ދަތްއުނގުޅާ ބޭހުން ދަތް އުނގުޅިނަމަވެސް ސިވާކު ދަނޑިން ދަތްތައް އުނގުޅައި ސާފުކުރުމުގެ ފައިދާ މިއަދު މިއޮތީ ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދަތްއުނގުޅާ ބޭހުން ދަތް އުނގުޅިނަމަވެސް ސިވާކު ދަނޑިން ދަތްތައް އުނގުޅައި ސާފުކުރުމުގެ ފައިދާ މިއަދު މިއޮތީ ފެންނަން!

ސުންނަތަށް ޢަމަލުކޮށް ދިރުވުމަކީ ވަރަށް ގިނަ ޘަވާބު ދެއްވަވާ ކަމެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޤިޔާމަތްދުވަހު ބައްދަލުވުމަށް އެދޭ މީހާ ކުރަން އޮތް ކަމެކެވެ. އެހެންކަމާއިއެކުގައިވެސް ސުންނަތަށް ޢަމަލުކުރާ މީހުންނަށް ހަޖޫޖަހައި މަލާމާތާއި ފުރައްސާރަކުރާ މީހުން އަބަދުވެސް އުޅެއެވެ.

އެގޮތުން ކޮންމެ ތަނެއްގައި ހުއްޓައިވެސް ނަމާދުވަޤުތުޖެހި ވުޟޫކުރަންޖެހިދާނެތީ ދަތްއުނގުޅައި އަނގަ ސާފުކުރަން ސިވާކު ދަނޑިކޮޅެއް ގެންގުޅޭނަމަ އެމީހަކަށްވެސް އެބަ ފުރައްސާރަކުރެއެވެ. އެކަމުގެ މުހިންމުކަމާއި ފައިދާ ބޮޑުކަމުން ގަލަމެއްގެ ސިފައި ރީތިކޮށް ޖީބަށް ލައިގެން ގެންގުޅޭއިރުވެސްމެއެވެ.  

ކަމުގެ ޙަޤީޤަތަށް ބަލައިލަމާހިނގާށެވެ! ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެއިރުން ތިއަ ފުރައްސާރަކުރެވެނީ އަމިއްލަ ނަފްސުގެ ނުކުޅެދުންތެރިކަމަށްކަން އެނގޭނެއެވެ.   

ޖަރުމަނު ވިލާތުގެ ރޯސުޓޮކް ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދަތްއުނގުޅަން މުސްލިމުން ބޭނުންކުރާ ސިވާކު ދަނޑިކޮޅަކީ އޭގައިވަރަށްގިނަ ފައިދާ އެކުލެވޭ ދަނޑިކޮޅެކެވެ. މިއީ ސަހަރާ ތެރޭގައި ހެދޭ ގަހެއްގެ މުލެކެވެ. މި ދަނޑިކޮޅުން ދަތްސާފުކޮށް އަދި އަނގައިން ވަސްފިލުވާލަން ބޭނުންކުރެވޭ ދަތް އުނގުޅާ ޤުދުރަތީ ބުރުހެކެވެ. މި ބުރުހުގެ މޮޅުކަމަކީ ކިތަންމެ ވަރަށް ދަތްއުނގުޅާފައި ނުދޮވެ ބޭއްވިޔަސް ނުބައިވަސް ނުދުވުމެވެ. 

އާދެ ޔުނިވަރސިޓީގެ ދިރާސާއިން ދެއްކިގޮތުގައި މި ޤުދުރަތީ ބުރުހުގައި ވަރަށް ގިނަ ފައިދާކުރަނިވި މިނެރަލް މާއްދާތައް ހިމެނެއެވެ. އެގޮތުން ކޮލޮރައިޑާއި ސޯޑިއަމާއި ޕޮޓެސިއަމާއި އަދިވެސް މީރުވަސް ދުއްވާ އެހެން މާއްދާތައް ހިމެނެއެވެ. އަދި އޭގެ އިތުރުން މިދަނޑިބުރުހުގައި ހިރުގަނޑު ވަރުގަދަ ކުރާ މާއްދާތަކާއި އަދި ނުބައިވަސް ފިލުވާލުމުގެ ޤާބިލުކަން ލިބިގެންވާ މާއްދާތައްވެސް އެކުލެވިގެންވެއެވެ. އަދި އަނގަތެރެ ސާފުކޮށްދޭ މާއްދާތައްވެސް ހިމެނޭކަމަށް މިދިރާސާއިން ދައްކައެވެ. މާޝާ ﷲ 

މިދަނޑިކޮޅު ބޭނުންކުރުމަކީ ސުންނަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ދަތިނުވާނެނަމަ ކޮންމެ ނަމާދަކާއިއެކު ސިވާކުކުރުމަށް (އެބަހީ: ދަތް އުނގުޅުމަށް) އަމުރުކުރެއްވީމުހެވެ." (މުއްތަފަޤުން ޢަލައިހި)

އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު

ހަވާލާ: ލުއުލުއު ވަލްމަންޘޫރު

 

މިއަދު އޮންލައިން