މީސްތަކުންގެ ތެރެއިން އެއްބައަކީ އެކަންކަން ކުރުމަށް
ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރަން ފަސްޖެހޭ މީހުންނެވެ. އަނެއްބައި މީހުންނަކީ ﷲ ތައާލާ އަންގަވާފައިވާ ކަންކަން ކުރަން އަވަސްވެގަންނަ މީހުންނެވެ.
ތިމާ ކައިބޮއި ހަދާތަކެއްޗަކީ ޙަލާލުތަކެތި ކަމުގައި ހަދަން ބުނެވޭ ބަހުގެ މާނައިގައި އެތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދާތަކެތިކަމުގައި ހެދުން ހިމެނެއެވެ. ވީމާ ޙަލާލް ގޮތުގައި ހޯދާ ތަކެތި ނޫން ތަކެތި ކައިބޮއި ހަދާނަމަ އެކަމުގެ އަސަރު ވަރަށް ގިނަ ގޮތްގޮތުން އެމީހަކަށް ކުރާނެއެވެ. އެއިގެ ތެރޭގައި ބަންގީގެ އަޑު އިވުމުން ނަމާދުކުރަން އަވަސްވެގަންނަން ފަސްޖެހުން ހިމެނެއެވެ. އަދި ނަމާދާއި ދެންވެސް ކުރަން ހުރި އަޅުކަން ކުރަން ފަސްޖެހުންވެސް ހިމެނެއެވެ.
ވީމާ މީހަކު ދިން ނަމަވެސް ކިރިޔާވެސް ޝައްކެއްވާނަމަ އެއެއްޗެއް ނުކާށެވެ. އެއްވެސް ވަރަކަށް ބޭނުންނުކުރާށެވެ. އެއީ ޙަލާލުތަކެތިކަން ކަށްވަރުކުރުމަށްފަހުގައި ނޫނީ ނުކާށެވެ. ޙަލާލް ތަކެތިކަމަށް މިބުނަނީ ޙަލާލް ގޮތުގައި ހޯދާފައިވާ ތަކެތި ހިމަނައިގެންނެވެ.
ވިސްނާށެވެ! ޞަޙާބީންނަށް ފަރިއްކޮޅު އެރުވޭއިރު އެތަކެތި ކައްކާފައިވަނީ ޙަލާލުގޮތުގައި ހޯދާފައިވާ ކަންވާރުގައިކަމާއިމެދު ކަންބޮޑުވެވަޑައިގެންނެވިއެވެ. އެހައިވަރަށް އެބޭކަލުން އެކަމަށް ސަމާލުކަން ދެއްވެވިއެވެ. އެއީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
މީސްތަކުންނޭވެ! ބިސްމިﷲ ކިޔާފައި ކެއިނަމަވެސް ޙަލާލްވާނީ ޙަލާލްތަކެއްޗެވެ. ޝައްކުގައިވާ ކަންކަން ހިމެނިގެންވަނީ ޙަރާމް ކަންކަން ކަމުގައި ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ ތިމާއަކީ ފަރުޟު ނަމާދަށް ރައްކައުތެރިވެވޭ މީހަކު ކަމުގައި ވުމަށްޓަކައިވެސް މިކަންކަމަށް ސަމާލުކަންދޭށެވެ.
ޚުލާޞާއަކީ ﷲ ތަޢާލާ ޙަލާލް ކުރައްވަވާފައިވާ ތަކެތިވެސް ޙަލާލްވާނީ ޙަލާލްގޮތުގައި އެތަކެތި ހޯދުމުންނެވެ. ޙަރާމް ގޮތުގައި ފައިށާ ހޯދައި އެފައިސާއަށް ގަންނަ ޙަލާލްތަކެތިވެސް ހިމެނޭނީ ޙަރާމްތަކެތީގެ ތެރެއިންނެވެ.
އަނބިދަރިންނަށް މިބުނެވުނުފަދަ ތަކެތި ކާންނުދޭށެވެ! އެއީ އެމީހުންވެސް އަޅުކަމާއި ދުރުވުމުގެ ބިރު އޮތުމުންނެވެ. މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ.
--މުފްތީ މެންކުގެ ދަރުސަކުން