އަނބިމީހާގެ ޙާލަތަށް ނުބަލައި މަސައްކަތްކުރުވުމަކީ އިންސާނިއްޔަތުކަންވެސް ބަލައިގަންނާނެ ކަމެއް ނޫން! މާބަނޑުއިރު ބޮޑަށް ސަމާލުކަންދޭންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަނބިމީހާގެ ޙާލަތަށް ނުބަލައި މަސައްކަތްކުރުވުމަކީ އިންސާނިއްޔަތުކަންވެސް ބަލައިގަންނާނެ ކަމެއް ނޫން! މާބަނޑުއިރު ބޮޑަށް ސަމާލުކަންދޭންވާނެ!

އެރެއަކީ ފިރިމީހާގެ ޢާއިލާގެ ގިނަ ބައަކު ގެއަށް ކާން ގެންނަން ހަމަޖެހިފައި އޮތް ރެއެކެވެ. ހެނދުނުންސުރެ އަނބިމީހާއަށް އުޅެންޖެހުނީ ބަދިގޭގައެވެ. ބަނޑަށް 8 މަހުގައި އެހައިގިނައިރު ބަދިގޭގައި އުޅެންޖެހުމުން އިރުއޮއްސުނުއިރު އަނބިމިހާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެންވެ ކާންހަދާނެ ވަރެއް ގައަކު ނެތެވެ. އެކަމަކުވެސް ފިރިމީހާ ބާރުއަޅަމުން ދިއައީ ކާންހަދައި ތަށިމަތި ބެލެހެއްޓުމަށެވެ. އަނބިމީހާ ދެރަވެފައި ބުނަމުން ދިއައީ ގައިގަ އެއްވެސް ވަރެއް ނެތް ކަމަށެވެ.  

ޢާއިލާގެ މީހުން އައިއިރުވެސް ދެމަފިރިން ތިބީ އެވާހަކަ ދައްކާށެވެ. އަނބިމީހާ އިން ޙާލާއި ލޮލުން ފައިބާ ކަރުނަތައް ފެނުމުން އެންމެން އަނބިމީހާއާއި ސުވާލުތައް ކުރަން ފެށިއެވެ. ވެގެން އުޅޭ ގޮތް ދެމަފިރިންވެސް ކިޔައިދިނެވެ.  

ފަހަރި ކުދިންތައް އަނބިމީހާ ގެންދިއައީ ކޮޓަރިއަށެވެ. ގެންގޮސް އަރާމުކުރަން ބޭއްވީއެވެ. އިރުކޮޅަކު ކޮޓަރީގައި އުޅެފައި އައިއިރު ޅިޔަނުންތައްވެގެން ކާން ހަދައިފިއެވެ. އިސްކޮށް ހުރީ ދޮށީ ބޭބެއެވެ. ބޭބެ ކޮއްކޮއަށް ވިސްނައިދިނެވެ. ކޮއްކޮ ކަންތައް ކުރާނީ މިގޮތަށްކަން ކުރިން އެނގުނުނަމަ ކާން ނުވެސް އައިމުހެވެ. މައްސަލައެއް ނެތެވެ. ނޯކަރަކު ނުގެންގުލެވެނީއެވެ. އެހެންކަމަށްވާއިރު ކޮއްކޮ އަނބިމީހާއަށް އެހީތެރިނުވީ ކީއްވެގެން ހެއްޔެވެ؟  

ކޮއްކޯއެވެ! ފަހަރި އެއިނީ ވިހަންވެފައެވެ. ތިއަކުރެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ. ތިއަބާވަތުގެ ކަމެއް ދެން ނުކުރާށެވެ. އަނބިމީހާއަށް ރަޙުމްކުރާށެވެ! އެއީ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެ ކަމެކެވެ."  

އަހުރެން މިކިޔައިދިނީ ޙާދިސާއެކެވެ. މިޙާދިސާއިން އަހުރެން އެންމެ ބޮޑަށް ފާހަގަކުރަން ބޭނުމީ އެޢާއިލާގެ މީހުން އަނބިމީހާއާއިމެދު ކަންތައްކުރި ރަނގަޅު ގޮތެވެ. އަހުރެމެން މުސްލިމުން ޢަމަލުކުރަންޖެހޭނީ އެގޮތަށެވެ. މިފަދަ ޙާލަތުގައި އެގޮތަށް ކަންތައް ނުކޮށް ފަހަރިއަށް ނިކަމެތިކޮށް ކަންކަން ކުރުމަކީ ފާފަވެރިވާނެ ކަމެކެވެ.  

ބޭބެ އެދިނީ ވަރަށް އަގުހުރި ނަޞީޙަތެކެވެ. އަހުރެމެން ވާންޖެހޭނީ ހެޔޮ ނަބީޙަތްދޭ ބައަކަށެވެ. އަޅާލައި އެހީތެރިވާ ބައަކަށެވެ. ޢާއިލީ ގުޅުން ބަދަހިވެ ރަނގަޅު ގޮތުގައި ދެމިއޮންނާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން