ކައިވެނިނުކޮށް ހުރެ ލޯބިވެރިޔާ ދޭ އެއްޗެތީގަ ހިފުމަކީ އަންހެންކުއްޖާގެ ބަނޑު ފުފޭކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކައިވެނިނުކޮށް ހުރެ ލޯބިވެރިޔާ ދޭ އެއްޗެތީގަ ހިފުމަކީ އަންހެންކުއްޖާގެ ބަނޑު ފުފޭކަމެއް!

ފުރަތަމަ މިވާހަކަކޮޅަށް ވިސްނައިލާށެވެ!  

"އަހުރެން ތިބާއަށް އެއަގުބޮޑު ހާރުދިނީމާ ލިބުނު ގޮތަކާއިމެދު މަންމަ ސުވާލުކުރި ހެއްޔެވެ؟

"ނުކުރެއެވެ!"

"އެހެންވީމާ މަންމަގެ ގާތުގައި ބުނާށެވެ! އަހުރެން ތިބާ ބަލިވެ ބެއިންދިޔަސް ހަމަ ތިއަގޮތަށް ހަމަހިމޭނުން އިންނާށެވެ!"  

މިވީ ކިހިނެއް ހެއްޔެވެ؟ ގިނަ ބައަކު އެޒުވާނާ ކުށްވެރިކުރާނެއެވެ. އަހުރެންވެސް އެޒުވާނާގެ ބަސް ކުށްވެރިކުރަމެވެ. އެކަމަކު ޤަބޫލުކުރަންޖެހޭ ކަމެއް އެބައޮތެވެ. އެއީ އެޒުވާނާ އެބުނީ މިއަދު އެކަން އޮތްގޮތް ކަމެވެ. ލޯބިވެރިޔާ ދޭހައި އެއްޗެއްގައި ހިފާނަމަ ނުކުންނާނެ ނަތީޖާއަކީ އެއީއެވެ. އަންހެން މީހާގެ ބަނޑު ފުފޭނީއެވެ. ދަރިފުޅަށް ލޯބިވެރިޔާ ދޭ އެއްޗެއްސަށް މަންމަ ސަމާލުވެ ކަންބޮޑުނުވާނަމަ ދަރިއަކު ދިނަސް ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟  

ލޮބުވެތި އުޚުތުންނޭވެ! ކިތަންމެ ބޮޑަށް ލޯބިވިޔަސް ކައިވެނިނުކޮށްހުރެ ލޯބިވެރިޔާ ދޭ އަގުބޮޑު އެއްޗެތީގައި ނުހިފާށެވެ! އެއީ ނަފުސު ވިއްކައިލެވުންކަމަށްވަޏީ ވަރަށް ގިނައިންނެވެ. ލޮބުވެތި މައިންނޭވެ! ދަރިފުޅު ކިތަންމެ ބޮޑަސް އޭނާގެ ކަންކަމަށް ފާރަވެރިވާށެވެ! އޭނާ ގެންގުޅޭ އެއްޗެތި ހޯދާގޮތް އޮޅުންފިލުވައި ދޭންޖެހޭ ނަޞީޙަތް ދޭށެވެ! ކަންކަން ހިނގަމުންދާ ގޮތް ވިސްނައިދޭށެވެ.  ނޫންނަމަ ދެމައިންނަށްވެސް ފަހުން ހިތާމަކުރަންޖެހުން އޮންނާނީ ވަރަށް ގާތުގައެވެ!

 

- ބުއްދިވެރިއަކު ބުނެފައިވާ ނަސްކޮޅެއް / މިއަދުނޫސް

މިއަދު އޮންލައިން