ބައިވެރިޔާ މުސްކުޅިވެ ސިފަ ބަދަލުވިޔަސް ލޯތްބަށް ބަދަލު ނުއަންނަނީ ކީއްވެގެންކަމާ ޒުވާން އިރުގައިވެސް ލޯބި ހުލިވެގެންދަނީ ކީއްވެގެންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބައިވެރިޔާ މުސްކުޅިވެ ސިފަ ބަދަލުވިޔަސް ލޯތްބަށް ބަދަލު ނުއަންނަނީ ކީއްވެގެންކަމާ ޒުވާން އިރުގައިވެސް ލޯބި ހުލިވެގެންދަނީ ކީއްވެގެންކަން އެނގޭތަ؟

ގިނަބައަކަށް ވިސްނިފައި އޮންނަނީ ލޯބި އާލާވަމުންދާނީ ސިފަ ރީތިވުމުން ކަމަށެވެ، އެހެންވެ ސިފަ ރީތިކުރުމަށް ނުވަތަ ރީތިކަންމަތީގައި ހުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރެއެވެ. މައްސަލައަކީ ލޯބި ހުލިވެ މަރުވެގެންދާ ސަބަބު ނުވިސްނޭކަމެވެ.  

އެކަމަށް ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީ ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަން ނުދިނުމެވެ. އަޅައިނުލެވުމެވެ. ވަޤުތު ނުދެވުމެވެ. ކަްނބޮޑުވާންޖެހޭ ވަޤުތުތަކުގައި އަނެކާގެ އިޙްޞާޞްތަކުގައި ބައިވެރިނުވެވުމެވެ.  

މިކަންކަން މެދުވެރިވާނަމަ ކިތަންމެ ޒުވާން ޢުމުރުގައިވެސް ބައިވެރިޔާދެކެ ވާލޯބި ހުލިވެ ނެތިގެން ހިނގައިދާނެއެވެ. ފެނުނަސް ފީހިވެވެންފަށައިފާނެއެވެ. ހަމައެގޮތަށް މިބުނި ކަންކަމަށް ސަމާލުކަންދޭނަމަ ކިތަންމެ މުސްކުޅިވިޔަސް ސިފަ ބަދަލުވިޔަސް ލޯބި ހަމައެގޮތުގައި ދެމިއޮންނާނެއެވެ.  

އިތުރު ކަމެއްވެސް ފާހަގަކޮސްލާނަމެވެ. އެއީ އަނެކާގެ ބައިވެރިޔާއާއި އަޅައިކިޔުމެވެ. އެއީ އެއްވެސް މީހަކު އަހަން ބޭނުންވާނެ އަޑެއް ނޫނެވެ. އެހެން މީހެއްގެ ކިބައިން ރަނގަޅު ސިފައެއް ﷲާހަގަކުރެވިއްޖެނަމަ އެސިފައަކީ ރަނގަޅު، ތިމާ ރުހޭ ސިފައެއް ކަމަށް ބުނެވިދާނެއެވެ. މައްސަލައަކަށްވަނީ އޭނާގެ ކިބައިން ފެންނަ ރަނގަޅު އެންމެ ސިފައެއްގެ ސަބަބުން ބައިވެރިޔާގެ ހުރި ރަނގަޅު ސިފަތަކުގެ އަގު ވަޒަންނުކުރެވޭ ގޮތަށް ވާހަކަދެއްކުމެވެ. މިއީވެސް ލޯބިވުން ފޫހިކަމަށް ބަދަލުކޮށްލާ ކަމެކެވެ.

 

މިއަދު އޮންލައިން