ކޮންމެވެސް ކިޔައިލާތި!: ކުށުން ބަރީޢަވާން އަތުގަހުރި ހުރިހާ ފައިސާދީގެން ސިޙުރުވެރިއަކު ގޮވައިގެން ކޯޓަށްދިއަ އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކޮންމެވެސް ކިޔައިލާތި!: ކުށުން ބަރީޢަވާން އަތުގަހުރި ހުރިހާ ފައިސާދީގެން ސިޙުރުވެރިއަކު ގޮވައިގެން ކޯޓަށްދިއަ އަންހެނަކަށް ޖެހުނު ޙާލުގެ ވާހަކަ-

އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާއަކީ އޭނާގެ އިހުމާލުން މާމަދަރިއަކު މަރުވި މައްސަލައިގެ ދަޢުވާއެވެ. ފެނިފައިވާ ހެކިތަކުން އޭނާގެ މައްޗަށް ކުށް ޘާބިތުކުރެވޭނެކަން އޭނާއަށް އެނގެއެވެ.  

ވަރަށް ވިސްނާފައި އޭނާ ހޯދީ ސިޙުރުވެރިއެއްގެ އެޙީތެރިކަމެވެ. ސިޙުރުވެރިޔާއަށް ގިނަ ޢަދަދެއްގެ ފައިސާ ދިނުމުން ބުނީ ޝަރީޢަތް އަޑުއެހުމުގެ ނަމުގައި ކޯޓަށް ވަންނާނެ ކަމަށާއި ޖިންނި މެދުވެރިކޮށް ފަނޑިޔާރު ލައްވައި ޙުކުމް އިއްވާނީ ކުށުން ބަރީޢަވެވޭނެ ގޮތަށް ކަމަށެވެ. 

ޝަރީޢަތް ފެށި ދައުލަތުގެ އެޓޯނީގެ ވާހަކަ ނިމުމުން ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ފަނޑިޔާރު ދިނުމުން އޭނާއަށް ބުނެވުނެވެ. "ޢިއްޒަތްތެރި ފަނޑިޔާރު! އަޅުގަނޑަށް ވަރަށް ގިނަ ދޮގުތައް ހެދިއްޖެ. އަޅުގަނޑުގެ މައްޗަށް އުފުލިފައިވަނީ ޙައްޤު ދަޢުވާއެއް! އަޅުގަނޑު އެދެނީ ދެއްވެން އޮތް އެންމެ ކުޑަ އަދަބު ދެއްވުން!"  

ފަނޑިޔާރު އިއްވީ 20 އަހަރުގެ ޖަލުޙުކުމެކެވެ. ޝަރީޢަތް ނިމި ބަންދުގޮޅިއަށް ގެންދިއުމުން ސިޙުރުވެރިޔާ އާއި ބައްދަލުކުރަން އޭނާއެދުނެވެ. އެކަން ހަމަޖައްސައިދިނުމުން ސުވާލުކުރިއެވެ. "އަހުރެންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް އަތުލާފައި ތިއަހެދީ ކިހިނަކުން ހެއްޔެވެ؟"  

ޖަވާބުގައި ސިޙުރުވެރިޔާ ބުންޏެވެ. "ކަލޭގެ ސަބަބުން ކުޑަކުއްޖަކު މަރުވީމާ މުއްމިން ޖިންނިތައް ރުޅިގަދަވީއެވެ. އަހުރެންގެ އެއްވެސް ޖިންނިއަކަށް ކޯޓަށް ވަނުމުގެ ފުރުޞަތު ނުދިނީއެވެ. ކަލެއަށް އެހާ ފަސޭހައިން ކުށަށް އިޢްތިރާފްވެވުނީ ކަލޭގެ އިޚްތިޔާރަކު ނޫނެވެ. ކަލޭގެ ހަށިގަނޑުތެރެއަށް ވަން މުއުމިން ޖިންނި ކަލޭ ލައްވައި އެގޮތަށް ބުނުވީއެވެ." 

ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ސިހޫރުވެރިޔާއަށް އެއްވެސް ކަމެއް ނުކުރެވެއެވެ. މުއްމިން ޖިންނިއެއް އަދި ކާފިރު ޖިންނިއެއްވެސް އެތަނަކަށް ނުދެއެވެ. އޭނާގެ ހަށިގަނޑަކަށްވެސް ނުވަދެއެވެ. ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް ސިޙުރުވެރިޔާ އޭނާ ސަލާމަތްކުރާނެ ކަމުގެ އިތުބާރު އޮތްވަރު ބޮޑުކަމުން ވިސްނާނުލައި ކުށަށް އިޢްތިރާފްވެވުނީއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ސިޙުރުވެރިންގެ ގާތަށްގޮސް އެމީހުންގެ އެޙީތެރިކަން ހޯދާނަމަ ގިނަ ފަހަރަށް ޖެހެވޭނީ މިފަދަ ދަންތުރައެއްގައެވެ. ނަރަކައިގެ ގަދަފަދަ ޢަޛާބާއި ކުރިމަތިލާންޖެހުމުގެ ކުރިން ދުނިޔޭގައިވެސް މެދުވެރިވާނީ މިފަދަ ދެރަ ގޮތްތަކެވެ. 

- ތަރުޖަމާއެއް / މިއަދުނޫސް

މިއަދު އޮންލައިން