ޢާއިޝަތު ރަފާޙް ޢަލީ
ޞަދަޤާތަކީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫނެވެ. ޞަދަޤާތަކީ ހަމައެކަނި މީހަކަށް ފައިސާގެ އެހީތެރިކަން ދިނުމެއް ނޫނެވެ. ޞަދަޤާތަކީ ވަގުތު ދިނުމާއި ހަކަތަ ދިނުން ވެސް މެއެވެ. ޞަދަޤާތަކީ މީހަކަށް ދަތުރުފަތުރުގައި އެހީތެރިވުމެވެ. ޞަދަޤާތަކީ މީހަކަށް އޭނާގެ ކަމެއްގައި އެހީތެރިކަމެއް ބޭނުންވެއްޖެ ޙަލަތެއްގައި އެހީތެރިވެދިނުމެވެ.
މިސާލަކަށް، ތިބާ މީހަކަށް ފައިސާ ދިނީއެވެ. އަދި "މަންނު" ގެ މާނައަކީ ތިބާ އެކަން އޭނާއާއި ދިމާއަށް އެވާހަކަ ކިޔުމެވެ. އަހަރެން ތިބާއަށް ފައިސާ ދިނީމެވެ. އެހެންވީމާ، ތިބާ އަހަރެންނަށް ދަރަނިވެރިވީއެވެ. "އަޛާ" އަކީ ފުރައްސާރައިގެ ބަހެއް ކަމުގައިވެއެވެ.
މިސާލަކަށް ތިބާ މަޖިލީހެއްގައި އިންދާ މީހަކު ގަންނަން ބޭނުންވާ އެއްޗެއްގެ ވާހަކަ ދައްކައިފިއެވެ. ތިބާ ބުނެފާނެއެވެ، "އާނ، ތިބާއަކަށް އެ އެއްޗެއް ނުގަނެވޭނެއެވެ. އަހަރެމެންނަށް އެނގެއެވެ." މިފަދައެވެ. އަހަރެން ތިބާއަށް ދަރަންޏެއް ދިނީމެވެ. ތިބާއަކަށް އެ އެއްޗެއް ނުގަނެވޭނެއެވެ. މިއީ އަޛާއެކެވެ. ތިބާ މީހަކަށް ދޭ ކޮންމެ އުނދަގުލަކީ އަޛާއެކެވެ. އަދި ﷲ ވަޙީކުރައްވައެވެ، ތިބާ މިފަދަ ކަމެއް ކޮށްފިނަމަ، ތިބާގެ ޞަދަޤާތް ބާޠިލުވާނެއެވެ.
އަދި މީހުން، ޞަދަޤާތެއް ދިނުމަށްފަހު އެ ޞަދަޤާތްތަކާ ގުޅިގެން މީސްތަކުންނަށް ހަނދާންކޮށްދިނުމެއް ނުވަތަ އުނދަގޫކުރުމެއް ނުކުރާނަމަ، އެއީ އެމީހުންގެ ދަރުމަ ﷲ ގެ ޙަޟްރަތުގައި ލިބިގެންވާ މީހުންނެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 263 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَآ أَذًى وَٱللَّهُ غَنِىٌّ حَلِيمٌ ﴿٢٦٣﴾
މާނައީ: "އެ صدقات އަކާ ގުޅިގެން އުނދަގުލެއްދޭ صدقات އަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި عفو ކުރުން، ހެޔޮކަން މާބޮޑެވެ. اللَّه އީ، ފުދިވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެއެވެ. (263)"
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން