ތަނަވަސް މީހެއްގެ އަންތބަކާއި އޭނާގެ އެކުވެރިއަކު ސުވާލެއް ކުރިއެވެ. "ތިބާގެ ފިރިމީހާގެ ތަނަވަސްކަން ގެއްލިއްޖެނަމަވެސް ތިބާ ފިރިމީހާދެކެ ލޯބިވާނަން ހެއްޔެވެ؟" އަނބިމީހާގެ ޖަވާވބަކަށްވީ ފިރިމީހާގެ ހުރި ތަނަވަސްކަމާއިމެދަކު އަހުރެން ނުވިސްނަމެވެ.
ބުނަންހެއްޔެވެ؟ ތިއަ ސުވާލުތިއަކުރީ ފިރިމީހާ ބުނެގެން ކަމަށްވެދާނެއެވެ. އެހެންކަމަށްވާނަމަ ފިރިމީހާއާއި މިސުވާލުކޮށްލައިދޭށެވެ. "އަހުރެންގެ ސިފަ ގެއްލި ބަލިކަށިވިޔަސް އަހުރެންދެކެ ލޯބިވާނަން ހެއްޔެވެ؟ ޖަވާބުގައި އާނއެކެވެ ބުނެފިނަމަ ބުނާށެވެ. ސަލާންޖަހަން މަގުމަތީގައި ހިނގަންޖެހުނަސް އަހުރެން ތިބާދެކެ މިހާރު ފަދައިން ލޯބިވާނަމެވެ."
އޭނާ އެބަޔާންކުރީ ހެޔޮލަފާ އަނބިން ލޯބިވުމާއިމެދު ނިންމާނެ ގޮތެވެ. ހިތާމައަކީ މިފަދަ ހެޔޮލަފާ އަނބިންވެސް އަދި ފިރިންވެސް މަދުކަމެވެ.
އުފަލުގައި ދިރިއުޅެން ފައިސާވެސް ބޭނުންވެއެވެ. ނަމަވެސް އެންމެ މުހިންމު އެއްޗަކީ ފައިސާއެއް ނޫނެވެ. އެންމެ މުހިންމީ ކޮންމެ ޙާލެއްގައިވެސް ދެމީހުން އެކުގައި އުޅެންކުރާ ހިތްވަރެވެ. އެހިތްވަރުގައި ޘާބިތުވުމެވެ.
ކިތަންމެ ލޯބިން އުޅުނަސް ރުޅިއަންނަންޖެހޭ ޙާލަތުވެސް ކުރިމަތިވާނެއެވެ. ރުޅިއަންނަންޖެހޭ ޙާލަތުގައިވެސް ރުޅިއަންނަންވާނީ މީހާ ދެކެއެއް ނޫނެވެ. ކުރިމަތިވި މައްސަލައަށެވެ. މައްސަލަ ޙައްލުވުމުން އެހިށާބުން އެކަން ނިންމައިލަންވާނެއެވެ. މައްސަލަ ނިންމާނުލައި އެވާހަކަ ދެއްކޭނަމަ އެކަމުން އަންގައިދެނީ އެއީ ދިރިއޮތް މައްސަލައެއް ކަމެވެ.
ބައެއް އަންހެނުންވެސް އަދި ފިރިހެނުންވެސް އަނެކާގެ ތަނަވަސްކަމަށް ބަލައި ލޯބިވެއެވެ. އެއިރުން ލޯބިއެވެވެނީ މީހާ ދެކެއެއް ނޫނެވެ. އޭނާގެ ވޮލެޓަށެވެ. ވޮލެޓު ހުސްވުމުން ލޯބިވުން ނިމޭނެއެވެ. ނަމަވެސް މީހާދެކެ ލޯބިވާނަމަ އަތްމަތިދަތިވިޔަސް އަދި މައްސަލައެއް ޖެހުނަސް ލޯބިވުމެއް ނުނިމޭނެއެވެ. މަސައްކަތްކުރާނީ އެކަން ޙައްލުކޮށް އެކުގައި ކުރިއަށް ދިއުމަށެވެ.
- މިއަދުނޫސް