އަދި ހަމަ އެހެންމެ ދައްޖާލު ފާޅުވުން، ދައްޖާލު ފާޅުވާނެ ޒަމާން މިއަންނަނީ ވަރަށް ކައިރީގާ ވަނީ ކުއްލިއަކަށް އަޅުގަޑުމެނަށް އަޑުއިވޭނީ މަހްދީ ޢަލައިހިއްސަލާމް ފާޅުވެއްޖެ ކަމަށް މަހްދީ ޢަލައިހިއްސަލާމަށް އީމާންވާ ބަޔަކު އުޅޭނެ ވަރަށްގިނަ މީސްތަކުން މަހްދީ ޢަލައިހިއްސަލާމަށް އީމާންވެގެން (މުޙައްމަދިބުނު ޢަބްދިﷲ) މުޙައްމަދިބުނު ޢަބްދިﷲ ކިޔާ ބޭކަލަކު ފަހުޒަމާނުގާ ފާޅުވާނެ، އެފާޅުވެ އެކަލޭގެފާނު ޤިސްޠަންތީނިއްޔާ ފަތަޙަ ކުރައްވާ ހިނދުގާ ޝައިޠާނާ ގޮވާލާނެ އޭ! ދައްޖާލު ފާޅުވެއްޖޭ، ދައްޖާލު ފާޅުވެއްޖޭ! ކިޔާ ގޮވާލާނެ މީސްތަކުން އެތާނގައި ތިއްބާ ކޮންމެއަކަސް އެހިސާބުން ދައްޖާލު ނިކުންނާނެ ފުރާސާނުން،
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ " يَخْرُجُ الدَّجَّالُ مِنْ يَهُودِيَّةِ أَصْبَهَانَ " އަޞްބަޙާން އެވެކިޔާ އަވަށަކުން ދައްޖާލު ފާޅުވާނެތެވެ. އެދައްޖާލު ގެންގުޅޭނޭ ފެނާއި، އަލިފާނާ، ދައްޖާލު ގެންގުޅޭ ފެނަކީ ޙަޤީޤީ އަލިފާން ދައްޖާލު ގެންގުޅޭ އަލިފާނަކީ ޙަޤީޤީ ފެން. އެދައްޖާލުގެ އަލިފާނަށް ވައްދާ މީހަކަށް އެތަނުން އެއީ މީރުފެންކަމުގެ އިހްސާސް ކުރެވޭނެ އެހެންނަމަވެސް އެދައްޖާލުގެ ފެންބޯން ދޭމީހަކަށް އެއީ ޙަޤީޤީ އަލިފާން ކަމުގެ އިޙްސާސް ކުރެވޭނެ، އެދައްޖާލަށް ތަބަޢަވާ ބަޔަކުއުޅޭ ޔަހޫދީންގެ ތެރެއިން ހަތްދިހަހާސް މީހުން ވަޤުތުން ދައްޖާލަށް އީމާންވާނެ އެމީހުން އެތިބެނީ ދައްޖާލުގެ އިންތިޒާރީގާ.
އާދެ ކޮންމެއަކަސް ދައްޖާލުގެ އިންތިޒާރީގާ އެމީހުން ތިއްބާ ދައްޖާލު ފާޅުވެގެން މިއަންނަނީ ދައްޖާލު އުޑަށް މިއަމުރުކުރަނީ ވާރޭވެހެން އެހިނދުގައި ވާރޭވެސް ވެހޭނެ މިއީ ފިތުނައެއްގެ ގޮތުން ﷲ ސުބްޙާނަހޫވަތަޢާލާ ވެއްސަވާ ވާރެއެއް ހަމަ އެހެންމެ ދައްޖާލު މިއަންގަނީ ބިމަށް ގަސްފަޅާ އެހިނދުގާ ގަސްވެސް ފަޅައިގެން ދާނެ ގަސްފަޅާނެ އުޑުން ވާރޭވެހޭނެ އޭނައަތުގަ އެބައޮތް ފެންގަނޑެއް ހަމައެހެންމެ ނަރަކައެއް ނުވަތަ އަލިފާންގަނޑެއް އެބައޮތް އޭނަގެ އަލިފާން ގަނޑަށް ވައްދާމީހުންނަކީ ޙަޤީޤީ އުފާލިބޭމީހުން އޭނަގެ ފެންބޯންދޭމީހުން ނުވަތަ އޭނަގެ ސުވަރުގެއަށް ވައްދާ މީހުންނަކީ ޝައްކެއްނެތް ގޮތުގާ ޙަޤީޤީ ޢަޛާބުލިބޭ މީހުން
އެހެންވެ އޭނަގެ ބިރުވެރިކަމާއި ނާމާންކަމުން ސަލާމަތް ކޮށްދެއްވުން އެދި ކޮންމެ އުއްމަތެއްގެ ނަބިއްޔަކު ވަނީ އެނަބިއްޔެއްގެ އުންމަތަށް އިންޒާރު ކުރައްވަވާފަ އަޅުގަޑުމެން އައްތަޙިއްޔާތުގެ ފަހުކޮޅުގާ އަޅުގަޑުމެން މިކިޔާ ދުޢާގެ ތެރޭގަވެސް އެކަން ހިމެނިގެންދޭ " اللَّهُمَّ إنِّي أعُوذُ بكَ مِن عَذَابِ القَبْرِ، ومِنْ عَذَابِ جَهَنَّمَ ، ومِنْ شَرِّ فِتْنَةِ المَحْيَا والمَمَاتِ، وشَرِّ فِتْنَةِ المَسِيحِ الدَّجَّالِ " އެދައްޖާލުގެ ނުލަފާކަމުން ސަލާމަތް ކޮށްދެއްވުމަށްއެދި، އޭނާގެ ނިއްކުރީގާ " ކާފިރު" ލިޔެވިގެންވާނެ ބޮޑުކާފަރެއް އެއީ އޭނަމިފާޅުވަނީ ބޮޑު އިމްތިޙާނެއްގެ ގޮތުގަ. ތަމީމުއްދާރީ ބެހިގެން އެކަލޭގެފާނުގެ ޤަބީލާގަ ލަޙްމާ ޖުޒާމާއޭ ކިއުނު ޤަބީލާގެ ބަޔަކުމީހުންނާ އެކީގަ އެކަލޭގެފާނު ކަނޑުދަތުރު ކުރެއްވި އިސްލާމް ވުމުގެ ކުރިން އެކަނޑު ދަތުރުގާ ބެހިގެން ޖަޒީރާއަކަށް ވަޑައިގެންނެވުނީ އެޖަޒީރާއިން ދައްޖާލު އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ ދެންފަހެ ތަމީމުއްދާރީ އިސްލާމްވެވަޑައިގެން ރަސޫލުﷲ ﷺ އަށް އެވާހަކަ ދެންނެވުނު ރަސޫލުﷲ ﷺ އެކަން ތެދުކުރެއްވެވީ އެއީ ދައްޖާލު ކަމުގާ އެކަލޭގެފާނު ﷺ އެންގެވީ،
އާދެ! ދެން އެކަލޭގެ ފާޅުވާނެ ފާޅުވެ މުޅިބިން ފަސާދަކުރާނެ އެހެންނަމަވެސް އޭނައަކަށް މައްކާ މަދީނާއަކަށް ނޭރޭނެ މަދީނާގެ ދޮރުކޮޅުތަކުގާ ތިއްބަވާނެ މަލާއިކަތް ބޭކަލުން ޙިރާފަތުގާ އެތަން ގާޑްކުރެއްވުމަށްޓަކައި ތިއްބަވާނެ އެންމެހާ މަލާއިކަތް ބޭކަލުން އެކަލޭގެއަކަށް ނުކެރޭނެ އެތާ ކައިރިއަށްވެސް ދާކަށް އެހެންނަމަވެސް މަދީނާއާ ކައިރިހިސާބެއްގާ ދުރުހިސާބެއްގާ އޭނަ ހުންނާނެ ހުއްޓާ ކުއްލިއަކަށް މަދީނާ ތިންފަހަރަކު ތެޅިގެންދާނެ "ޘަލާޘަ ރަޖަފާތު" ތިންފަހަރަކަށް މަދީނާ މިގޮތަކަށް ތަޅުވާލެވޭނެ އެހިނދުގާ އެތާގައި ތިބި މުނާފިޤުންނާއި ކާފަރުންނަށް ދަންދެން ބުރައިގެންދާނެތޭ، އެއްކަލަ އެމީހުންތައް ނިކުމެ އެއްކަލަ ދައްޖާލަށް ތަބާވާނެތޭ "وَالْإِعَادبِاللهِ" ސާޅީސް ދުވަސް ވަންދެން އޭނާ ހުންނައިރުގާ އޭނާއަށް އެތައް ބައިވަރުބަޔަކު އީމާންވާނެ!
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން