ފަށްކުރުމެއް!: ރަސޫލް ޞޢޥ ގެ ހުރިހާ އަނބިއަނބިކަނބަލުން ކޮންމެ ރެއަކު އެއްތަނަކަށް ޖަމާވެވަޑައިގެން ވަގުތު ހޭދަކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ފަށްކުރުމެއް!: ރަސޫލް ޞޢޥ ގެ ހުރިހާ އަނބިއަނބިކަނބަލުން ކޮންމެ ރެއަކު އެއްތަނަކަށް ޖަމާވެވަޑައިގެން ވަގުތު ހޭދަކުރައްވާ!

ރަސޫލް (ޞޢޥ) ގެ ހުރިހާ އަނބިއަނބިކަނބަލުން ކޮންމެ ރެއަކު އެއްތަނަކަށް ޖަމާވެވަޑައިގެން ވަގުތު ހޭދަކުރައްވާ ކަމުގައި ވިއެވެ! 

ނަބިއްޔާ صلى الله عليه وسلم ގެ އެންމެހާ އަނބިއަނބިކަނބަލުން ކޮންމެ ރެއަކުވެސް އެރެއެއްގައި އެކަނބަލެއްގެ އަރިހުގައި އެކަލޭގެފާނު صلى الله عليه وسلم މަޑުކުރައްވަން ހަމަޖެހިފައިވާ އަނބިކަނބަލެއްގެ ގެއަށް ޖަމާވެހައްދަވެއެވެ. އަދި އެއަށްފަހު އެކަލޭގެފާނު صلى الله عليه وسلم އެގެއަށް ވަޑައިގެން އެއެންމެހާ ކަނބަލުންނާ ވާހަކަފުޅުދެއްކެވުމާއި މުނިއަވަސްފިލުމުވުގައި ވަގުތު ހޭދަކުރައްވައެވެ. 

އެކަން ބަޔާންކުރައްވައި އަނަސް رضي الله عنهما ވިދާޅުވިއެވެ:

"… فَكُنَّ يَجْتَمِعْنَ كُلَّ لَيْلَةٍ فِي بَيْتِ الَّتِي يَأْتِيهَا …" (مسلم : 1462). "ފަހެ އެރެއެއްގައި އެކަނބަލެއްގެ އަރިހުގައި އެކަލޭގެފާނު صلى الله عليه وسلم މަޑުކުރައްވަން ހަމަޖެހިފައިވާ އަނބިކަނބަލެއްގެ ގެއަށް (އެހުރިހާ އަނބިކަނބަލުން) ޖަމާވެހައްދަވެއެވެ". 

މަތީގައި ބަޔާންވެދިޔަ ހަދީޘުން ޢިލްމުވެރިން ދަލީލު ނަންގަވާކަންކަމުގެ ތެރޭގައި ފިރީން އެބައިމީހުންގެ އަނބީންނަށް އެކަށީގެންވާ ވަގުތު ދިނުމާއި އެކަނބަލުންގެ ޝަކުވާތަކާއި އުދާސްތައް އަޑުއެހުމަށާއި އެކަންކަމާ މެދުގައި މަޝްވަރާކުރުމަށް ދުވަހުގެ ކޮންމެވެސް ވަގުތެއް ޚާއްޞަކުރުން ހިމެނެވެ. އެހެނީ ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ޒިންމާތަކުގެ ގިނަކަމާއި މަސްއޫލިއްޔަތުތަކުގެ ބޮޑުކަމާއި އަނބިއަނބިކަނބަލުންގެ އަދަދު ގިނަކަމާއެކުވެސް އެއެންމެހާ އަނބިކަނބަލުންނަށް ދޭންޖެހޭ ވަގުތު ދެއްވައި އެކަނބަނލުންގެ ކިބައިން ޚަބަރު އަޑުއެއްސެވުމަށްޓަކައި ރޭގަނޑުގެން ވަގުތު ހުސްކުރައްވައެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންނަށް މިފަދައިން ކަންކަން ކުރުމުގައި ފަރުވާކުޑަވެ އިހުމާލުވެވޭކަމެވެ. އެފަދައިން އެކަނބަލުންނަށް ވަގުތު ދިނުމުގެ ބަދަލުގައި މަސައްކަތަށް ވަގުތު ދެވުމެވެ. ނުވަތަ ރައްޓެހިންނާއި އެކިއެކި ބައްދަލުވުންތަކާއި ސައިހޮޓާތަކާއި ކޮފީބޯން ކެފޭތަކުގައި ވަގުތު ހޭދަކުރުމަށް އިސްކަންދެވޭކަމެވެ. ނުވަތަ ބޭރުގައި ބުރަކޮށް މަސައްކަތްކޮށްފައި ގެއަށް އައިސްފައިވެސް ޓީވީގެ ދޮށުގައި ނުވަތަ އެނޫންވެސް އެހެން ކަމެއްގައި މަޝްޣޫލުވެވޭކަމެވެ. ނުވަތަ ގޭތެރޭގެ އަހުލުވެރިންނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ވެފައިހުރި ވަރުބަލިކަމާއެކު ބޭރުން އައިސް އެނދުމައްޗަށް އަރައި ނިދޭކަމެވެ. 

ނުނިމޭ… 

- ޝައިޚް ޒަމްޒަމް ފާރިޝް

 

މިއަދު އޮންލައިން