ސުއިޒާ
މި ހިއްސާ ކޮށްލަނީ ހުޅުހުޅުގެ ރިހުން ފިލުވާލަދޭ އަދި ކާރޓިލެޖް މަރާމާތު ކޮށްދޭ 4 ކާނާއާ ކަސްރަތެކެވެ.
1- ރީނދޫ އަސޭމިރުހާއި އެކު
2/1 ސައި ސަމުސާ ރީނދޫ އަދި އިނގިލި ކުރިން ހިފާލެވޭ ވަރުގެ އަސޭމިރުސް ކޮޅެއް ތާފަނާ ކިރުތަށީގެ ތެރެއަށް އަޅާލާށެވެ.
އަސޭމިރުހުގެ ސަބަބުން ރީނދުލުގެ ކާރކިޔުމިން، މި މާއްދާގެ މަސައްކަތް އިތުރުކޮށްދެއެވެ. އައިބީޕްރޮފައިން އެކޭ އެއްމިންވަރަށް ބަނޑަށް ގެއްލުމެއް ނުލިބި ތަދު ކަނޑުވާލަދެއެވެ.
2- ބޯން ބްރޮތް:
ދުވާލަކު އެއް ތަށި ބޯލާށެވެ. ކޮލޮޖެން އަދި ގުލްކޯޒަމައިން އަކީ ކާރޓިލެޖް މަރާމާތު ކުރުމަށްޓަކައި ހަށިގަނޑު ބޭނުންކުރާ ބާވަތެވެ. އަދި ހުޅުހުޅުގެ ރިހުން 37 ޕަސެންޓަށް 12 ހަފްތާތެރޭގައި ދަށް ކޮށްދެއެވެ.
3- އިނގުރު ޓީ
ހަކުރު ނާޅާ 2 ޖޯޑު އިނގުރު ސައި ބޯލާށެވެ. އެން.އެސް އެއިޑްސް އިން ބްލޮކް ކޮށްލަދޭ އިންފްލެމެޓޮރީ ޕާތްވޭ އިނގުރު ސައިންވެސް ބްލޮކް ކޮށްލަދެއެވެ. އޮސްޓިއޯތްރައިޓިސް ރިހުން 40 ޕަސެންޓް ދަށް ކޮށްދެއެވެ.
4- ލޮނުމިދާއި ފިޔާ
މިއީ ސަލްފާ އިން މުއްސަނދި ބާވަތްތަކެވެ. ސަލްފާ އަކީ ހަށިގަނޑުގެ ކަނެކްޓިވް ޓިޝޫތައް މަރާމާތު ކޮށްލުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ އެއް މާއްދާއެވެ. 50 އަހަރުން މަތީގެ ގިނަ މީހުންގެ މި މާއްދާ ހުންނަނީ ދަށްވެފައެވެ.
5- 2 މިނެޓްގެ ހެނދުނުގެ ހުޅުހުޅުގެ ކަސްރަތު
މިއީ ސިނޯވިއަލް ފްލޫޑް ހުޅުހުޅަށް ފޯރުކޮށްލަދޭ ހާއްސަ ހަރަކާތްތަކެކެވެ. ހެނދުނު ހެނދުނާ ހަށިގަނޑުގައި ހުންނަ ރިހުމާއި ހަރުކަށިކަން 44 ޕަސެޖްޓަށް ދަށްކޮށްދެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު