ދިރިއުޅުމަށް ކަމެއް ކުރަންފަށާނަމަވެސް ހެޔޮލަފާ އަނބިމީހާގެ ޚިޔާލާ މަޝްވަރާހޯދުމުން ކުރާނެ ފައިދާ މާބޮޑުވާކަން އެއީ ތަޖުރިބާއިން ޔަޤީންކުރެވޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިރިއުޅުމަށް ކަމެއް ކުރަންފަށާނަމަވެސް ހެޔޮލަފާ އަނބިމީހާގެ ޚިޔާލާ މަޝްވަރާހޯދުމުން ކުރާނެ ފައިދާ މާބޮޑުވާކަން އެއީ ތަޖުރިބާއިން ޔަޤީންކުރެވޭ ކަމެއް!

ބައެއް ފިރިންނަށް ވިސްނެނީ އެމީހުން ކުރަން އުޅޭ ކަންކަމުގެ ވާހަކަ އަނބިމީހާއަށް ކިޔައިދިނުމަކީ އެހައި މުހިންމު ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތިމާ ކޮންމެ ދުވަހަކު އާދަވެގެންކުރާ ހުރިހާ ކަމެއް ޔައުމިއްޔާއެއްގެ ގޮތަށް އަނބިމީހާއަށް ކިޔައި ނުދިނަސް ކުރަން ޤަޞްދުކުރާ ކަންކަން ކުރުމުގެ ކުރިން އަނބިމިހާއަށް ޙިއްޞާކުރުމުން ކުރާނެ ފައިދާ ބޮޑުވާނެއެވެ.  

ފުރަތަމަ ސަބަބަކީ ހެޔޮލަފާ އަންތބަކުނަމަ އޭނާގެ ހުރިހާ ސަމާލުކަމެއް ހުންނާނީ ދިރިއުޅުމަށެވެ، ފިރިމީހާއަށެވެ. އޭނާ ކޮންމެ ކަމެއްގައި އުޅުނަސް ވިސްނާނީ ދިރިއުޅުމުގެ މަތިންނެވެ. އޭނާ އަބަދުވެސް ހުންނާނީ ދިރިއުޅުމަށް ކުރިއެރުން އިތުރުވުން އެދި ދުޢާކުރުންމަތީގައެވެ.  

ނަތީޖާއެއްގެ ގޮތުން ހެޔޮގޮތްތައް ވިސްނުމަށް ގެނައުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ. އެއީ އޭނާގެ ހެޔޮލަފާކަން ބޮޑުވުމުން ﷲ ތަޢާލާ މިންވަރުކުރައްވަވާ ރަޙްމަތެވެ.  

ދެވަނަ ކަމަކަށް ބަލާއިރު ދަތިޙާލެއްގައި ދިރިއުޅެންޖެހިއްޖެނަމަ އެކަމުގެ ވޭން އެންމެ ބޮޑަށް އުފުލަންޖެހޭނީ އަނބިމީހާށއަށެވެ. މައިންބަފައިންނަށް އެހީތެރިވާނެ އެހެންދަރިންވެސް ތިބޭނެއެވެ. ނަމަވެސް އަނބިމީހާއަށާއި ލިބިފައިވާ ދަރިންނަށް އެހީތެރިވެދޭނެ ބައަކު ނުތިބޭނެއެވެ. ޢާއިލާގެ މީހަކު ނަމަވެސް އެހީތެރިވާނީ ކުޑަމިންވަރަކަށެވެ. މަދު ދުވަސްކޮޅަކުއެވެ.  

ވީމާ ދިރިއުޅުމުގެ ކަންކަމުގައިވެސް އަދި ކުރަން ޤަޞްދުކުރާ ކަންކަމުގައިވެސް ކަންކަން ކުރުމުގެ ކުރިން އަނބިމީހާއާއި މަޗްވަރާކޮށް ޚިޔާލުހޯދާށެވެ. މިހެން މިބުނަނީ އަހުރެންގެ އަމިއްލަ ތަޖުރިބާއަށްވެސް ބަލައިގެންނެވެ. އަނބިމީހާގެ ޚިޔާލު ހޯދައިގެން ކަންކަންކުރުމުން ކުރާ ފައިދާ މާބޮޑުވީމައެވެ. އަދި އަނބިންގެ ޚިޔާލު ހޯދައިގެން ކަންކަންކުރާ ފިރިންގެ ތަޖުރިބާއަށްވެސް ބަލައިގެންނެވެ.  

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

- މިއަދުނޫސް

މިއަދު އޮންލައިން