ދިރާގުގެ ޗެއާމަނަކަށް އިސްމާއިލް ވަހީދު އައްޔަނު ކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
ދިރާގުގެ ޗެއާމަނަކަށް އިސްމާއިލް ވަހީދު އައްޔަނު ކޮށްފި

ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތް ދެމުން އަންނަ ކުންފުނި ކަމަށްވާ ދިރާގުގެ އާ ޗެއާމަނަކަށް އެކުންފުނީގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

 

މިކަން ރަސްމީކޮށް އިއުލާނު ކުރައްވަވަމުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ، ދިރާގުގެ ޗެއާމަން ކަމށް އިސްމާއިލް ވަހީދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

 

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުން އަދި ބޯޑު ޑިރެކްޓަރުންނަށް ޕްރައިވެޓައިޒޭޝަން ބޯޑުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ބޭފުޅުންނެވެ.

 

އިސްމާއިލް ވަހީދާކީ ދިރާގު އުފެދުނީއްސުރެ އެތަނުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

 

ދިރާގު ތަރައްގީ ކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރައްވާފައިވާ އިސްމާއިލް ވަހީދަކީ އެކުންފުނީގެ އިންޖިނިއަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މިއަދު އޮންލައިން