ބިރެއް ނުގަނޭތަ؟ ނަރައަށް ވައްދަންޖެހޭ އެންމެ ފަހު މީހާ ވެއްދުމުންވެސް ނަރަކަ އެދޭނީ އިތުރު މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ބިރެއް ނުގަނޭތަ؟ ނަރައަށް ވައްދަންޖެހޭ އެންމެ ފަހު މީހާ ވެއްދުމުންވެސް ނަރަކަ އެދޭނީ އިތުރު މީހުންނަށް!

ﷲ ތަޢާލާ ނަހީކުރެއްވެވި ކަންތައްތައް ކުރަން އާދަވެފައިތިބި މީހުން ދަންނާށެވެ! ނަރަކައިގެ ޖާގެ ނުފުރޭނެއެވެ. އެންމެ ފަހު މީހާ ވެއްދެވުމުންވެސް އަދިވެސް އިތުރު މީހަކު ހުރިނަމަ ލެއްވެވުމަށް ނަރަކަ އެދިދަންނަވާނެތެވެ! "ފުދިއްޖެ" ކަމަށް ދަންނަވާނީ ﷲ ތަޢާލާ ނަރަކައިގަ ފައިންޕުޅުން ޖެއްސެވުމުންނެވެ.  

ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ސިފަފުޅުތައް އަހުރެމެންގެ ޚިޔާލަކަށްވެސް ވީމާ އެކަން ހިނގާނެ ގޮތް އަހުރެމެންގެ ޚިޔާލަކަށްވެސް ނުގެނެވޭނެއެވެ. ދެންވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެނގޭ ކަމަކީ އެކަން އެގޮތަށް ހިނގާނެ ކަމެވެ.  

ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބިރުވެތިނުވާ، ފޮރުވިގެންތިބެ އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްޖކުރާ މުނާފިޤުން، ޣައްދާރުން މި ޙަދީޘްފުޅަށް ވިސްނައިލުން ކިތަންމެހައިވެސް މުހިންމުކަންބޮޑެވެ.  

حَدَّثَنَا عَبْدُ اللَّهِ بْنُ أَبِي الأَسْوَدِ، حَدَّثَنَا حَرَمِيٌّ، حَدَّثَنَا شُعْبَةُ، عَنْ قَتَادَةَ، عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ يُلْقَى فِي النَّارِ وَتَقُولُ هَلْ مِنْ مَزِيدٍ‏.‏ حَتَّى يَضَعَ قَدَمَهُ فَتَقُولُ قَطِ قَطِ ‏"‏‏.‏ 

The Prophet (ﷺ) said,

 "The people will be thrown into the (Hell) Fire and it will say: "Are there any more (to come)?' (50.30) till Allah puts His Foot over it and it will say, 'Qati! Qati! (Enough Enough!)'" 

Reference

 : Sahih al-Bukhari 4848

In-book reference

 : Book 65, Hadith 369 

"އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ ވަޙީ ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ." (ޤާފް: 30)

 

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން