ދިރާގުން ހައިސްޕީޑް ފައިބަރ އިންޓަރނެޓް ޚިދުމަތް ތިމަރަފުށްޓަށް ތަޢާރަފް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 17ސ
ދިރާގުން ހައިސްޕީޑް ފައިބަރ އިންޓަރނެޓް ޚިދުމަތް ތިމަރަފުށްޓަށް ތަޢާރަފް ކޮށްފި

ދިރާގުން ފޯރުކޮށްދެމުންދާ ހައިސްޕީޑް ފައިބަރ އިންޓަރނެޓް ޚިދުމަތް ތ. ތިމަރަފުށްޓަށް މިއަދު ތަޢާރަފް ކޮށްފިއެވެ.

 

ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރު ކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި، 2016 ވަނަ އަހަރުން ފެށިގެން "ފައިބަރ ޓު ދަ ހޯމް" ގެ ޚިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 46 ރަށަކަށް މިހާރު ވަނީ ފޯރުކޮށްދީފައެވެ. އަދި މިމުއްދަތުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 70% އަށް މިހާރު މިހިދުމަތް ދިރާގުން ފޯރު ކޮށްދީފައިވެއެވެ.

 

ފައިބަރ ބްރޯޑްބޭންޑަކީ، ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.

 

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ 1 ޓީބީ ގެ ޕެކޭޖަކާއެކު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ބްރޯޑްބޭންޑެވެ.

 

މިޚިދުމަތް މިހާރު ތިމަރަފުށީގެ ގޭބިސީތަކާއި އާންމު ވިޔަފާރި ކުރާ ތަންތަނަށް ލިބެމުންދާނެ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ.

 

ދިރާގުން ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.

މިއަދު އޮންލައިން