މިފަދަ ފިރިން ތިބޭނަމަ ހެޔޮލަފާ އަނބިންނަށް ބާކީވާކަށް ނުޖެހޭނެ! މި 3 ކަންތަކަށް ސަމާލުވާ ގެއެއްގަ ޝައިޠޯނާއަށް ފިތުނައެއް ނުއުފެއްދޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
މިފަދަ ފިރިން ތިބޭނަމަ ހެޔޮލަފާ އަނބިންނަށް ބާކީވާކަށް ނުޖެހޭނެ! މި 3 ކަންތަކަށް ސަމާލުވާ ގެއެއްގަ ޝައިޠޯނާއަށް ފިތުނައެއް ނުއުފެއްދޭނެ! އިން ޝާ ﷲ

އޭނާ އަވަދިނެތި ގޭތެރޭގެ މަސައްކަތްތަކުގައި އުޅެނިކޮށް މައިދައިތަ އައިސް ސުވާލުތައްކޮށް ޝަކުވާކުރަންފެށީ މައިދައިތަ ކުރަން ހަވާލުކުރި މަސައްކަތްތައް ނުނިންމައިގެންނެވެ. މައިދައިތަގެ ކިބައިން ފެންނަ މިބާވަތުގެ ކަންކަމަށް ކެތްތެރިވަމުން އައި ޅީދަރިފުޅަށް ކެތް ނުކުރެވިގެން ފުރަތަމަ ފަހަރަށް އަނގަ ހުޅުވިއެވެ.  

"މައިދައިތާއެވެ! މައިދައިއެއް ކަމަކު މިހައިތަނަށް މިއުޅުނީ މަންމަގެ މަޤާމުދީގެންނެވެ. ކޮންމެ ދުވަހަކު އެތައް ފަހަރު ކުރިމަތިކުރުވާ ކަންކަމަށް ކެތްތެރިވާން ވަރަށް މަސައްކަތްކޮށްފީމެވެ. އެހެން ހަދަން އުޅެގެން ންފްސާނީ ގޮތުން ބަލިވާންފަށައިފިއެވެ. އަހުރެން ނަފުސާނީ ގޮތުން ބަލިކޮށްލައި އަހުރެންގެ އަތާ ދުލުން ގޯސްކޮށް ކަންކަން ކުރުވާފައި އަހުރެންގެ ކުށްދައިކައިގެން މިގެއަށް އެހެން އަންހެނަކު ވެއްދުމުގެ ވިސްނުން ދެންވެސް ދޫކޮށްލާށެވެ! އެކަމެއް ނުކުރެވޭނެއެވެ. އިތުރަށް ކަންކަން ޙަވާލުކުރިޔަސް ހަމަ އެއްކަމެއްވެސް ނުކުރާނަމެވެ. އެއިރުން ސުވާލުކުރާކަށްވެސް ފުއްޕާކަށްވެސް ނުޖެހޭނެ ނޫންހެއްޔެވެ؟"  

ތަންކޮޅެއް ދުރުގައި ފިރިހެންދަރިފުޅު މަޑުކޮށްލައިގެން ހުރިތަން މަންމައަށް ފެނުމުން ސުވާލުކުރިއެވެ. "ދަރިފުޅުގެ އަނބިމީހާ މަންމައަށް މިވަރުކުރާއިރުވެސް އަނގައިން ނުބުނެ ހުންނަނީހެއްޔެވެ؟" ދަރިފުޅު ޖަވާބުދިނެވެ. "މަންމާއެވެ! އަހުރެންގެ އަނބިމީހާއަށް ހާދަދުވަހަކު ހާދަވަރެއް މަންމަކޮށްފީމު ނޫންހެއްޔެވެ؟ އެކަން ހުއްޓައިނުލިނިމަ މިދުވަސް އަންނާނެ ކަމަށް ނުބުނަން ހެއްޔެވެ؟ ވީމާ މިއަދު ތިއަ މައްސަލައިގެ ތެރެއަށް ވަންނާކަށް ނެތީމެވެ. ދެމަިންނަށް ފެންނަ ގޮތަކަށް ޙައްލުކުރާށެވެ! މިމައްސަލައިގައި އަހުރެންގެ އެއްބާރުލުން އަނބިމީހާއަށް ލިބޭނެއެވެ. އެއީ މަންމަގެ ކިބައިގައި އިންޞާފުގެ ކުޑަމިންވަރެއްވެސް ނެތީމައެވެ. ތިއަ ކަމުގައި އަނބިމީހާގެ އެއްވެސް ކުށެއް ނެތެވެ. މަންމަ ބޭނުންވަރަކަށް ޒުވާބުކުރާށެވެ. އެހެންކަންކަންވެސް ކުރާށެވެ. ގަދަވާ މީހަކު އެނގޭނީވެސް ބެއްދީމައިތާއެވެ!"  

މަންމަ ބުނީ ތިއަ ދަރިފުޅު ވިހެވުނު ކަމަށްޓަކައިވެސް ހިތާމަކުރާކަމަށެވެ. ދަރިފުޅު ބުނީ މަންމައާއި ބައްޕަގެ ދަރިއަކަށްވީތީ ފަޚުރުވެރިވާކަމަށެވެ. މިހުރީ ކުޑައިރުންސުރެ ދިން ތަރުބިއްޔަތުގެ މަތީގައި ކަމަށެވެ. ޢަމަލު މިކުރަނީ ހަމަ ދަސްކޮސްދިން ގޮތަށް ނޫން ހެއްޔެވެ؟ އިންޞާފުން ބޭޜުން ކަންކަން ކުރަން ބޭނުންވީމާ ކަންކަން ތިއަ ބަދަލުކުރަނީ މަންމަ ނޫން ހެއްޔެވެ؟ ލޯބިވާ މަންމާއެވެ! މަންމައަށް ގެނެވޭނެނަމަ ދުނިޔޭގެ އެންމެ ތަނަވަސް، އެންމެ ރީތި އަންހެނާ އަހުރެންގެ ކުރިމައްޗަށް ގެނެޔަސް އަހުރެން ބަލައިވެސްލާނީ އަނބިމީހާއަށް އެކަންޏެވެ. ކައިވެނިކުރީ އެކަމަށް ހުވާކޮށްފައެވެ. ދެމިހުންނާނީ އެހުވާމަތީގައެވެ."  

މަންމަ އަނަގައިވެސް ނުބުނެ ގޮސްވަނީ ކޮޓަރިއަށެވެ. އެރޭ 3 މައިން އެކުގައި ކާންތިބެގެން މަންމަ ޅީދަރިފުޅުގެ ކިބައިން މާފަށް އެދުނެވެ. ޅީދަރިފުޅު މާފުވެސް ކުރިއެވެ. އެހިސާބުން ގޭގައި އޮތީ އުފާވެރިކަމެވެ. 

މިޙާދިސާއަކީ ވަރަށް ގިނަ ފިލާވަޅުތައް ލިބޭ ޙާދިސާއެކެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި ގުޅުން ބަދަހިކޮށް ބޭއްވުމެވެ. މަންމަކަމަށްވީތީ ރުއްސަން އަނބިމީހާ ކުށްވެރިކުރުމެއް ނެތްކަމެވެ. ހަމައެއާއިއެކު ކުސްލކުރެވުމުން ޢާއިލީ ަދރަޖައަށް ނުބަލައި މަންމަ ނަމަވެސް މާފަށް އެދެންޖެހޭނެ ކަމެވެ. މިކަންކަން ފުރިހަމަކުޜާ ގެއަކަށް ވަދެ ފިތުނަ އުފެއްދުމަކީ ޝައިޠޯނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން