އެމްޕީ ކަޕްގެ ފަހު މުބާރާތް އަންނަ މަހު، މި އަހަރުގެ މުބާރާތް ބާއްވަނީ ވަންދޫގަ..

ކިޔުމަށް ހޭދަވާނީ 1މ 13ސ
އެމްޕީ ކަޕްގެ ފަހު މުބާރާތް އަންނަ މަހު، މި އަހަރުގެ މުބާރާތް ބާއްވަނީ ވަންދޫގަ..

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ  ރިޔާޒު ކިނބިދޫ ދާއިރާގެ ރަށްތަކަށް ބާއްވަމުން އަންނަ އެމްޕީ ކަޕްގެ ފަހު މުބާރާތް އަންނަ މަހު ފެށުމަށް ނިންމާ، މި އަހަރުގެ މުބާރާތް ބާއްވަނީ ތ. ވަންދޫގައި ކަމަސް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

 

އެފަރާތުން ބުނީ 'އެމްޕީ ކަޕް 2018' ފަށާނީ ޑިސެމްބަރ މަހު 2 ވަނަ ދުވަހު ކަމަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރ 13ގައި ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގައިވެސް އެދާއިރާގެ 5 ރަށް ކަމަށްވާ އޮމަދޫ، ހިރިލަންދޫ، ކިނބިދޫ، ކަނޑުދޫ އަދި ވަންދޫ ވަނީ ބައިވެރިވެފައެވެ.

 

މިއަހަރުގެ މި މުބާރާތަކީ ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ޢަބްދުﷲ ރިޔާޒު ކުރިމަތިލެއްވި އިރު ވެވަޑައިގެންފައިވާ ވަޢުދުގެ ތެރޭގައި ހިމެނިގެން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގެ ފަހު މުބާރާތެވެ. އަދި އެންމެ ފަހު މުބާރާތެވެ.

 

ކޮންމެ އަހަރަކުވެސް އެދާއިރާގެ ރަށެއްގައި މުބާރާތް ބާއްވަމުން އައިސްފައިވާ އިރު، ފަހު މުބާރާތް އޮންނާނީ ވަންދޫގައެވެ.

 

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރ-އަޕް ޓީމަށް 10،000 ރުފިޔާ ލިބޭ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް މުބާރާތަށް ތައްޔާރުވުމުގެގޮތުން 5،000 ރުފިޔާ އަންނަނީ ދެމުންނެވެ.

 

ނިމިދިޔަ އަހަރުގެ ޗެމްޕިއަންކަން ކިނބިދޫ ހޯދި އިރު، ރަނަރ-އަޕް އަކީ ހިރިލަންދޫއެވެ.

މިއަދު އޮންލައިން