الرَّحْمَـٰنِ الرَّحِيمِ
މާނައީ: "އެއީ އެއިލާހުގެ ޒާތުފުޅުގައި ރަޙުމަތިގެ ސިފަވާ ރަޙުމަތްލައްވަވާ އިލާހުއެވެ. "
الرَّحْمَـٰنِ އައިސްފައި މިވަނީ ކުރީގެ އާޔަތުގައުވާ “ﷲ” ނުވަތަ ލަފްޒުލް ޖަލާލާ ސިފަކުރަނިވި ނަމެއްގެގޮތުގައެވެ. އަދި الرَّحِيمِ ވެސް އައިސްފައި މިވަނީ އެހެން ސިފައެއްގެ ގޮތުގައެވެ. الرَّحْمَـٰنِ ގެ މާނައަކީ ތަނަވަސްވެގެންވާ ރަޙުމަތުގެ ވެރި ފަރާތެވެ. އަދި الرَّحِيمِ ގެ މަނައަކީ ފޯރަނިވި ތަނަވަސްވެގެންވާ ރަޙުމަތުގެ ވެރި ފަރާތެވެ. އެހެންކަމުން الرَّحْمَـٰنِ ދަލީލްކޮށްދެނީ އެއިލާހުގެ ރަޙުމަތުގެ ސިފަފުޅަށެވެ. އަދި الرَّحِيمِ އިން ދަލީލްކޮށްދެނީ އެއިލާހު ކުރައްވާ ކަމަކަށެވެ. (އެއީ ރަޙުމަތްލެއްވުމެވެ.)
މިސާލަކަށް الرَّحْمَـٰنِ އެކަނި ގެނެވިއްޖެނަމަ މި ދެކަމަށްވެސް ދަލީލްކުރީހެވެ. އަދި الرَّحِيمِ އެކަނި ގެނެވިއްޖެނަމަވެސް މި ދެކަމަށްވެސް ދަލީލްކުރީހެވެ. އެއީ އެއިލާހުގެ ރަޙުމަތުގެ ސިފަފުޅަށާއި އެއިލާހުގެ ރަޙުމަތްލެއްވުމުގެ ޢަމަލުފުޅަށެވެ. އެހެންނަމަވެސް މި ދެބަށް އެއްތަނެއްގައި އައިސްފައި އޮތުމުން ތަފްސީރުކުރެވޭނީ الرَّحْمَـٰنِ އަށް ރަޙުމަތުގެ ސިފައިގެ ގޮތުގައެވެ. އަދި الرَّحِيمِ އަށް ރަޙުމަތްލެއްވުމުގެ ގޮތުގައެވެ.
މި އާޔަތުން ލިބޭ ފައިދާތައް:
-ނުނިމޭ-
- އައްޝައިޚް އަޙްމަދު މިޙްޞަން މުޙައްމަދު
________________________________________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة ގެ ތަފްސީރުގެ ތަރުޖަމާއެވެ.