ ލިބޭ ދެރަ މާބޮޑުވާނެ!

އެއްވެސް މީހަކަށް އެމީހެއްގެ ހަށިގަނޑުގެ

އެދުންތަކާއި ދެކޮޅަށް ހަނގުރާމަކުރުމަކީ ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. ފަހަރެއްގައި ދުވަސްކޮޅަކު ހަނގުރާމަވެސް ކުރެވިދާނެއެވެ. ނަމަވެސް އީމާންކަން ވަރަށް ވަރުގަދަ މީހުންނަށްވެސް ނަފުސްގެ ކޮންޓްރޯލް ގެއްލިގެންދެއެވެ. އެއީ މިބަޔާންކުރާ ކަންކަމުގެ ސަބަބުންނެވެ.

އަންހެނަކު ފިރިހެނެކަށް ނުވަތަ ފިރިހެނަކު އަންހެނަކަށް ޝައުޤުވެރިކަން އުފެދިއްޖެނަމަ 3 ސްޓޭޖެއްގައި ހޯމޯންސްއަށް ބަދަލުތަކެއް އާދެއެވެ. އެތަނުން ފުރަތަމަ ސްޓޭޖަކީ "ލަސްޓް" ސްޓޭޖެވެ. އެ ސްޓޭޖުގައި ފިރިހެނުންގެ "ޓެސްޓޮސްޓްރޯން" އިތުރުވެއެވެ. އަންހެނުންގެ "އެސްޓްރޮގެން" އިތުރުވެއެވެ.  

މިކަން މެދުވެރިވުމުން ޑްރަގް ބޭނުންކުރާ މީހުންނަށްވާފަދަ ގޮތްތަކެއް ކުރިމަތިވެއެވެ. އެއްފަހަރު އިޙްޞާޞްވެއްޖެނަމަ ދެވަނަ ފަހަރު އިޙްޞާޞްކުރަން ބޭނުންވެއެވެ. ދެން ބަދަލުވަނީ ދެވަނަ ސްޓޭޖަށެވެ. ދެވަނަ ސްޓޭޖަށް ބަދަލުވުމުން "ޑޯޕޮމައިން" އާއި އެހެންވެސް ބައެއް ހޯމޯންސްތައް އިތުރުވެގެންދެއެވެ. އެއީ "އެޓްރެކްޝަން" (ސަމާލުކަން ހޯދުން) އެވެ. މިސްޓޭޖްގައި އެއްބައަކު ގޯޅިއަޅައެވެ. އަނެއްބައަކު ކައިވެނިކުރަން އަވަސްވެގަނެއެވެ. ބައެއް މީހުން ކެތްތެރިވާން މަސައްކަތް ކުރެއެވެ. އަނެއްބައަކު އެމީހުންގެ ހަކަތަ ބޭނުންކުރަން އަވަސްވެގަނެއެވެ. އެއީ "ސެންޓޯރަންގެ ސަބަބުންނެވެ. ކުރިން އިޙްޞާޞް ނުކުރެވޭ ކަންކަން އިޙްޞާޞްކުރެވެން ފަށައެވެ. އަދި ބުނެވެއެވެ. "އަހަރެންނަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އޭނާގެ ކިބައިން އަހަރެންނަށް ލިބުނީ ކުރިން ދުވަހަކުވެސް ލިބިފައިނުވާ ކަންތައްތަކެކެވެ. އޭނާ ބުނީ ދުވަހަކުން ކުރިން މީހަކު ބުނެފައިނުވާފަދަ ބަސްތަކެކެވެ.

މިކަންކަން ދުވަސްތަކަކަށް ދެމިގެން ހިނގައިދާނެއެވެ. ދެން ބަދަލުވާނީ "ދެމީހުންގެ ހަށިގަނޑު" ގެ ގުޅުމަށެވެ. އެގުޅުން މާނަމިކުރަނީ ޙަލާލުގޮތުގައި ކައިވެނިކޮށްގެން އެކީގައި ދިރިއުޅުމުގެ ޝައުޤުވެރިކަމަށެވެ. މިހިސާބުން "އޮކްސިޓޯސިން" ހޯމޯންސް އިތުރުވެގެންދެއެވެ. ސަލާމަތްތެރިކަމާއި ހިތްހަމަޖެހުމާއި ޙަޤީޤީ ލޯބި އިފައްދައިދެނީ މިހޯމޯންސްތަކެވެ.  

ތިންވަނަ ސްޓޭޖް މިބަޔާން ކުރެވުނީއެވެ. ކައިވެނިނުކުރާ މީހުންނަށްވެސް މިކަންކަން ކުރިމަތިވާނެއެވެ. ޝައުޤުވެރިކަމާއި ލޯބި އުފެދުމުން ހަމަމި ބަޔާންކުރި ހޯމޯންސްތައް އުފެދި ލޭތެރޭގައި ދައުރުކުރަންފާށެވެ.  

ވީމާ އަހަރެމެންނަށް އޮތީ ފުރަތަމަ ސްޓޭޖް އައުމުން ދެވަނަ އަދި 3 ވަނަ ސްޓޭޖް ޙަލާލް ކުރުމެވެ. އެއީ ކައިވެނިކުރުމެވެ. ކައިވެނި ނުކޮށް ލަސްކުރާނަމަ ދެވޭނީ ޝައިޠޯނާގެ މަގުންނެވެ. ކައިވެނިކޮށް ޙަލާލްކުރުމުން އެދެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ  

--ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން