ސުވަރުގޭގެ 8 ދޮރުކޮޅުންކުރެ ތިބާ ބޭނުންވާ ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު ދެއްވަވާނެ ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސުވަރުގޭގެ 8 ދޮރުކޮޅުންކުރެ ތިބާ ބޭނުންވާ ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތު ދެއްވަވާނެ ދުޢާ!

އަހުރެމެން ދުވާލަކު އެތައް ފަހަރަކު ވުޟޫކުރަމުއެވެ. ވުޟޫ ދުޢާވެސް ކިޔަމުއެވެ. އެކަމަކު ކިޔަނީ އެކަމުން ލިބެން އޮތް ބޮޑު ފައިދާ އެނގިހުރެގެންހެއްޔެވެ؟ އެމަތިވެރި ނިޢުމަތް ހިތްމައްޗަށް ގެންނަމުހެއްޔެވެ؟ ކުރާ ދުޢާގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ހިތްމައްޗަށް އެކަމެއް ގެނެސްގެން ކުރުމުންނެވެ.  

އުމަރު ބުނި ޙައްޠާބް ރަޟިއަﷲ ތަޢާލާ އަންހުގެ އަރިއަހުން ރިވާވެގެންވެއެވެ.

ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވެވިއެވެ. 

"ތިއަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ފުރިހަމައަށް ވުޟޫއެއް ކުރުމަށްފަހުގައި، ދެން އެއަށްށްފަހު އޭނާ ވުޟޫކޮށް ނިންމާފައި  

"أَشْهَدُ أَنْ لَا إِلَهَ إلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ". 

ވުޟޫ ދުޢާގައި މިމިންވަރަށް ކިޔާކަމުގައި ވީނަމަވެސް އޭގެ ދަރަޖައެއްގެ ގޮތުން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވަނީ "ވުޟޫކޮށް ނިމިގެން މިދެންނެވި ދުޢާ ކިޔައިފިކަމަށްވަނީނަމަ އެމީހަކަށްޓަކައި ﷲ ސުބްހާނަހޫ ވަތަޢާލާ ސުވަރުގޭގެ  8 ދޮރުކޮޅު ހުޅުވާދެއްވާނެ ކަމަށް! އެދޮރުކޮޅުން ކުރެން ކޮންމެ ދޮރުކޮޅަކުން އެމީހަކު ސުވަރުގެ ވަނުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކަށް ފުރުސަތު ދެއްވާނެ ކަމަށް!"  


- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފއިވާ ޚާއްޞަ ދަރުސަކުން 

ކިތަންމެ އަވަދިނެތި އުޅެމުންވެސް ޥުޟޫކޮށްފިނަމަ މިދުޢާ ނުކޮށް ދޫކޮށްނުލާށެވެ. ދެއްވަވަން އޮތް ރަޙްމަތް ހާދަހައިވާ ބޮޑެވެ.

މިއަދު އޮންލައިން