މިއަދު އަރާރާޅުތައް އަރައިފައިބައިގެންދާނެ! ބިރުވެތިވާންވީ މެދުނުކެނޑި މާބޮޑެތި ރާޅުތައް އަންނާނެ ދުވަހަށް! ޣަރަޤުވިޔަސް މަރުނުވެ ވޭން ލިބިލިބި އޮންނަންޖެހޭނެ ދުވަހަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
މިއަދު އަރާރާޅުތައް އަރައިފައިބައިގެންދާނެ! ބިރުވެތިވާންވީ މެދުނުކެނޑި މާބޮޑެތި ރާޅުތައް އަންނާނެ ދުވަހަށް! ޣަރަޤުވިޔަސް މަރުނުވެ ވޭން ލިބިލިބި އޮންނަންޖެހޭނެ ދުވަހަށް!

ޒަމާން ފަސްވެއްޖެ. ވަޤުތެއް ނެތް. އާދެ! ރަސޫލުﷲ ސައްލައްﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުގައި އެކަލޭގެފާނު ވަރަށް ބޮޑަށް ބަޔާންކުރައްވާފަ އެބަހުރި މިދުނިޔޭގެ އަގެއް ނެތްކަމާ މިދުނިޔެއަކީ އެއްވެސް ޙައިޞިއްޔަތެއް ނެތް ތަނެއްކަމާ، މިދުނިޔޭގެ ފަނާވެދަނިވި ކަންތައްތަކަކީ އެއްވެސް އެއްޗެއް ނޫންކަން. އެހެންވެ ރަސޫލުﷲ ސައްލައްﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފަ ވަނީ، "لَوْكَانَت الدُّنْيَا تُسَاوِعُ عِنْدَ اللهِ جَنَاحَ بَعُوضَة" ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒުރަތުގައި ދުނިޔެއަކީ މަދިރިއެއްގެ ފިޔައެއްފަދަ ތަނެއްކަމުގައި ވިޔަސް "مَاسَقَى مِنْهَا كَافِرًا وَلا تَرْبَةَ ماء" ކާފަރަކަށް އެންމެ ފެންފޮދެއްވެސް ކާފަރަކަށް ފެންބޯން ނުދެއްވީމުހޭ.” 

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒުރަތުގައި މިއޮތް ބޮޑު ދުނިޔެ މިއީ މަދިރިއެއްގެ ފިޔައެއްފަދަ ތަނެއް ކަމުގައި ވިޔަސްވެސް އެހެން ނުވާނެ އެކަން. އެހެންވީމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒުރަތުގައި އެއްވެސް އަގެއްނެތް ތަނެއް، ވަރަށް ކުޑަކުޑައެއްޗެއް މިދުނިޔެއަކީ. ވަރަށް ކުޑަކުޑަ ތަނެއް މިތަނަކީ. އެހެންވެ ﷲ ޢައްޒަވަޖަލް ވަޙީ ކުރައްވާފަ ވަނީ "كُلَّ نَفْسٍۢ ذَآئِقَةُ ٱلْمَوْتِ" ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަ ދެކޭނޭ ނަފްސެކޭ. " وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ " ދެންފަހެ ތިޔަބައިމީހުނަށް ޤިޔާމަތް ދުވަހުން ތިޔަބައިމީހުންގެ އުޖޫރަ ހަމަހަމައަށް ލިބޭނެތޭ. " فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازْ " ދެންފަހެ ނަރަކައިން އެއްފަރާތް ކުރެވި، ސުވަރުގެ ވެއްދެވޭނެ މީހަކީ ހަމަ ކަށަވަރުން ކާމިޔާބު ލިބިއްޖެ މީހެކޭ. " وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ" އަދި ދުނިޔޭގެ ޙަޔާތަކީ ކެހިވެރިކަމުގެ އުފަލެއް ދޭތަނެއްކަމުގަ ނޫނީ ނުވެއޭ. " وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ" ކެހިވެރިކަމުގެ އުފަލެއް ދޭތަނެއްމީ.  

އެއްދުވަހު އުފަލެއް ދީފިއްޔާ އަނެއްދުވަހު ހިތާމައެއް. އަދި އުފަލެއް ލިބޭނޭކަމުގައި މީހަކު މަސައްކަތް ކުރަނީ. އެހެންނަމަވެސް ފަހުން އޭނަޔަށް ބޮޑުވެގެންވާ ގެއްލުމެއްކަމުގައި އެކަން އެބަވޭ. އެހެންނަމަވެސް އޭނައަށް އޮތީ ﷲ އަށް ޝުކުރުވެރިވުން. ފަހަރުގަ ވެދާނެ އޭނާ އެކަމެއް ކޮށްގެން އޭނާ މަގުފުރެދެނީކަމަށް. އެއަށްވުރެ މާ ރަނގަޅެއްނޫންތޯ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނަ އެކަމުން ސަލާމަތްކުރައްވައިފިކަމުގަ ވާނަމަ.  

އެހެންވީމަ އަޅުގަނޑުމެން މިހުރިހާ ކަމަކާމެދު ވިސްނައިގެން ފިކުރުކޮށްގެން އަޅުގަނޑުމެން ދާންވީ މި މުސްކުޅި ދުނިޔޭގަ ދަތުރުކުރަމުން ގަދަ ކަނޑެއްގެ ތެރޭގަ ދަތުރުކުރާ އުޞޫލަށް އަޅުގަނޑުމެން ދަތުރުކޮށް ދާކަމުގަވާނަމަ އަޅުގަނޑުމެންނަކަށް ނެތް އިންޝާﷲ ގޯހެއް. އަޅުގަނޑުމެންނަށް އޮތީ އަމާންކަމުގެ އައްސޭރިފަށް. އެހެންނަމަވެސް މި ކަންތައްތަކާމެދު ވިސްނާ ފިކުރު ނުކުރާކަމުގަ ވާނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގޯހެއް އެބޮތް. އަޅުގަނޑުމެންގެ ކުރިމަތީގަ ވަނީ ގަދަ ރާޅު ތަކެއް. ގަދަ ކަނޑުގަ ދުއްވާއިރު ގަދަ ރާޅުތައް އެބަހުރި ކުރިމަތީގަ، ބައިވަރު ރާޅުތައް އަދި އަންނަން އޮތީ.

 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

މިއަދު އޮންލައިން