ކުރާ ދުޢާތަކުގެ ތެރެއިން ދުނިޔޭގަ ހުއްޓާ ހިންމަވައި ނުދެއްވެވި ކަންކަން ވެގެންދާނީ އާޚިރަތް ދުވަހު އެމީހަކަށް ލިބޭނެ އެންމެ ބޮޑު އުފަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކުރާ ދުޢާތަކުގެ ތެރެއިން ދުނިޔޭގަ ހުއްޓާ
ހިންމަވައި ނުދެއްވެވި ކަންކަން ވެގެންދާނީ އާޚިރަތް ދުވަހު އެމީހަކަށް ލިބޭނެ
އެންމެ ބޮޑު އުފަލަށް!


މީހުންގެ ގާތުން ކަމަކަށް އެދުމުން އެކަންމަތިން ހަނދާން ނެތުން އެއީ އިންސާނުންނަށް މެދުވެރިވާ ކަމެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން މުޅިން ތަފާތެވެ. ޝަރުޠު ހަމަކޮށް ކޮންމެ މީހަކު ދުޢާއެއް ކުރިނަމަވެސް ﷲ ތައާލާ ޢިޖާބަކުރައްވަވަތެވެ. ﷲ ތަޢާލާގެ ދަފްތަރުން އެކަން ފުހެވިގެނެއް ނުދާނެއެވެ. މާނައަކީ ހަނދުމަފުޅުނެތުމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް އޮތްކަމެއް ނޫނެވެ. އެކަން ޔަޤީންވަނީ ކޮންމެ މީހަކު ކުރާނެ ދުޢާތަކާއި ދުޢާކުރާނެ ވަޤުތުވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ކުރިންސުރެ ލިޔުއްވިގެންވާތީއެވެ.

އެއްވެސް މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާއެއް ނުވަތަ ދުޢާތަކެއް އެމީހަކު އެދޭ ގޮތަށް މިދުނިޔޭގައި ހުއްޓާ ހިންމަވައި ނުދެއްވަވައިގެން މާޔޫސް ނުވާށެވެ! އާޚިރަތަށް ފަސްކޮށްދެއްވެވުން އެއީވެސް މިންވަރުކޮށްދެއްވެވި ރަޙްމަތެއް ކަމުގައި ނޫނީ ޤަބޫލުނުކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ދުޢާކޮށް އެދި ދެންނެވި ގޮތަށް މިދުނިޔޭގައި ފުއްދަވައި ނުދެއްވެވި ނަމަވެސް ދެރަވެ މާޔޫސް ނުވާށެވެ! އެހެނީ އަހަރެމެންނަށް އެންމެ ފައިދާކުރާނެ ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތައާލާ އެވެ!

ތިބާ މިދުނިޔޭގައި ދުޢާކުރަމުން ދިއައީ ބައިވެރިވެފައިވާ ކޮންމެވެސް އިމްތިޙާނަކުން ފާސްކޮށްދެއްވެވުން އެދި ކަމަށްވެދާނެއެވެ. އަދި އެކަމަށް އެދި ތިބާ ވަރަށް ގިނައިން ދުޢާކުރި ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެ އިމްތިޙާނުން ތިބާ ފާސް ނުވެވެސް ހިނގައިދާނެއެވެ.  

މިޙާލަތުގައި ބައެއް މީހުންގެ މާޔޫސްކަން އިންތިހާއަށް ދެއެވެ! އެހައި ގިނައިން އެދި ދެންނެވި ކުޑަކުޑަ ކަމެއް ފުއްދަވައި ނުދެއްވެވީތީއެވެ. ނަމަވެސް އެހެން އެވަނީ އެކަން އެގޮތަށް މެދުވެރިކުރެއްވެވި ސަބަބު ނުއެނގޭތީއެވެ!

މިސާލަކަށް އާޚިރަތް ދުވަހު ތިބާ ފާސްވާން ޖެހޭ އިމްތިޙާނުން ފާސްވާން އެކަމުގެ ސަބަބުން މަގުފަހި ނުވާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ މިދުނިޔޭގައި ތިބާ ބޭނުންވި އިމްތިޙާނުން ފާސްނުވުން އެއީ އާޚިރަތް ދުވަހުގެ އިމްތިހާނުން ފާސްވުމަށް މެދުވެރިވި ސަބަބުކަމުގައި ނުވާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން