ޢާއިލީ ތަރިކައެއްގެ މައްސަލައެއްގަ އަންހެނަކާ އޭނާގެ ދަރިފުޅު މަރާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ޢާއިލީ ތަރިކައެއްގެ މައްސަލައެއްގަ އަންހެނަކާ އޭނާގެ ދަރިފުޅު މަރާލައިފި

ޢާއިލީ ތަރިކައެއްގެ މައްސަލައެއްގައި އަންހެނަކާއި އޭނާގެ ދަރިފުޅު މަރާލައިފިއެވެ. 

ހައިދަރު އާބާދުގެ ފުލުހުން ބުނީ އުމުރުން 45 އަހަރުގެ މަންމަ އާއި 22 އަހަރުގެ ފިރިހެން ދަރިފުޅުގެ ހަށިގަނޑު ފެނުނީ ދެމައިން ދިރިއުޅޭ ގޭގެ ތަޅުގަނޑުމަތީގައި އޮއްވައި ކަމަށާއި ފެނުނުއިރުވެސް ބޮލަށް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން ލޭ ފައިބަމުން ދިއަ ކަމަށެވެ. 

ފުލުހުން ބުނެފައިވަނީ ދެމައިން މަރާލީ ޢާއިލާގެ ބައަކު ކަމަށް ޤަބޫލުކުރާ ކަމަށާއި މަރާލީ ދެބަސްވުން އުފެދިފައިވާ ޢާއިލީ ތަރިކައެއްގެ މައްސަލައިގައި ކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި ދެމައިންގެ ހަށިގަނޑުގެ ޕޯސްޓްމޯޓޮމް ރިޕޯޓް ލިބުމުން ތަޙްޤީޤަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.

މިއަދު އޮންލައިން