ލޯބިވެރިޔާ ޙާޞިލުކުރަންވެސް ސިޙުރު ނުހަދާށެވެ! އެއީ ދެމީހުން އެކުގަ އުޅެ މުސްކުޅިވާފަހުންވެސް ގެއްލުމަކަށްވާގޮތަށް ކުރިމަތިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ލޯބިވެރިޔާ ޙާޞިލުކުރަންވެސް ސިޙުރު ނުހަދާށެވެ! އެއީ ދެމީހުން އެކުގަ އުޅެ މުސްކުޅިވާފަހުންވެސް ގެއްލުމަކަށްވާގޮތަށް ކުރިމަތިވާ
ކަމެއް!

ގިނަ ބައަކަށް ވިސްނެނީ ސިޙުރު ހަދައިފިނަމަ ވަޤުތުން ޖެހޭނެ ކަމަށެވެ. ވަޤުތުންވެސް ޖެހިދާނެއެވެ. އަދި ކިތަންމެ ފަހުންވެސް ޖެހިދާނެއެވެ. އަދި އެކަމުން މެދުވެރިވާނީ ކޮންފަދަ ދެރަގޮތެއްކަމެއްވެސް ނުއެނގޭނެއެވެ.  

ދާދި ފަހުން މިފަދަ ކަމެއް މެދުވެރިވީ ކައިވެންޏަށް 15 އަހަރުގައެވެ. 5 ދަރިން ތިއްބެވެ. އަނބިމީހާވީ ހިތްބިރުގަންނާތީ އަބަދު ކޮޓަރިތަޅުލައިގެން އުޅެން ބޭނުންވާ މީހަކަށެވެ. އެކަމުން ސަލާމަތްވެވުނީ އެތައް ދުވަހެއްވަންދެން ރުޤްޔާކޮށްގެންނެވެ.  

އަހުރެމެންނަކީ މުސްލިމުންނެވެ. ހިތްއެދޭ ކަންކަން ޙާޞިލުކުރަންވެސް ކުރަން އޮތްކަމަކީ އެކަމަށް މަސައްކަތްކުރުމާއި ދުޢާކުރުމެވެ.  

ގުޅުންހުރި ލިޔުމެއް! 

ޒުވާން ޢުމުރުގައި ލޯބިވެރިޔާ ޙާޞިލުކުރަން ހަދާސިޙުރުގެ އަސަރު ނުކޮށް އެތައް އަހަރެއްވެފައި އޭނާގެ ޢުމުރުގެ ފަހުކޮޅު އުނދަގޫތައް އެބަކުރިމަތިވެއެވެ. އަދި އެމީހަކު ދެކެ ލޯބިވުމުގެ ބަދަލުގައި ނަފްސާނީ އުނދަގޫތައްވެސް އެބަކުރިމަތިވެއެވެ.  

އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށް އުޅެނީ މިފަދަ ކަމެއް ކުރިމަތިވެގެންނެވެ. އޭނާއަށްވާ ގޮތަކީ ދެވޭ ނުދެވޭ ތަނެއް ނުއެނގި ގެއިން ބޭރުގައި ހިނގެނީއެވެ. އެހެންވެ މިހާރު ގެންދަނީ ރުޤްޔާކުރަމުންނެވެ. އަޅުގަނޑުގެ ސުވާލަކީ އެތައް އަހަރެއް ފަހުންވެސް ސިޙުރުގެ އުނދަގޫކޮށްފާނެތޯއެވެ؟  

ކިޔުންތެރިޔާ ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައި ދަންނަވަންއޮތީ:  

ބައެއް ފަހަރު އެގޮތަށް ވެފައިވެސް އެބަހުއްޓެވެ. ލަސްވެފައިވެސް އެބަހުއްޓެވެ. ނަމަވެސް ﷲ ގެ އިޒުނައާލައިގެން މެނުވީ އެއަކުން ގެއްލުމެއްވެސް ފައިދާއެއްވެސް ނުވާނެއެވެ. ވީމާ، އެއިން ރައްކާތެރި ވުމަށްޓަކައި ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ފަރުވާތެރި ވާންވާނެއެވެ. މީގެ އިތުރުން ބަރާބަރަށް ނަމާދު ކުރުމާއި، ޙަރާމް ކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.  


- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

- މިއަދުނޫސް

 

މިއަދު އޮންލައިން