ދަރިފުޅާއެވެ! ލޯބިވެގެން އުޅުމާއި ކައިވެނިކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ. ކޮންމެ މީހަކުވެސް ކޮންމެ މީހަކު ދެކެވެސް ލޯބިވެގެން އުޅެފާނެއެވެ. އެއީ ކުރަން އެންމެ ފަސޭހަ ކަންތަކެވެ. ލޯބިވެގެން އުޅޭއިރު އުފުލަންޖެހޭނެ ޒިންމާއެއް ނުއޮންނާނެއެވެ. ޚަރަދުކުރާކަށްވެސް ނުޖެހޭނެއެވެ. ބަލިވިޔަސް ބަލާކަށްވެސް ނުޖެހޭނެއެވެ.
ނަމަވެސް ކައިވެނިކުޜާ ހިސާބުން ޒިންމާތައް އުފުލަންޖެހޭނެއެވެ. ކަރަދުވެސް ކުރަންޖެހޭނެއެވެ. ބަލިވެއްޖެނަމަ ބަލަންވެސް ކެޖޭނެއެވެ. ލޯބިވާކަމަށް ބުނަމުން ކައިވެނިކުރުން ލަސްކުރަނީ މިޒިންމާތައް އަދާކުރަން ބޭނުންނުވާ މީހުންނެވެ.
ދަރިފުޅާއެވެ! ކިތަންމެ ތަނަވަސްވެފައި ރީތިނަމަވެސް ލޯބިވެވޭ ކޮންމެ މީހަކު ދަރިފުޅާއި ކައިވެނިކުރާނެ ކަމަށް ޔަޤީންނުކުރާށެވެ! ސަބަބުތައް މިކިޔައިދިނީއެވެ. ތަނަވަސްކަން ހުރިނަމަވެސް ޒިންމާ އުފުލަން ބޭނުންވާ މީހުން ވަރަށް މަދުވެއްޖެއެވެ.
ދަރިފުޅާއެވެ! އެންމެ މުހިންމީ ޢިއްފަތްތެރިކަމެވެ! އެއީ ނަގައިލެވިއްޖެނަމަ އަނބުރާ ހޯދޭނެ ކަމެއް ނޫނެވެ. ފެންނަން ނެތަސް އެއީ ނިތްކުރީގައި ޖެހޭ ލައްގަނޑެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަންޖެހޭއިރު އެލައްގަނޑު ބޮޑުކޮށް ފެންނަން އިންނާނެއެވެ. ދަރިފުޅު ލަދެއް ނުގަންނާނަން ހެއްޔެވެ؟ ދުނިޔެއާއި އާޚިރަތް ލިބިގަނެވޭނީ މަންމަގެ މިނަޞީހަތް ޤަބޫލުކުރިވަރަކުންނެވެ.
މަންމަ ވަރަށް މުސްކުޅިއެވެ. ބަލިވެސްމެއެވެ. މިފަދަ ނަޞީޙަތެއް ދެން ނުވެސްދެވިދާނެއެވެ. ވީމާ މަންމަ ދުނިޔޭގައި ނެތަސް މިނަޞީޙަތުގައި ހިފަހައްޓާށެވެ! އެއިރުން ދަރިފުޅަށް ެދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ
މިއީ މަންމައަކު އޭނާގެ އަންހެންދަރިފުޅަށް ދިން އެންމެ އަގުހުރި ނަޞީޙަތެކެވެ. ނަބީޙަތުގައި ހިފައި ޢަމަލުކުރި ކޮންމެ ދަރިއަކަށްވެސް އެންމެ ބޭނުންތެރި، އެންމެ ފައިދާކުރާނެ ނަޞީޙަތެކެވެ. އެހެންކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.
- މިއަދުނޫސް