ދޮންފަނު އިންވިޓޭޝަން ކަޕް މިއަދު ހަވީރު ފަށަނީ.. މުބާރާތް ހުޅުވާ މެޗުގައި މާޅޮސް އަދި ދޮންފަނު.

ކިޔުމަށް ހޭދަވާނީ 57ސ
ދޮންފަނު އިންވިޓޭޝަން ކަޕް މިއަދު ހަވީރު ފަށަނީ.. މުބާރާތް ހުޅުވާ މެޗުގައި މާޅޮސް އަދި ދޮންފަނު.

ބ. ދޮންފަނު ޒުވާނުންގެ ރޫހުން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ' ދޮންފަނު އިންވިޓޭޝަން ކަޕް' މިއަދު ހަވީރު ފަށާނެއެވެ.

 

މިއަދު ހަވީރު މި މުބާރާތް ފަށާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ރަށް ދޮންފަނާއި މާޅޮހެވެ.

 

މިއަދުން ފެށިގެން މި މަހުގެ 17އަށް ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަަހރު ވަނީ 8 ޓީމުން (8 ރަށުން) ބައިވެރިވެފައެވެ. އެއީ ދޮންފަން، މާޅޮސް، ކަމަދޫ، ދަރަވަންދޫ، އޭދަފުށި، ކުޑަރިކިލު، ކިހާދޫ އަދި ގޮއިދޫ އެވެ.

 

މިއީ ޒުވާން ކުޅުންތެރިން ބިނާކޮށް ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބިޖެއްސުމާއި އަތޮޅުގައި ތިބި ޒުވާން އަދި އިހުގެ ފުޓްބޯޅަ ކުޅުންތެރިން އެއް މާހައުލަކުން ބައްދަލުކޮށްލުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

 

މީގެއިތުރުން އިހުގެ ކުޅުންތެރިންގެ ތަޖުރިބާއާއެކު، ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިގެ ކުރިމަގު އުޖާލާކޮށްދިނުމަކީވެސް މަޤުޞަދެކެވެ.

 

ފައިބެއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި ބަލިކޮށް ގޮއިދޫ އިން ހޯދާފައިވަނީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައުގެންނެވެ.

މިއަދު އޮންލައިން