ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަން ދެއްވާ!: ގިނަ ބައެއްގެ ޒަވާޖީހަޔާތް ފޭލްވެ ރޫޅެމުންދާ އެންމެ ބޮޑު ސަބަބާ އެކަމުގެ ޙަޤީޤަތާ ޙައްލު- ތަޖުރިބާކުރި އަންހެނެއްގެ ދުލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަން ދެއްވާ!: ގިނަ ބައެއްގެ ޒަވާޖީހަޔާތް ފޭލްވެ ރޫޅެމުންދާ އެންމެ ބޮޑު ސަބަބާ އެކަމުގެ ޙަޤީޤަތާ ޙައްލު- ތަޖުރިބާކުރި އަންހެނެއްގެ ދުލުން!

އަހުރެންނަށްވެސް އެކުށްކުރެވުނެވެ. ސޯޝަލް މީޑިއާގައި ދެމަފިރިންގެ ކަންކަމާއިމެދު ހާމަކޮށްފައި ހުންނަ ވާހަކަތައް ޤަބޫލުކުރެވި ބައިވެރިޔާއާއި ޝަކުވާތައް ކުރެވުނެވެ. ހުރިހާ ކަމެއް އެންމެ ފުރިހައަށް ނުހުންނަކަމުގެ ޝަކުވާއެވެ!

ދުވަސްކޮޅެއް ފަހުން ހިތުގައި ޝައްކުތަކެއް އުފެދެން ފެށިއެވެ. މިފެންނަ ވީޑިއޯތަކާއި މިކިޔޭ ވާހަކަތަކަކީ ހަމަ ޙަޤީޤަތް ކަމާއިމެދުގައެވެ. އެހެންވެ ބައެއް މީހުންނާއި ގުޅުން އުފައްދައި ޙަޤީޤަތް ހޯދަން ފީނަންފެށީމެވެ.  

މިބުނަނީ އެކަމުގެ ނަތީޖާއެވެ! އަހުރެންނަށް ވާހަކަދެއްކުނު އެންމެންގެ ކިބައިންވެސް އެނގުނީ އެމީހުން ހާމަކޮށްފައިވަނީ ޙަޤީޤަތް ނޫންކަމެވެ. ވީހާ ގިނަ މީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި ޙަޤީޤަތް އޮޅުވައިލަނީ ކަމެވެ. ވާހަކަތައް ހާމަކުރަނީ ގިރިޓީކޮށް މުޅިން އޮޅުވާލައިގެން ކަމެވެ.

އެގޮތަށް އެކަން ނުވާންވީ ސަބަބެއްވެސް ނެތެވެ. ދިރިއުޅުމަކީ ކޮބައިކަމާއި ދިރިއުޅުމުގެ ޙަޤީޤަތް ހާމަކުރީމާ ލިބޭނެ ބޮޑުދެރައަށް ވިސްނާ މީހުން އެމީހުންގެ ވާހަކަތައް ހާމައެއް ނުކުރާނެއެވެ. އެސްފީނާއަށް ބިރުގަންނާނެއެވެ.  

އަހުރެންނަށް ޔަޤީންކުރެވުނީ އެންމެ އުފަލުގައި ދިރިއުޅެވެނީ އަހުރެމެން ދެމަފިރިންނަށް ކަމެވެ. އެހެންވެ ބައިވެރިޔާއަށް ޝުކުރުއަދާކުރުން ގިނަކުރީމެވެ. ނަތީޖާއަކަށްވީ ދިރިއުޅުން ކުރިއަށްވުރެވެސް މާއުފާވެރިވުމެވެ. އަހުރެން އުންމީދުކުރަނީ އަހުރެންގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ. އިން ޝާ ﷲ

 

- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން