ދިރާގުން ފޯރުކޮށްދެމުންދާ ހައިސްޕީޑް ފައިބަރ އިންޓަރނެޓް ޚިދުމަތް ރާއްޖޭގެ އިތުރު ދެ ރަށަކަށް ތައާރަފް ކޮށްފިއެވެ.
އެގޮތުން އިއްޔެ މިޚިދުމަތް ތަޢާރަފް ކޮށްފައިވަނީ ތ. ގުރައިދޫ އަށާއި ށ. މިލަންދޫ އަށެވެ.
ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރު ކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި، 2016 ވަނަ އަހަރުން ފެށިގެން "ފައިބަރ ޓު ދަ ހޯމް" ގެ ޚިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 41 ރަށަކަށް މިހާރު ވަނީ ފޯރުކޮށްދީފައެވެ.
ފައިބަރ ބްރޯޑްބޭންޑަކީ، ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ 1 ޓީބީ ގެ ޕެކޭޖަކާއެކު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ބްރޯޑްބޭންޑެވެ.
މިޚިދުމަތް މިހާރު ގުރައިދޫ އާއި މިލަންދޫގެ ގޭބިސީތަކާއި އާންމު ވިޔަފާރި ކުރާ ތަންތަނަށް ލިބެމުންދާނެ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.