އެއްފަހަރުވެސް ޒިނޭކުރެވިއްޖެނަމަ އެއޮތީ ދޮރުން ވަދެވިފަ! ސަލާމަތްވެގެން ދޮރުން ނުކުމެވެނީ މަދުމީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އެއްފަހަރުވެސް ޒިނޭކުރެވިއްޖެނަމަ އެއޮތީ ދޮރުން
ވަދެވިފަ! ސަލާމަތްވެގެން ދޮރުން ނުކުމެވެނީ މަދުމީހަކަށް!


މީސްތަކުންނޭވެ! ރަނގަޅަށް ވިސްނާށެވެ! ޙަލާލް

ގޮތުގައި ކައިވެނިކޮށް އެމީހާ ބޭނުންވާ އުފާތައް ޙާޞިލްކުރާ މީހާ އަބަދުވެސް ހުންނާނީ ހިތްފުރިގެންނެވެ. ދިމާވާ ގޮތަކުން ފަހަރެއްގައި އުފާވެރިކަން ޙާޞިލްނުކުރެވުނު ނަމަވެސް އެއީ މައްސަލައަކަށްވެގެން ޝަކުވާއެއް ނުކުރާނެއެވެ. އޭނާއަށް ކެތްތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ އަނބިމީހާގެ ޙައިޟުގެ ދުވަސްވަރުގައާއި ނިފާސްކަމުގެ ދުވަސްތަކުގައިވެސް ކެތްތެރިވެވެނީ އެމީހުންނަކީ ޙަލާލް ގޮތުގައި ބޭނުންތައް ފުއްދަމުން އަންނަ ބައަކަށްވާތީއެވެ.  

ފުރިހަމަ އީމާންތެރިއަކުވެސް ދީނުގައި ހުއްދަ ޢަދަދަށް އަނބިން ހަމަކޮށްފާނެއެވެ. އެއީ ގިނަވެގެން 4 އަނބިންނެވެ. ނަމަވެސް އިތުރަށް ބޭނުންވެގެން ފާޙިޝް ޢަމަލުތަކެއް ނުކުރާނެއެވެ.  

އެއާއި ޚިލާފަށް ފާޙިޝް ޢަމަލުތައްކުރާ މީހން، ޒިނޭކުރާ މީހުންގެ ހިތެއް ދުވަހަކުވެސް ނުފުރޭނެއެވެ. އެމީހުން އަބަދުވެސް ތިބޭނީ ފާފަތަކަށް އަރައިގަންނަން ކެތްމަދުވެފައެވެ. ފުރުޞަތަކަށް ބަލަބަލައެވެ.

ހަމައެފަދައިން ފައިސާ ހޯދުމުގައިވެސް ކަންތައް އޮތީ ހަމަ މިފަދަ ގޮތަކަށެވެ. ﷲ ތަޢާލާ ތިމާއަށް ދެއްވެވި ރިޒުޤް ބޭނުންކުރާ މީހާ އަބަދުވެސް ހުންނާނީ ހިތްފުރިގެންނެވެ. ނަމަވެސް ޙަރާމް ގޮތުގައި ފައިސާ ހޯދާ މީހުންނަށް މިލިއަނުން ލިބުނަސް ހިތެއް ނުފުރޭނެއެވެ. 

މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ މީހުންނަށްވެސް އެވަނީ ހަމައެގޮތެވެ. ބުއްދިފިލައިދާއިރުވެސް ހިތެއް ނުފުރޭނެއެވެ. ހަމަހޭވެރިކަން ގެއްލި ދެކަމު އެކީ ޙާޖަތަސް ދެވޭއިރުވެސް1 އޮންނާނީ ބޭނުންކުރެވުނު މިންވަރު މަދުވެފައެވެ. އިތުރަށް ބޭނުންވެފައެވެ.  

މިކަންކަމަކީ ކީރިތި ޤުރްއާނުން އަހުރެމެންނަށް އެނގެން ހުރި ކަންތައްތަކެވެ. ވީމާ ތިމާއަށް ޙަލާލް ކުރައްވަވާފައިވާ އެއްޗެއް ނޫނީ ބޭނުން ނުކުރާށެވެ. ޙަރާމް ކުރައްވަވާފައިވާ އެއްޗެއް އެއްވެސް މިންވަރަކަށް ބޭނުން ނުކުރާށެވެ. ޙަރާމް ކުރައްވަވާފައިވާ ކިތަންމެ ކުޑަކުޑަކަމެއްވެސް ނުކުރާށެވެ. ހިތްފުރި އުފާވެރިކަން ލިބެން އޮތީ ޙަލާލުތަކެތި ބޭނުންކުރުމުންނެވެ. ޙަލާލް ކުރައްވަވާފައިގޮތަށް ކަންކަން ކުރުމުންނެވެ.

 ޒިނޭކުރުމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ

އެއްފަހަރުނަމަވެސް ކުރެވުމުން މަސްތުގައި ޖެހެވޭކަމެވެ. އިތުރަށް ކުރަން ބޭނުންވެވޭ ކަމެވެ. ހުއްޓާލަން ބޭނުންވިޔަސް ހުއްޓާލަން އެންމެ އުނދަގޫވާ ކަމަކީވެސް ޒިނޭކުރުމެވެ. އެކަމުން ސަލާމަތްވެވެނީ ވަރަށް މަދުމީހަކަށެވެ.   

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

މިއަދު އޮންލައިން