ކިތަންމެ ރީތި ކުދިން ފަހަތުން ހިނގިޔަސް، އާދޭސްކުރިޔަސް ﷲ އަށް ބިރުވެތިވުމަކީ ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ކިތަންމެ ރީތި ކުދިން ފަހަތުން ހިނގިޔަސް، އާދޭސްކުރިޔަސް ﷲ އަށް ބިރުވެތިވުމަކީ ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާ ކަމެއް!

މިއީ ހަނދުމަކޮށްދިނުމެކެވެ. ކުރީ ޒަމާނުގައި މާބުރު ކިޔައި އުޅެނީ އެތައް ބައެއްގެ ފަހަތުން ދުވާ ފިރިހެނުންނަށެވެ. ނަމަވެސް އެކަން ބަދަލުވެއްޖެއެވެ. ފިރިހެނުންގެ ފަހަތުން ދުވާ މާބުރުތައްވެސް ގިނަވެއްޖެއެވެ. ވީމާ މިކަމަށް ސަމާލުކަން އިތުރުކުރަން އެބަޖެހެއެވެ.  

މިރޭވެސް މިފަށަނީ ބައެއް ޒުވާނުން ވަރަށް ގިނައިން ކުރާ ސުވާލަކުންނެވެ. އެސުވާލަކީ  

"ނުހަނު ޝައުޤުވެރިވެވޭ އަންހެންކުދިންފެންނައިރު އަދި ބައެއް ޙާލަތްތަކުގައި އެކުދިން އަމިއްލައަށް އައިސް އޮފަރތައް ހުށަހަޅާއިރު ކެތްތެރިވުމަކީ ކޮންގަތަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟"  

އެޒުވާނުން އެބުނަނީ ރަނގަޅުވާހަކައެކެވެ. މިއަދުގެ ޙާލަތެވެ. ވިސްނާލަންވީ ކޮންމެ މުޖުތަމައުއެއްގައިވެސް ހުރިހާ ބާވަތެއްގެ މީހުންވެސް އުޅޭނެކަމެވެ. ޙައްލަކީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.  

މިމޭރުމުން ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން މިރޭގެ ދަރުސްވެސް މިފަށަނީ ކުރުކުރު ޢިބްރަތްތެރި ވާހަކައަކުންނެވެ.

ޒުވާނަކު ބެންކޮކަށް ކުރި ދަތުރެއްގައި އެ ޤައުމުގެ އާދައިގެމަތިން ރޭގަނޑު ދަންވަރު ކޮޓަރީ ދޮރުގައި ޓަކި ޖެހުމުން ދޮރުހުޅުވުމުން ރީތި ޒުވާން އަންހެން ކުދިންތަކެއް އޭނާގެ ކޮޓަރިއަށް ވަދެ އެކި ގޮތްގޮތުން ހުށަހެޅުންތައް ހުށަހެޅިއެވެ.  

ޒުވާނާ ބުނީ އެކުދިން ތިބި ގޮތުންނާއި ދެއްކި ވާހަކަތަކުން ވަރަށް ގިނަ އުނދަގޫތައް ލިބުނު ކަމަށެވެ. ހަށިގަނޑުގެ ގުނަވަންތައް އެކުދިންނަށް އެދި ރޮއި އާދޭސްކުރި ކަމަށެވެ. ނަމަވެސް އެކަން ކޮށްފިނަމަ މަރުވުމުން ޤިޔާމަތާއި ހަމައަށް އޮންނަން ޖެހޭނީ އަލިފާނުގެ ދުމަށްޓެއްގައި އަނދައި އަނދައި ކަމާއި ޤިޔާމަތްވުމުން ނަރަކައިގައި އޮންނަން ޖެހޭނީ މެއާއި ގުނަވަނުގައި ޗޭނު ޖެހި، އެލުވިގެން ނަރަކައިގެ ހޫނު ގަދަ އަލިފާނުން  އަނދައަނދައިކަން ހިތަށްވަނުމުން ގަތް ބިރު ބޮޑުކަމުން ގައިން ހީބިހި ނެގި ކަމަށެވެ.  

ޒުވާނާ ބުނީ އެހެންކަމުން އެކުދިންގެ އެއްވެސް ހުށަހެޅުމެއް ޤަބޫލު ނުކުރުމުން ކޮޓަރީގެ ތަޅުންގަނޑުމަތިން ނަމަވެސް ހަމައެކަނި ހެނދުނު ވަންދެން ނިދައިލާނެ ތަންކޮޅަކަށް އެދުނު ކަމަށާއި ނަމަވެސް އެކަން ވެސް ޤަބޫލުނުކޮށް އެންމެފަހުން  އެކުދިން ނިދާނެ ކޮޓަރިއެއް ކުއްޔަށް ހިފައިދިނީ ކަމަށެވެ.  

އެކަމުގެ ނަތީޖާ އޭނާއަށް ފެނުނު ގޮތް އެނގޭ ހެއްޔެވެ؟ ޒުވާނާ އެދަތުރު ބެންކޮކަށް ދިއައީ ކުންފުންޏެއްގެ މާކެޓިންގ އެގެޒެކަޓިވެއްގެ ގޮތުގައެވެ. އެނބުރި އައިތާ މަހެއްހައި ދުވަހުގެ ތެރޭގައި 3 ހަރުފަތް ގިރާކުރެވި މާރކެޓިންގ ޑިރެކްޓަރެއްގެ މަޤާމަށް ދެވުނެވެ. ނިކަން ވިސްނައިލަބަލާށެވެ! މިހިރީ ހަމަ މިޒަމާނުގައިވެސް ފެންނަމުންދާ ކަންތައްތަކެވެ. ހިނގަމުންދާ ކަންތައްތަކެވެ.  

އާނއެކެވެ! އެޒުވާނާއަށް އެހައިމަތީ ކުރިއެރުމެއް އެލިބުނީ މިވެނި ސަބަބަކާއިހުރެ ކަމަކަށް ނުބުނެވޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހުރެމެންނަށް އޮތީ ވިސްނައި ފިކުރުކުރުމެވެ.

ޔަޤީންވާ ކަމަކީ ފާފަނުކުރަން މަސައްކަތްކޮށް ކެތްތެރިވާ އަޅުންނަށް ﷲ ތަޢާލާ ހެޔޮގޮތްތައް މިންވަރުކުރައްވަވާ ކަމެވެ. އެކަން އަބަދުވެސް އަންނަނީ ފެންނަމުންނެވެ. އަހުރެންގެ އާދޭހަކީ އެޒުވާނާ ފަދައިން ކެތްތެރި އަޅަކަށްވުމަށް ގަދައަޅައި ަމސައްކަތްކުރުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

- ޢިބްރަތްތެރި ވާހަކަ

 

މިއަދު އޮންލައިން