ހިތާމަތަކާއި ކުއްލިއަކަށް އަންނަ ދެރަކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ދުޢާއެއް: ޝައިޚް ޢަބްދުﷲ މިފްޒާލް

ކިޔުމަށް ހޭދަވާނީ 1މ 17ސ
ހިތާމަތަކާއި ކުއްލިއަކަށް އަންނަ ދެރަކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ދުޢާއެއް: ޝައިޚް ޢަބްދުﷲ މިފްޒާލް

ޢާއިޝަތު ރަފާޙް ޢަލީ

 

ތިބާގެ ޙަޔާތުގައި ކުއްލިއަކަށް އަންނަ ނޭދެވޭ ހިތާމަތަކާއި ކުއްލިއަކަށް އަންނަ ދެރަކަންތައްތަކުން ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ.  

ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެކަންކަމުން ރައްކާތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

އެކަލޭގެފާނު ދުޢާ ކުރައްވާފައިވަނީ: 

اللهمَّ إنَّي أعوذُ بك من زوالِ نعمَتِك ، و تَحَوُّلِ عافيَتِك ، و فجْأةِ نقمتِك ، و جميعِ سَخَطِك

އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާއަށް ދެއްވި ނިޢްމަތަކުން މިއަޅާ މަޙްރޫމް ނުކުރައްވާނދޭވެ. އަދި ކުއްލިއަކަށް އަންނަ ހިތާމަތަކާއި މުޞީބާތްތަކުން މިއަޅާއަށް ރައްކާތެރިކަން ދެއްވާނދޭވެ. އަދި ލިބިފައިވާ ފުރިހަމަ ޞިއްޙަތު، ކުއްލިއަކަށް ބަލިމަޑުކަމަށް ބަދަލުވުމުން ރައްކާތެރިކަން ދެއްވާނދޭވެ.

މިފަދަ މާތް މަތިވެރި ދުޢާތައް މީ އަޅުގަނޑުމެންގެ ޙަޔާތުގައި ކުރުން ވަރަށް މުހިއްމު ދުޢާތަކެކެވެ. މިފަދަ ދުޢާތައް އަޅުގަނޑުމެން ކުރަންވީ، އެއިރުން ان شاء الله ހިތާމަތަކުން ރައްކާތެރިކަން ލިބޭނެއެވެ.

 

- ޝައިޚް ޢަބްދުﷲ މިފްޒާލް  

- މިއަދުނޫސް

މިއަދު އޮންލައިން