އަނބިން ގިނަކުރަން ބޭނުންވާނަމަ ހުރި އަނބިމީހާއަށާ ދަރިންނަށް ޚަރަދުކުރާ މީހަކަށްވާންޖެހޭނެ! ޝަރުޠުހަމަވާނީ އެއިރުން!
ގޭގެ އަސާސީ ޚަރަދުތައް ނުކުރެވޭތީ ކޮންމެ މަހަކުވެސް ދަރަނިވެރިވާންޖެހއެވެ. ދަރަނިވެރިވެގެންވެސް އޮންނަނީ ކުރަންޖެހޭ ކަންކަން ނުކުރެވިފައެވެ. މިޙާލުގައިވެސް ދެއަންތބަށް ކައިވެކުރަން ޤަބޫލުނުކުރުމަކީ ފާފައެއްތޯ؟ އެއީ ސުންނަތަށް ދެކޮޅުހެދުން ކަމަށްވާނެތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
އަނބި ދަރީންގެ މައްޗަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށްވާ ވާޖިބެކެވެ. އަނބި ދަރީންގެ މައްޗަށް ޚަރަދު ނުކުރެވޭ މީހާ ޙަޤީޤަތުގައި އެހެން ކައިވެންޏެއް ކުރުމަކަށް ކުފޫ ހަމައެއް ނުވެއެވެ
އެހެންކަމުން، ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާ އިތުރު ކައިވެންޏެއް ނުކުރެވޭ ގޮތަށް ހަދާފައިވާ ޤަވާޢިދަކީ އެއީ އޭގައި މުޅި މުޖުތަމަޢުގެ އެތައް އަންހެނުންނާއި މަޢުޞޫމު އެތައް ކުދީންގެ މަޞްލަޙަތު ހިމެނިފައިވާ ރަނގަޅު ޤަވާޢިދެކެވެ.
ޚަރަދު ކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާއަށް ޙަޤީޤަތުގައި ކައިވެނި ވާޖިބު ނުވެސް ވާނެއެވެ. އެއްކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ނުކުރެވޭ މީހާ އަނެއް ކައިވެނީގެ އަހުލުވެރިންނަށް ޚަރަދު ކުރާނީ ކިހިނެއް ހެއްޔެވެ؟
--ޝައިޚް މުޙައްމަދު ޝާފިޢު