ސިހުރުގެ އަސަރު ކޮށްފައި ވާކަން ތިބާގެ ހަށިގަނޑުން އަންގައިދޭ ބައެއް އަލާމާތްތައް! މިއިން ޢަލާމާތެއް ފެނިއްޖެނަމަ ފަރުވާކުޑަނުކުރާތި!

ކިޔުމަށް ހޭދަވާނީ 2މ 54ސ
ސިހުރުގެ އަސަރު ކޮށްފައި ވާކަން ތިބާގެ ހަށިގަނޑުން އަންގައިދޭ ބައެއް އަލާމާތްތައް! މިއިން ޢަލާމާތެއް ފެނިއްޖެނަމަ ފަރުވާކުޑަނުކުރާތި!

ސިއުޒާ

 

އެސްފީނާ ނުވަތަ ސިހުރުގެ އަސަރު ތިބާއަށް ކޮށްފައި ވާނަމަ އާންމުގޮތެއްގައިވެސް ބޮލުގައި ރިހުން ހުރެއެވެ. ލޯ ހިރުވުމާއި ލޮލުގައި ރިހުމާއި ކޮނޑަށް ބަރުކަން އިހްސާސް ކުރެވުންވެސް ހިމެނެއެވެ. އަބަދުވެސް ކޮންމެވެސް އެއްޗެއް ކޮނޑުމަތީގައި އުފުލާކަމުގެ އިހްސާސް ކުރެވޭނެއެވެ. 

ނޭންގި ހުއްޓާ ކުއްލިއަކަށް ހިތް ބިރުގަތުންވެސް ހިމެނެއެވެ. ހަމަ އެއްވެސް ސަބަބަކާ ނުލައިވެސް ކުއްލިއަކަށް ހިތުގެ ވިންދު އަވަސްވާންފަށައެވެ. ޑޮކްޓަރަށް ދެއްކުމުންވެސް އެއްވެސް ކަމެއް ނުފެނެއެވެ. އަދި މޭމަތީގައި ހިލަގަނޑެއް ބާއްވާފައި އޮންނަ ފަދަ ބަރު އިޙްސާސެއްވެސް ކުރެވިދާނެއެވެ. 

އަދި ސިއްޙީ އެއްވެސް މައްސަލައެއް ނެތި ބަނޑުގައި ރިހިދާނެއެވެ. ސިއްޙީގޮތުން އަބަދުވެސް އެއީ ގޭސް ނޫނީ އެސިޑްގެ މައްސަލަ ކަމުގައި ބުނެއެވެ. ބައެއްފަހަރު ހަމަ އެއްވެސް ސަބަބެއް ނެތި ވައި ލެވިދާނެއެވެ. ޤުރުއާން އަޑުއެހީމައިވެސް ވައިލެވިދާނެއެވެ. ކީއްވެކަން ތިބާއަކަށް ނޭންގެއެވެ.  

އަދި ބައެއްފަހަރު އަނގައިން ނުބައި ވަސްދުވުމާއި އުނަގަނޑުގައި ރިހުންވެސް ހުރެދާނެއެވެ. އެހެނަސް ސިއްޙީ އެއްވެސް މައްސަލައެއް ނުހުރެއެވެ. ކަކުލުގައި ރިހުމާއި ބޮޑުކަމު ދިޔުމުގެ މައްސަލަ ދިމާވެދާނެއެވެ. އަދި އަންހެނުންނަށް މަހަކު އެއްފަހަރު ކުރިމަތިވާ ޕީރިއަޑް، ލަސްވުން ނުވަތަ އަވަސް ވުންވެސް ހިމެނެއެވެ.  

މީގެ އިތުރުންވެސް ހަށިގަނޑުގެ އެކި ތަންތަން އެއްވެސް ސަބަބެއް ނެތިވެސް ހަލާކުވެފައި ހުރެދާނެއެވެ. އެއްވެސް ކަމެއް ނުވިޔަސް ހަމަ ކުއްލިއަކަށް ހޫނުވުން، ފިނިވުން ނޫނީ ވަރުބަލި ވެދާނެއެވެ. ނިދިއައުން، ހާއްސަކޮށް ޤުރުއާން ފޮތް ހުޅުވާ އެ ފޮތް ކިޔަވަން ބޭނުންވާ ވަޤުތުގައި ވަރަށް ނިދި އަންނާނެއެވެ. އަދި ބައެއް ފަހަރު ހިޔަންޏެއް ކަހަލަ އެއްޗެއް ތިބާގެ ކުރިމަތިން ނުވަތަ ފަހަތުން ހުރަސް ކުރާހެން ހީވެދާނެއެވެ. އެކަމަކު ހޯދާލާއިރު މީހަކު ނުހުރެއެވެ.

ނަމާދަށް ހުންނަ އިތު ވަރުބަލިވުން ނުވަތަ ވަރުބަލިކަން އިޙްސާސްވުން މިއީވެސް ސިޙުރުގެ އަލާމާތްތަކެވެ. ނަމާދަށް ހުންނަ އިރު އާފުރުމަކީވެސް އެސްފީނާގެ އަލާމާތެކެވެ. މަޢްރިބު ނަމާދުގެ ވަޤުތުގައި ވަކިން ބޮޑަށް ވަރުބަލިކަން އިޙްސާސް ކުރެވުމާއި، ދެރަވެ، ހާސްވެ ކަންބޮޑުވުންވެސް އަލާމަތް ތަކުގެ ތެރޭގައި ހިމެނެއެވެ. މަޣްރިބު ނަމާދުގެ ވަޤުތަކީ އެންމެ ނުރައްކާތެރި ވަޤުތެވެ.  އެއީ ޝައިޠާނުންތައް ބިމުގައި ފެތުރިގަންނަ ވަޤުތެވެ.  

މީގެ އިތުރުންވެސް ނިދަން އުނދަގޫވުމަކީވެސް އަލާމާތެކެވެ. ނިދަން އޮށޮއޮވެ އެތައް އިރަކު ނުނިދިފައި އޮންނަން ޖެހެއެވެ. ހުވަފެނުގައި ކުއްތާ، ހަރުފަ، އުސް ތަނަކުން ވެއްޓުން، މީހަކު ތިބާގެ ފަހަތުން ދުވުން، ތިބާ ދޫންޏެއް ހެން އުދުހުން އަދި ބައެއްފަހަރު ތިބާ ފަރުބަދަތައް މަތީ ހުއްޓައި ފެނުން ވެސް ހިމެނެއެވެ. އަދި ބައެއްފަހަރު ނޭކެޑްކޮށް ތިބޭ މީހުން ހުވަފެނުގައި ފެނެއެވެ. އަދި ވާއަތް ފަޅިއަށް އޮވެގެން ނުވަތަ ބަންޑުން އޮވެގެން ނިދުން ވެސް މިއީ ޢަލާމާތެކެވެ.  

އަޚުންނޭވެ، އެންމެންނަށް މި ހުރިހާ ޢަލާމާތްތައް ނުފެނިދާނެއެވެ. ނަމަވެސް މިއިން އެއްމެ ކަމެއް ވިޔަސް އެއީ ސިޙުރުގެ އަސަރު ކޮށްފައިކަމުގައި ބެލެވިދާނެއެވެ. ބަލޮގަ ރިއްސާލާއިރަށް އެއީ ސިހުރު ޖެހިފައި ކަމުގައި ނުވެދާނެއެވެ. މި ހުރިހާ އަލާމާތްތަކެއް ހޯދުމަށްފަހު ތިބާ އަމިއްލައަށް ޓެސްޓް ކޮށްލާށެވެ.  

ޤުރުއާން ހުޅުވާލާށެވެ، އަދި ކިޔަވަމުން ދާ ވަޤުތު ވާ ގޮތްގޮތް ފަހަގަ ކުރާށެވެ. ބައެއްފަހަރު އައްސިވާ ގޮތް ވާނެއެވެ. ހާއްސަކޮށް ވާއަތް ފަޅީގައެވެ. އަދި ބައެއް ފަހަރު މާބަނޑު މީހެއް ފަދައިން ތިބާގެ ބަނޑު ބޮޑުވެފައި ހުރެދާނެއެވެ. އަދި އަންހެން ބޭފުޅުންގެ ބޮލުން އިސްތަށި ފޭބުން ވެސް ހިމެނެއެވެ.  

ޢިލްމްވެރިއެއްގެ ބަސްފުޅަކުން / މިއަދުނޫސް

 

- މިއަދުނޫސް

މިއަދު އޮންލައިން