ޢިބްރަތްތެރި ވާހަކަ-: ބޮޑުވިތަނާ ދޮންމަންމަގެ ނުފޫޒުގަ މުސްކުޅިއަކަށް ވިއްކައިލީމަ 20 އަހަރުގެ އޭނާގެ ދަރިފުޅާ ކައިވެނިކުރެވުނު ރޭއަޅުކަންކުރާ ކުއްޖާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޢިބްރަތްތެރި ވާހަކަ-: ބޮޑުވިތަނާ ދޮންމަންމަގެ ނުފޫޒުގަ މުސްކުޅިއަކަށް ވިއްކައިލީމަ 20 އަހަރުގެ އޭނާގެ ދަރިފުޅާ ކައިވެނިކުރެވުނު ރޭއަޅުކަންކުރާ ކުއްޖާގެ ވާހަކަ-

ޖީޒާއަކީ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ޖީޒާގެ މަންމަ ނިޔާވީ ޢުމުރުން 16 އަހަރުގައެވެ. ބައްޕަ ދެވަނަ ކައިވެނިކުރީ ޢުމުރުން 17 އަހަރުގައެވެ. ދޮންމަންމައަށް ޚަރަދުކުރަމުން ގޮސް ބަނގުރޫޓުވީ ޢުމުރުން 18 އަހަރުގައެވެ.  

އެހިސާބުން ދެން ކުރިމަތިވީ އެންމެ ބޮޑު މައްސަލައެވެ. ދޮންމަންމަގެ ނުފޫޒުގައި ޖީޒާ މުސްކުޅިއަކަށް ވިއްކައިލީއެވެ. ދަރަނި އަދާކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށް ބަލައިގެންނެވެ.  

ޖީޒާ ގެއިން ފޮނުވައިލެވިމާއިއެކު ެކަންވީ ޢީދަކަށެވެ. ދޮންމަންމައާއި އޭނާގެ ދެދަރިން އުފަލުން ނަށަން ފެށިއެވެ. ޖީޒާއަށް މަލާމާތްކުރުން ނޫންކަމެއް ނުކުރެއެވެ.

ހަފްތާއެއްވީ ރެއަކީ ޖީޒާގެ ކައިވެނިކުރެވުނު ރެއެވެ. ކައިވެނީގެ ޙަފްލާއަށް ނަލަހެދިގެން ގޮސްތިބީ އުފަލުން ނަސަމުންނެވެ. ޖީޒާ ގެއިން ބޭރުކޮށްލެވުނީތީއެވެ. ދެން އެނބުރި ގެއަށް ނުދާނެތީއެވެ. 3 މައިންނަށް ގެލިބުނީތީއެވެ.

އެމީހުންނަށް ތިބެންޖެހުނީ ދުރު މޭޒެއްގައެވެ. އެހެންކަމުން ކައިވެނީގެ ކަންކަން ކުރިއަސްދާ ގޮތެއް ނުއެނގެއެވެ. ހޭވެރިކަން ލިބުނީ ކައިވެނިކުރެވުނު ދެމީހުން ރުސްތުމަށް އެރުމުންނެވެ. އެންމެންގޮސް ސަލާންކުރަން ފެށުމުންނެވެ.  

ކިޔޫގައި ޖެހިގެން ތިބެ ގޮސް ސަލާންކުރަން ބަލައިލިއިރު ޖީޒާ ހުއްޓެވެ. ދެންހުރީ އެމުސްކުޅިޔާއެއް ނޫނެވެ. 20 އަހަރުގެ ޒުވާނެކެވެ. އެތަނަވަސް މީހާގެ ދަރިފުޅެވެ. 3 މައިންނަށް ހާޓްއެޓޭކެއް ނުޖެހުނީ ކިރިޔާއެވެ. މަންމައަށް ބުނެވުނެވެ. އަޅެ ޖީޒާގެ ބަދަލުގައި އަހުރެންގެ ދަރިއަކު ޙަވާލުކުރެވުނުނަމައެވެ.  

ދެން މިބުނެދެނީ އެންމެ މުހިންމު ބައެވެ. ޖީޒާއަކީ ޢުމުރުން 14 އަހަރުންފެށިގެން ރޭއަޅުކަންކުރަމުން އަންނަ ކުއްޖެކެވެ. މަންމަގެ ސަބަބުންނެވެ. މަންމަ މަރުވުމުންވެސް މަންމަ ދެއްކި މަގުގައި ޘާބިތުވެ ހުރީއެވެ.  

ފެނިގެން އެދިއައީ އެކަމުން ކުރި ފައިދާއެވެ. ޙަޔާތަށް ރަނގަޅު ގޮތް މެދުވެރިވާން އެދިގެން ކުރަން އެއަށްވުރެ މުހިންމު ކަމަކީ ކޮބައިހެއްޔެވެ؟  

މިއީ ސޯޝަލް މީޑިއާގައިވެސް ވަރަށް މަޝްހޫރުވެގެންދިއަ ވާހަކައެއްގެ ކުރު ޚުލާޞާއެކެވެ. ވާހަކައިގަ ހިމެނޭ ޢިބްރަތް ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.

 

- ޝާއިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން