ތަޤްވާވެރިން މަދުވަމުން އަންނައިރު ތަޤްވާވެރި އަނބިންވެސް މަދުވާނެއެވެ. އެހެންކަމާއިއެކުވެސް ތިބާއަށް ތަޤްވާވެރި އަނތބަކު ދެއްވަވައިފިނަމަ އެއީ ﷲ ތަޢާލާ ދެއްވަވާ އެންމެ ބޮޑު ނިޢުމަތެވެ. އެނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ސުވަރުގެ ވަނުމަށް އެތައް ގޮތަކުން މަގުފަހިވެގެންދާނެ ކަމެކެވެ. އިން ޝާ ﷲ
މިޙަދީޘްފުޅަށް ވިސްނައިލަމާހިނގާށެވެ!
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said,
“Whoever Allah provides with a righteous wife, Allah has assisted him in half of his religion. Let him fear Allah regarding the second half.”
Source: al-Mu’jam al-Awsaṭ 992
Grade: Sahih (authentic) according to Al-Suyuti
މި ޙަދީޘްފުޅުން އެނގިގެން މިދަނީ އެމީހަކަށް ތަޤްވާވެރި އަންތބަކު ދެއްވަވައިފިނަމަ (ލިބިއްޖެނަމަ) އެއީ ދީނުގެ ދެބައިކުޅަ އެއްބައި އެމީހަކަށް އެމީހަކަށް ފުރިހަމަކޮށްދެއްވެވުމަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބުން ކަމަށެވެ. އެހިސާބުން ދެން އޮތީ ﷲ ތަޢާލާއަށް ބިރުވެތިވެ ދެން އޮތްބައި ފުރިހަމަލުރަން އެމީހަކު އަމިއްލައަށް މަސައްކަތްކުރުން ކަމެވެ.
ފިރިހެނެއްގެ ދީންވެރިކަމުގެ ދެބައިކުޅަ އެއްބައަކީ ހެޔޮލަފާ އަންތބެއް ކަމަށް ބުނެފިނަމަ އެއީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ. ވީމާ ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ!
ޙަޔާތުގެ ކަންކަން ކާމިޔާބުކުރެވެނީ ދެމަފިރިން ގުޅިގެން ފަދައިން އަޅުކަން ކުރަން ކުރަންހުރި ކަންކަން ވެސް ކުރެވޭނީ ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވެދީގެންނެވެ. އެކަކު އަނެކަކަށް ވާގިވެރިވެގެންނެވެ، ފަތިހު ފަތިސް ނަމާދަށް ހޭލެވޭނީ ދެމީހުންނަކީވެސް އެކަކު އަނެކަކަށް ސޯނާ ގަޑިއަކަށްވެގެންނެވެ.
ފަތިހު ހޭލަން ބޮޑަށް ފަސޭހަވަނީ އަންހެނުންނަށެވެ. އެއީ ދަރިންގެ ކަންކަމުގައި ހޭލައި އުޅެއުޅެ އެކަނބަލުން އެކަމަށް ހޭނިފައިތިބޭތީއެވެ. ވީމާ ފަތިސް ނަމާދަށް ފިރިން ހޭލެއްވުމުގައި އަންހެނުންގެ ދައުރު ބޮޑުކަން ޤަބޫލުކުރަން ޖެހެއެވެ. މީގެ މާނައަކީ އަނބިމީހާއަށް ބަރޯސާވެ ފިރިމީހާ އެކަމަށް މަސައްކަތްކުރަން ނުޖެހުމެއް ނޫނެވެ. ފިރިމީހާވެސް ޖެހޭނީ އެކަމަށް މަސައްކަތްކުރާށެވެ.
ފިރިހެނެއްގެ ދީންވެރިކަމުގެ ދެބައިކުޅަ އެއްބައަކީ ހެޔޮލަފާ އަންތބެއް ކަމަށް ބުނަން ޖެހޭ ސަބަބުތަކުގެ ތެރޭގައި އަނބިމީހާގެ އިޤްޠިޞާދީ ފުއްދުންތެރިކަންވެސް ހިމެނެއެވެ.
ކޮންމެ މީހަކީ ޚަރަދުކުރާނެހައި ވަރަކަށް ޚަރަދުކުރާނެ ތަނަވަސްކަން ލިބިފައިވާ މީހެއް ނޫނެވެ. ދެމަފިރިން އެކުގައި މަސައްކަތްކުރިނަމަވެސް ފިރިމީހާ އެކަނި މަސައްކަތްކުރި ނަމަވެސް ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް ކޮންޓްރޯލްކުރާ އިޤްޠިޞާދީ މާހިރަކީ އަނބިމިހާއެވެ. ފިރިމީހާއަށް ލިބޭ ފައިސާކޮޅުން އިޤްޠިޞާދުކޮށްގެން އަނބިމީހާ ނުބަލަހައްޓާނަމަ ފިރިމީހާއަށް ނަމާދުކުރަންވެސް ފަސޭހައެއް ނުވާނެއެވެ. އަބަދު ހުންނާނީ "ބޯގޮއްވަން" ޖެހިފައެވެ.
މިތަނުގައި ތިބި ފިރިހެނުންނަށް ކުޑަ ބަހެއް ބުނެލާނަމެވެ. އަނބިމީހާއަށް ޙައްޤު ޤަދަރާއި ޢިއްޒަތް ދިނުމަކީ ދީނީ ގޮތުން ފިރިމީހާގެ ޤަދަރު އުފުލިގެންދާ ކަމެކެވެ. އަންހެނުންގެ ދަރަޖަ ދަށްކޮށް ނިކަމެތި ކުރުމަކީ ފިރިމީހާ ނިކަމެތިވެގެންދާ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން