ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑްކަޕް ބަލާފަދައިން ދީނީ ދަރުސްތައްވެސް ގިނަގިނައިން ބަލަމާތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑްކަޕް ބަލާފަދައިން ދީނީ ދަރުސްތައްވެސް ގިނަގިނައިން ބަލަމާތޯ؟

ވޯލްޑްކަޕް ފެށުމުން ބޮޑުސްކްރީން ބަހައްޓައިގެންނާ ގޭގައި ތިބެގެންވެސް އަދި މައިޒާންތަކުގައިވެސް ވޯލްޑް ކަޕްގެ މެޗްތައް ބެލުމަކީ މައްސަލައެއް ނޫނެވެ. ކުރަން އޮތް ކަމަކީ ނަމާދުތަކަށް ރައްކައުތެރިވުމެވެ. ފަތިސްނަމާދުވެސް ކުރުމެވެ. ހިތާމައަކީ މެޗްތައް ބެލުމަށް ދޭސަމާލުކަން ނަމާދުތަކަށް ނުދެވޭ ކަމެވެ. ހުކުރު ވަޤުތުގައިވެސް ނިދާފައި ތިބެވޭ ކަމެވެ. އެކަން މިއަދުވެސް ގިނަ މިސްކިތްތަކުން ފެނުނުކަމެވެ.  

މުސްލިމުންނަށް ހުއްދަވެގެންވާ ކުޅިވަރުތައް ބެލުމާއި ކުޅުމަކީ މައްސަލައެއް ނޫނެވެ. ވިސްނާލަންވީ ހުރިހާ މުސްލިމުންވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ މައްސަލައަށެވެ. އެއީ ނަމާދު ޤާއިމުކުރުމުގެ މައްސަލައެވެ. އެކަން  ޙައްލުކުރެވިއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތުން ނަޞްރު ދެއްވަވާނެކަން ޔަޤީންއިރުގައިވެސްމެއެވެ.  

ލޮބުވެތި ޒުވާނުންނޭވެ! ޤައުމުގެ މުސްތަޤްބަލް އޮތީ ތިއަ ޒުވާނުންގެ އަތްމަތީގައެވެ. އެންމެ ބޮޑުކަމަކީ ނަމާދުކުރާ ބައަކަށްވުމެވެ. ނަމާދުތަކަށް ރައްކައުތެރިވާ މީހާއަށް ހެޔޮގޮތްތައް ދުނިޔޭގައިވެސް މިންވަރުކުރައްވަވާނެތެވެ. ޙާޞިލުކުރަން ބޭނުންވާ ކަންކަން ކާމިޔާބުވުމުގެ ތަޅުދަނޑިއަކީ ނަމާދުކުރުންކަމަށް ޤަބޫލުކުރަމާތޯއެވެ؟  

މެޗްތައްވެސް ބަލާށެވެ! ފޯރިވެސްނަގާށެވެ! އެއާއިއެކު ނަމާދުތައްވެސް ކުރަމުން ގެންދާށެވެ!ޚާއްޞަކޮށް ޖަމާޢަތުގެ ނަމާދަށް ރައްކައުތެރިވާށެވެ!. ޖަމާޢަތުގެ ނަމާދު ދޫކުރާ މީހާއަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދޫކޮށްލައިގެން ހުރި މީހެއް ކަމާއި އެފަދަ މީހުންނަކީ ގެއްލެނިވެގެންވާ މީހުންކަމާއި ޝަރުޢީ ޢުޛުރެއް ނެތި ނަމާދުގެ ޖަމާޢަތް ދޫކޮށްލައިފި މީހަކީ ސަލާމަތްވެވޭނެ މީހެއް ނޫންކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ.

 

- މަޢުލޫމާތު: ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން

 

މިއަދު އޮންލައިން