އިބްރާހީމް ކައްވަޅުގަ އޮވެގެން އަނބިމީހާއަށް ފޮނުވި މިސިޓީއަކީ ތިމާގެ ފިރިމީހާ ތިމާއަށް ފޮނުވި ސިޓީއެއް ކަމަށް ވިސްނައިގެން ކިޔައިފިނަމަ ހުވަފަތް ކޮންމެ އަންހެނަކަށްވެސް ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
އިބްރާހީމް ކައްވަޅުގަ އޮވެގެން އަނބިމީހާއަށް
ފޮނުވި މިސިޓީއަކީ ތިމާގެ ފިރިމީހާ ތިމާއަށް ފޮނުވި ސިޓީއެއް ކަމަށް ވިސްނައިގެން
ކިޔައިފިނަމަ ހުވަފަތް ކޮންމެ އަންހެނަކަށްވެސް ފައިދާކުރާނެ! އިން ޝާ ﷲ

އަޅުގަނޑުގެ ބޭބެ ނިޔާވެ 3 މަސްވަރުވީފަހުން

ފަހަރީގެ ޢަމަލުތައް ހުންނަގޮތާއިމެދު ވަރަށް ދެރަވަމެވެ. ހީވަނީ އެކަނިވެރިވާންޖެހުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެއް ހެންނެވެ. އޭނާއަށް ވިސްނައިދިނުންވެސް މިވަނީ އުނދަގޫކަމަކަށްވެފައެވެ. ނަޞީހަތެއް ދިނަސް އަންނަ ރުޅީގައި 2 ދަރިން ގޮވައިގެން ނުކުމެދާނެ ކަމުގެ ބިރުއޮތުމުންނެވެ. އަޅުގަނޑު ބޭނުންވަނީ އޭނާއަށް ނަޞީޙަތަކަށްވާނެ ލިޔުމެކެވެ.  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފަހަރި ރުޅި ނުއަންނާނެ ގޮތަށް ވިސްނައިގެން ހެޔޮ ނަޞޭޙަތްދެމުން ގެންދާށެވެ. އަދި އޭނާއަށްޓަކައި ހެޔޮދުޢާވެސްކުރަމުން ގެންދާށެވެ. ތިރީގައިވާ ލިޔުމަކީވެސް ވަރަށް އަގުހުރި ނަޞޭޙަތެކެވެ. ފަހަރިއަށް ޙިއްޞާކޮށްލާށެވެ! 

އިބްރާހީމްގެ ހުވަފަތް އަނބިމީހާ ނިދީ އާދައިގެމަތިން ހަމަ ރަނގަޅަށް ހަމަޖެހިލައިގެންނެވެ. ޛިކުރުތައްވެސް ކިޔައިގެންނެވެ. ނިދިޖެހުނުތަނާހެން (ހުވަފެނުގައި) އަތަށް ލިބެނީ ސިޓީއެކެވެ. އަވަސް އަވަހަށް ހުޅުވައިގެން ކިޔައިލިއެވެ.

"އޭ އަހުރެންގެ ލޯބިވާ ބައިވެރިޔާއެވެ. ތަޤްދީރުގައި ދެމީހުންނަށް ދުނިޔޭގައި އެކުގައި ހޭދަކުރެވެން އޮތް މުއްދަތު ހަމަވުމުން ދެމީހުންގެ ހަށިގަނޑު މިވަނީ ދެތަންވެފައެވެ. ދެން ދުވަހަކުވެސް ދުނިޔެއިން ބައްދަލުނުވާނެ ގޮތަށެވެ.  

ތިބާ އަހރެންގެމަތިން އެބަ ހަނދާންކުރަމުއެވެ. އަހުރެންގެ ރަނގަޅުވާހަކަތައްވެސް އެބަ ދައްކަމުއެވެ. އަހުރެންނަށްޓަކައި ހެޔޮ ދުޢާކުރާކަމަށް އެބަބުނަމުއެވެ. ނަމަވެސް ހިތަކުން ނުކުރަމުއެވެ. އެހެންވެ އެކަމުގެ އެއްވެސް ފައިދާއެއް އަހުރެންނަކަށް ނުކުރެއެވެ.  

އެންމެ ބޮޑަށް ދެރަވަނީ އަހުރެން ދުނިޔެދޫކުރި ފަހުން ތިބާ އަޅުކަމާއި ދުރުހެލިވެފައިވާތީއެވެ. ހުއްދަނޫން ގޮތުގައި ހިލޭ ފިރިހެނުންނާއި ބައްދަލުކުރާތީއެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަޢުރަ ނިވާނުކުރާތީއެވެ. މިބުނަނީ އަދިވެސް ބުރުގާ ނާޅައި އުޅޭ ވާހަކައެވެ. ތިބާ އަވަހަށް މަރުވުމަކަށް ނުއެދެމެވެ. ނަމަވެސް މަރުވާނެ ވަޤުތަކީ އެއްވެސް މީހަކަށް އެނގޭ އެއްޗެއް ނޫނެވެ.

އަހުރެންގެ އެންމެ ބޮޑު އުންމީދަކީ ދުނިޔޭގައިވެސް އެކުގައި ލޯބިން އުޅުނު ފަދައިން ދެމީހުން އެކުގައި ސުވަރުގޭގައިވެސްވުމެވެ. ނަމަވެސް އެކަން ޙާޞިލުކުރެވެން އޮތީ ތިބާއަށްވެސް ސުވަރުގެ ވަދެވިގެންނެވެ. ސުވަރުގެ ވަދެވޭނީ ﷲ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެގެންނެވެ.

އަހުރެންނަށްވުރެ މާރަނގަޅު ފިރިހެނަކާއިވެސް ތިބާއަށް ބައްދަލުވެވިދާނެއެވެ. އަދި އެއީ ފަހުގެ ފިރިމީހާކަމަށްވުމުން ސުވަރުގޭގައި ތިބާވާނީ އޭނާއާއިއެކުގައިކަމަށްވެސް ވެދާނެއެވެ. ނަމަވެސް ވިސްނައިލާށެވެ! އޭނާ އާއިއެކުގައިވެސް ސުވަރުގެ ވަދެވޭނީ ފުރިހަމަ ގޮތުގައި ﷲ އަށް ބިރުވެތިވެގެންނެވެ. ދުނިޔޭގައި ދިރިއުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެގެންނެވެ.  

އަހުރެންނަށް ދެވަނަ މިފަދަ ސިޓީއެއް ނުފޮނުވިދާނެއެވެ. ވީމާ މިސިޓީގައި މިބުނި ކަންކަން ރަނގަޅަސް ހަނދާނުގައި ބަހައްޓައި އަދި ޢަމަލުކުރާނެކަމަށްވެސް އުންމީދުކުރަމެވެ.  

--ސުވަރުގޭގައިވެސް ތިބާ އާއިއެކުގަވުމަށް އެދޭ އިބްރާހީމް"

 

ސިޓީ ކިޔައި ނިމުނުތަނާ ސިއްސައިގެން ހޭލެވިއްޖެއެވެ. އަތުގައި ސިޓީ އޮތްތޯ ބަލައިވެސް ލެވިއްޖެއެވެ. ނަމަވެސް އެ ސިޓީ އަތަކު ނެތެކެވެ. އެއީ ހަމަ ފެނުނު ހުވަފެނެކެވެ. އެހެނަސް އެސިޓީގައިވާ ކަންކަން އަކުރުން އަކުރަށް އޭނާ އަބަދުވެސް ހަނދާނުގައި ބެހެއްޓިއެވެ. ފިރިމީހާ އެދިފައިވާ ގޮތަށް ޢަމަލުތައް ސީދާކުރިއެވެ.

 

ކޮންމެ "އަންތބަކަށް" މިފަދަ ސިޓީއެއް ނުލިބިދާނެއެވެ. ނަމަވެސް މިސިޓީއަށް ހުރިހާ ހުވަފަތް އަންހެނުންވެސް ޢަމަލުކޮށްފިނަމަ އެކަމުގެ ފައިދާކުރާނެއެވެ. އިން ޝާ ﷲ

 

--މިއަދުނޫސް

މިއަދު އޮންލައިން