ދުޢާކުރުމުގަ އެންމެ ފައިދާހުރި ގޮތަކީ ދުޢާކޮށް ނިންމާލަމުން ތިމާކުރި ދުޢާ ﷲ ޤަބޫލުފުޅުކޮށްދެއްވެވުން އެދިގެންވެސް ދުޢާކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ދުޢާކުރުމުގަ އެންމެ ފައިދާހުރި ގޮތަކީ ދުޢާކޮށް ނިންމާލަމުން ތިމާކުރި ދުޢާ ﷲ ޤަބޫލުފުޅުކޮށްދެއްވެވުން އެދިގެންވެސް ދުޢާކުރުން!

މުސްލިމުންނަކީ އަބަދުވެސް ގިނަގިނައިން ދުޢާކުރަންޖެހޭ ބައެކެވެ. ވީމާ ގިނަގިނައިން ދުޢާކުރާށެވެ! ކުރާ ކޮންމެ ދުޢާއެއް ޢިޖާބަ ކުރެއްވެވުން އެދިވެސް ދުޢާކުރާށެވެ! ދުޢާކުރާއިރު ތިމާގެ ހުރި ނިކަމެތިކަން ޤަބޫލުކޮށް އެކަން ބަޔާންކޮށް ދަންނަވައިވެސް ދުޢާކުރާށެވެ!  

މިސާލަކަށް: 

"ޔާ ﷲ! އެންމެހައި މަތިވެރިކަމެއްވަނީ އިނބަ ﷲ ގެ ޙަޟްރަތަށެވެ. އިނބަ ﷲ ގެ މަގުގައި ސާބިތުވެ ވީހައި ގިނަ އަޅުކަން ކުރުމުގެ ތައުފީޤް މިންވަރުކޮށްދެއްވަވާނދޭވެ! އަދި އަޅަމެން ކުރާ އަޅުކަން ޤަބޫލުފުޅުކޮށް ދެއްވަވާނދޭވެ! ޔާ ﷲ! އަޅަމެންނާއި އިނބަ ﷲ އާއި ކުއްތަންވެވުން އިތުރުކޮށް ދެއްވަވާނދޭވެ! އާމީން. އަޅަމެން (ނުވަތަ މިއަޅާ) ކުރާ ދުޢާ ޢިޖާބަކޮށްދެއްވަވާނދޭވެ! އާމީން!"  

ކޮންމެ ދުވަހެއް ނިމިގެންދާއިރުވެސް އަޅުކަންކުރުމުގައި އެދުވަހަކު ޙާޞިލުކުރެވެން އޮތް އެންމެ ބޮޑު މިންވަރެއް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އިޚްލާޞްތެރި އަޅުންނަށް ވަނީ އުފާވެރިކަމުގެ ޚަބަރުކަން ކީރިތި ޤުރްއާނުން އެނގެން އޮތްކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ!

 

- މުފްތީ މެންކުނެ ނަޞޭޙަތުގެ ބަސްކޮޅެއް

 

މިއަދު އޮންލައިން